މާލެ އާއި ވިލިމާލެއެކޭ އެއްފަދައިން ހުޅުމާލޭގައި ވެސް ކޮމިއުނިޓީ އެންގޭޖްމަންޓްގެ ޚިދުމަތް ފެށުމަށް މާލެ ސިޓީ ކައުންސިލުން ނިންމައިފިއެވެ.
މާލޭ ސިޓީ ކައުންސިލުން ބުނީ، މި ނިންމުން ނިންމާފައިވަނީ ބުދަ ދުވަހު ބޭއްވި މާލެ ސިޓީ ކައުންސިލްގެ 5 ވަނަ ދައުރުގެ 8 ވަނަ ޖަލްސާގައި ކަމަށެވެ. މި ޖަލްސާގައި ބައިވެރިވި ހުރިހާ ކައުންސިލަރުންގެ އިއްތިފާގުން މި ހުށަހެޅުން ވަނީ ފާސްކޮށްފައެވެ.
މި މައްސަލަ ކައުންސިލްގެ ޖަލްސާއަށް އެޖެންޑާ ކުރެއްވީ ހުޅުމާލެ ދެކުނު ދާއިރާގެ ކައުންސިލަރު އަޙުމަދު ޣާލިބު އެވެ. ޣާލިބު ވިދާޅުވީ ހުޅުމާލޭގެ ސާފުތާހިރުކަމާއި އިޖުތިމާއީ ރައްކާތެރިކަން ގެއްލެމުންދާތީ ރައްޔިތުންގެ ބޮޑެތި ކަންބޮޑުވުންތަކެއް އެބަހުރި ކަމަށެވެ. ކައުންސިލަށް ގާނޫނީ ގޮތުން މަތިކޮށްފައިވާ ޒިންމާގެ ތެރެއިން، މަގުފާރަވެރިން މެދުވެރިކޮށް ހުޅުމާލޭގެ ރަށުތެރެ ބެލެހެއްޓޭނެ އިންތިޒާމް ހަމަޖެއްސުމަކީ ރައްޔިތުން މިހާރުން މިހާރަށް ބޭނުންވާ މުހިންމު ހައްލެއްކަން އޭނާ ފާހަގަކުރެއްވިއެވެ.
"ހުޅުމާލެ އަކީ ހަލުވި ދުވެލީގައި މީހުން އާބާދުވާ ރަށެއް. މި ކަމަކީ ހުޅުމާލޭގައި ދިރިއުޅޭ ވަރަށް ގިނަ ރައްޔިތުންގެ ހިޔާލާ މަޝްވަރާ." ޣާލިބު ވިދާޅުވިއެވެ. އޭގެއިތުރަށް އޭނާ ވިދާޅުވީ، ހުޅުމާލޭގައި މުނިސިޕަލް ޚިދުމަތް ދިނުމުގައި ކައުންސިލަށް ގާނޫނީ އެއްވެސް ހުރަހެއް ނެތް ކަމަށެވެ.
މި ހުށަހެޅުމަށް ތާއީދު ކުރައްވަމުން ގަލޮޅު އުތުރު ދާއިރާގެ ކައުންސިލަރު އާމިނަތު އިރާޝާ ވިދާޅުވީ، ހުޅުމާލޭގެ ސާފުތާހިރުކަން ބެލެހެއްޓުމުގައި އެޗްޑީސީން އިހުމާލުވެފައިވާ ކަމަށާއި، މިހާރު ކަންތައްތައް ދާ ގޮތް އެއްގޮތަކަށްވެސް ރަނގަޅު ނޫން ކަމަށެވެ.
މިކަމާ ގުޅޭގޮތުން މޭޔަރ އާދަމް ޢާޒިމް ވިދާޅުވީ، ހުޅުމާލޭގެ ސާފުތާހިރުކަން ބެލެހެއްޓުމަށް ކައުންސިލްގެ ކޮމިއުނިޓީ އެންގޭޖްމަންޓް ޔުނިޓެއް އެ ރަށުގައި އޮތުން ނުހަނު މުހިންމު ކަމަށެވެ. "އަޅުގަނޑު ގަބޫލުކުރަނީ އަޅުގަނޑުމެންގެ ބަޖެޓް ތަންދިން ވަރަކުން އެއީ ކުރަން ޖެހޭ ކަމެއްގެ ގޮތުގައި." މޭޔަރ ވިދާޅުވިއެވެ.
މީގެ އިތުރުން މޭޔަރ ޢާޒިމް މިއަދު ހުށަހެޅުއްވީ ޖުމްލަ 8 މުވައްޒަފަކު އަލަށް ނަގައިގެން، މާލޭގައި މިހާރު ހުންނަ ކޮމިއުނިޓީ އެންގޭޖްމަންޓް ޔުނިޓުގެ ދަށުން ހުޅުމާލޭގެ މަސައްކަތްތައް ވަގުތުން ކުރިއަށް ގެންދިއުމަށެވެ. މި ހުށަހެޅުމަށް ހެންވޭރު ހުޅަނގު ދާއިރާގެ ކައުންސިލަރު ފާތުމަތު ސަހުލާ ވަނީ ތާއީދު ކުރައްވާފައެވެ.
މި ނިންމުމާއެކު ހުޅުމާލޭގެ މަގުތަކާއި އާންމު ސަރަހައްދުތައް ބެލެހެއްޓުމުގެ އަމަލީ މަސައްކަތް މާލެ ސިޓީ ކައުންސިލުން ވަރަށް އަވަހަށް ފަށާނެ ކަމަށް ބެލެވެއެވެ.

ESP
ARG
ކިޔުންތެރިންގެ ހިޔާލު