ނާއިބް ރައީސް ފައިޞަލް ނަސީމު (ކ) އަދި މާލޭގެ މޭޔަރ ޝިފާ (މ)
ނާއިބް ރައީސް ފައިޞަލް ނަސީމު (ކ) އަދި މާލޭގެ މޭޔަރ ޝިފާ (މ)
ހުޅުމާލެ ފޭސް ދޭއްގައި ބިދޭސީން ބޭތިއްބުމަށް ހަދަމުން އަންނަ ވަގުތީ ހިޔާގެ މަސައްކަތް ހިނގަމުންދާ ގޮތް ނައިބު ރައީސް ފައިސަލް ނަސީމް މިއަދު ބައްލަވާލައްވައިފިއެވެ.

ނައިބު ރައީސް އަރިހުގައި މާލެ ސިޓީގެ މޭޔަރު ޝިފާ މުހައްމަދާއި އެޗްޑީސީގެ އިސް ބޭފުޅުން ވެސް އެ މަސައްކަތް ކުރިއަށްދާ ގޮތް ބައްލަވާލައްވާފައިވެއެވެ.

ކޯވިޑް-19 ގެ ނުރައްކާ ކުޑަކުރުމަށް ސަރުކާރު މުއައްސަސާތައް ގުޅިގެން، މާލޭގައި ތޮއްޖެހިފައިވާ ތަންތަނުގައި ތިބި ބިދޭސީން ވަގުތީ ތަންތަނަށް ބަދަލުކުރުމުގެ މަސައްކަތް މިއަދު ވަނީ ފަށައިފައެވެ.

އެގޮތުން މިހާރު ނިމިފައިވާ ވަގުތީ ހިޔާތަކަށް 200 މީހުން ބަދަލު ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އެ މަސައްކަތުގައި އިސްކޮށް ހަރަކާތްތެރިވާ އިމިގްރޭޝަނުން ވަނީ ބުނެފައެވެ. މި މަސައްކަތް ނިމޭއިރު ގާތްގަނޑަކަށް 700 މީހުންގެ އެކަމަޑޭޝަން ޖާގަ ހަމަޖެހިގެން ދާނެ ކަމަށް އެޗްޑީސީން ކުރި ޓްވީޓެއްގައި ބުނެފައިވެއެވެ.

ހުޅުމާލޭގައި މިހާރު ހަދަމުން ދަނީ ވަގުތީ ފެސިލިޓީޒްތަކެކެވެ. ނަމަވެސް ސަރުކާރުން ގެންދަނީ ޕްލޭނުކޮށްގެން ބިދޭސީންނަށް އެކަމަޑޭޝަން ފެސިލިޓީތަކެއް ގުޅީފަޅުގައި ވެސް ޢިމާރާތްކުރަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން