އިންޑިއާގެ މުސްލިމުންނަކީ ހިންދޫ ޑީއެންއޭ ހުރި ބައެއް ކަމަށް ސިފަކުރައްވައި، އިންޑިއާގެ މުސްލިމުންނަކީ ހިންދޫ ދީނުން އިސްލާމް ދީނަށް ބަދަލުވެފައިވާ ބައެއް ކަމަށް އިންޑިއާގެ ޣާޒިއާބާދުގެ ލޯނީ ދާއިރާގެ ބީޖޭޕީގެ އެމްއެލްއޭ ނަންދު ކިޝޯރު ގުރްޖާރު ބުނެފިއެވެ.
ގުރްޖާރު މި ވާހަކަތައް ދައްކާފައިވަނީ އިންޑޮނޭޝިއާގެ ރައީސް ޕްރަބޯވޯ ސުބިއާންތޯ، ބޮޑުވަޒީރު ނަރެންދުރަ މޯދީގެ އިންޑޮނޭޝިއާ ދަތުރުފުޅުގެ ތެރޭގައި އެމަނިކުފާނުގެ ކިބައިގައި "އިންޑިއާގެ ޑީއެންއޭ" ހުރި ކަމަށް ވިދާޅުވި ވާހަކައަށް އިޝާރާތް ކުރައްވަމުންނެވެ.
ގުރްޖާރު ތުހުމަތުކުރި ގޮތުގައި އިންޑިއާގެ މުސްލިމުން ދަނީ އެމީހުންގެ އަސްލު އިންޑިއާގެ ކާބަފައިންނާ ގުޅުން ކަނޑާލައި، ހިންދޫ ދީނުގެ ފައްޅިތަކާއި ސަގާފަތްތަކާ ދެކޮޅަށް މަސައްކަތް ކުރަމުންނެވެ. އޭނާ ވަނީ މިކަމާ ގުޅޭގޮތުން ހަރުކަށި ހިޔާލުތަކެއް ފާޅުކޮށް، އިންޑިއާގެ މުސްލިމުންނަށް ޕާކިސްތާނަށް ދިއުމަށް ގޮވާލާފައެވެ. އަދި އޭގެ ބަދަލުގައި ޕާކިސްތާނުގައި އަނިޔާ ލިބެމުންދާ ހިންދޫން އިންޑިއާއަށް ގެނައުމަށް އޭނާ ބޮޑުވަޒީރަށް ގޮވާލިއެވެ.
ގުރްޖާރުގެ މި ވާހަކަތަކަކީ މިހާރު ކޯޓުތަކުގައި ބަލަމުންދާ ބައެއް ދީނީ މައްސަލަތަކާ ގުޅިގެން އޭނާ ދެއްކި ވާހަކަތަކެއްކަން ގިނަ ބަޔަކު ފާހަގަކުރެއެވެ.
ގުރްޖާރަކީ މީގެ ކުރިން ވެސް މައިނޯރިޓީންނާ ދެކޮޅަށް ހަރުކަށި ވާހަކަތައް ދައްކަވައި، އެކި ފަހަރުމަތިން މިފަދަ މައްސަލަތަކުގެ ތެރެއަށް ވަދެފައިވާ ބޭފުޅެވެ.

ESP
ARG
ކިޔުންތެރިންގެ ހިޔާލު