މާލޭ ސިޓީ ކައުންސިލްގެ ބައްދަލުވުމެއްގައި މޭޔަރ އާޒިމް-
މާލޭ ސިޓީ ކައުންސިލްގެ ބައްދަލުވުމެއްގައި މޭޔަރ އާޒިމް-
މާލެ ސިޓީއަށް ދިމާވެފައިވާ ބޮޑެތި މައްސަލަތަކަށް ދާއިމީ ހައްލެއް ހޯދޭނީ ހުޅުމާލެ އާއި މާލެ ކައިރިން އަލަށް ހިއްކާ ސަރަހައްދުތަކަކީ މާލޭގެ އަވަށްތަކެއްގެ ގޮތުގައި ބަލައި، އެ ތަންތަން މާލެ ސިޓީ ކައުންސިލްގެ ބެލުމުގެ ދަށަށް ގެނެސްގެން ކަމަށް މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.

މާލެ ސިޓީ ކައުންސިލްގެ ރަސްމީ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން މޭޔަރު އާޒިމް ވިދާޅުވީ، ހުޅުމާލެއަކީ އަސްލު މާލެއަށް ދިމާވެފައިވާ ދަތިތަކަށް ހައްލެއް ހޯދުމަށް އުފެއްދި ތަނެއް ކަމަށެވެ. ނަމަވެސް، އެ ތަނުގެ މުނިސިޕަލް ކަންކަމާއި ހިންގުން ވަކިވަކި ކުންފުނިތަކާ ހަވާލުކޮށްގެން މާލޭގެ މައް

ސަލަތަކަށް ދުވަހަކުވެސް ހައްލެއް ނުލިބޭނެ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

"ހުޅުމާލޭގެ ކަންކަން ވަކިވަކިން ނިންމައިގެނެއް ދުވަހަކުވެސް މާލެ ސިޓީއަށް މި ޖެހިފައިވާ މައްސަލަތަކަށް ހައްލެއް ނުލިބޭނެ. މާލެއާ ގުޅިގެން ހިއްކަމުންދާ ތަންތަނަކީވެސް މާލެ ސިޓީގެ ބައެއްގެ ގޮތުގަ ކަނޑައަޅާދޭން އެބަޖެހޭ އަވަހަށް،" އާޒިމް ވިދާޅުވިއެވެ.

މޭޔަރު އިތުރަށް ވިދާޅުވީ ގުޅިފަޅާއި ގިރާވަރުފަޅަކީވެސް މާލޭގެ ބޯހިޔާވަހިކަމާއި ތޮއްޖެހުމުގެ މައްސަލައަށް އުފެއްދި ތަންތަން ކަމަށެވެ. ނަމަވެސް ސަރުކާރުން އެ ތަންތަން ވަކިވަކި ކުންފުނިތަކުގެ ދަށަށް ގެންގޮސް، ސިޓީ ކައުންސިލްގެ ބާރުތަކުގެ ތެރެއަށް ވަދެ، ރައްޔިތުންނަށް ޖެއްސުންކުރާ ފަދަ އަމަލުތަކެއް ހިންގަމުންދާ ކަމަށް އޭނާ

ތުހުމަތު ކުރެއްވިއެވެ.

"ވަކިވަކިން ބަލައިގެން މިކަން ހައްލެއް ނުއެއް ކުރެވޭނެ. ސަރުކާރުން އެއްބާރުލުން ނުދީ ފާޑުފާޑުގެ އޮފީސްތައް ހަދާ، މީގެ ތެރެއަށްވަދެ، އަބަދު މާލޭގެ މުނިސިޕަލް ކަންތައްތަކާ ބެހެން ސަރުކާރުން އުޅެނީ ހަމަ ރައްޔިތުންނަށް ޖެއްސުން ކުރަން،" މޭޔަރު ވިދާޅުވިއެވެ.

މާލޭގެ ޓްރެފިކް މައްސަލަ އާއި ހައުސިންގް މައްސަލަ ހައްލުކުރެވޭނީ ހުރިހާ ސަރަހައްދެއް އެއް ޕްލޭނެއްގެ ދަށުން ބަލައިގެންކަން ފާހަގަކުރައްވަމުން އާޒިމް ވިދާޅުވީ، ކައުންސިލްގެ ކެޕޭސިޓީ އިތުރުކޮށްދިނުމުގެ ބަދަލުގައި ސަރުކާރުން މަސައްކަތް ކުރަނީ ކައުންސިލްގެ ދައުރު ހަނިކޮށް، ރައްޔިތުންނަށް ދޭންޖެހޭ ޚިދުމަތްތަކަށް ހުރަސްއެޅުމަށް ކަމަށެވެ.

އާޒިމް ވަނީ ސަރުކާރުން ގާނޫނީ އިމުގެ ތެރެއަށް ވަދެ، ކަންކަން ސްޓްރީމްލައިން ކުރުމަށް ގޮވާލައްވާފައެވެ. އަދި ރައްޔިތުން އިންތިޚާބުކޮށްފައިވާ މުއައްސަސާއަކަށް އެއްބާރުލުން ނުދީ، ކައުންސިލުން ގެންގުޅޭ ޕްލޭންތަކަށް ހުރަސްއެޅުމަކީ ސިޓީ ކައުންސިލަށް ކުރާ އުނދަގުލެއް ނޫން ކަމަށާއި، އެއީ ސީދާ ރައްޔިތުންނަށް ދޭ އުނދަގުލެއް ކަމަށް އޭނާ ވިދާޅުވިއެވެ.

ކައުންސިލްގެ ގާނޫނީ ޒިންމާ އަދާކުރުމުގައި އެއްވެސް ފަސްޖެހުމެއް ނެތި މަސައްކަތް ކުރާނެ ކަމުގެ ޔަގީންކަން މޭޔަރު އާޒިމް މި ބައްދަލުވުމުގައި ދެއްވިއެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް