މިހާރުގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒަކީ ރާއްޖެއަށް ޑިމޮކްރަސީ ގެނައުމަށާއި، މިހާރު އަމަލުކުރަމުންދާ ޤާނޫނުއަސާސީ ހޯދުމަށް ކުރެވުނު މަސައްކަތްތަކުގައި އެއްވެސް ގުރުބާނީއެއް ވެވަޑައިގެންފައިވާ ބޭފުޅެއް ނޫން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު މުހައްމަދު ޝިފާޒް (ޝިއްޕެ) ވިދާޅުވެއްޖެއެވެ.
ރޭ އެމްޑީޕީ ޖަލްސާގައި ޝިފާޒް ވިދާޅުވީ، ރާއްޖޭގެ މިހާރުގެ މި ނިޒާމާއި ރައްޔިތުންނަށް ލިބިފައިވާ ހައްގުތައް ހޯދުމަށް އޭރުގެ ރައްޔިތުން އުފުލި ތަކުލީފުތަކާއި ލިބުނު އަނިޔާތަކުގެ މިންވަރުވެސް ރައީސް މުއިއްޒަށް އިހުސާސް ނުކުރެއްވޭނެ ކަމަށެވެ.
އެގޮތުން، އެ މަސައްކަތްތަކުގެ ތެރޭގައި އެމަނިކުފާނުގެ ފަރާތުން އެއްވެސް ދަލެއް އޮހޮރިފައި ނުވާނެ ކަމަށާއި، އޭރު އެއްވެސް ސިޔާސީ ހަރަކާތެއްގައި ނުވަތަ މަޖިލީހުގެ ތެރޭގައިވެސް އެމަނިކުފާނު ހަރަކާތްތެރިވެވަޑައިގެންފައި ނުވާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
ރާއްޖޭގެ މިހާރުގެ ސިޔާސީ މަސްރަހަށް ފާޑުވިދާޅުވަމުން ޝިފާޒް ވިދާޅުވީ، ވެރިކަން ކުރާ ފަރާތް އިހުލާސްތެރި ނޫން ނަމަ ޤާނޫނުއަސާސީއަކުން އެކަށީގެންވާ ހައްލެއް ނުލިބޭނެ ކަމަށެވެ. އަދި މިހާރު ދައުލަތުގެ ތިން ބާރު ވަކިވެފައި ނެތް ކަމަށާއި، ސަރުކާރު ޖަވާބުދާރީ ކުރުވުމުގައި ގޮންޖެހުންތަކެއް ހުރިކަމުގެ ކަންބޮޑުވުން އޭނާ ފާޅުކުރެއްވިއެވެ.
ވެރިކަން ކުރާ ފަރާތުން އަމިއްލަ މަސްލަހަތު އިސްކޮށް ކަންކަން ކުރާނަމަ ރައްޔިތުންގެ ހައްގުތައް ހިމާޔަތް ނުކުރެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.
މީގެ އިތުރުން، ރައީސް މުއިއްޒުގެ ރިޔާސީ ދައުރު ގާތްގަނޑަކަށް ނިމުމަކަށް އައިސްފައިވާ ކަމަށް ސިފަކުރައްވަމުން ޝިފާޒް ވިދާޅުވީ، ރައްޔިތުން ދެން އެމަނިކުފާނަށް އިތުބާރު ނުކުރާނެ ކަމަށާއި އެކަން ސަރުކާރުގެ ވަޒީފާތަކުގައި ތިބި މީހުންނަށް ވެސް ގަބޫލުކުރެވޭ ކަމަށެވެ.
ގައުމުގެ އިގުތިސާދު ވެއްޓެމުންދާ މި ދަނޑިވަޅުގައި، ގައުމުގެ ހާލަތު ރަނގަޅު ކުރުމަށްޓަކައި ސިޔާސީ ޕާޓީތަކާއެކު މަޝްވަރާކޮށްގެން ނިޒާމު ތަރުތީބު ކުރުމަށް ސަރުކާރަށް އޭނާ ވަނީ ގޮވާލައްވައިފައެވެ.

ARG
ކިޔުންތެރިންގެ ހިޔާލު