ކޯވިޑް- 19 އާއި ގުޅިގެން ކުރީ ސަފުގައި ހަރަކާތްތެރިވާ ސިފައިންގެ 4 ބޭކަލުން
ކޯވިޑް- 19 އާއި ގުޅިގެން ކުރީ ސަފުގައި ހަރަކާތްތެރިވާ ސިފައިންގެ 4 ބޭކަލުން
ދިވެހިރާއްޖެއިން ކޯވިޑް-19 އަށް ޕޮޒިޓިވްވި ފަސް ދިވެހިންގެ ތެރެއިން އެކަކު ބަލިން ރަނގަޅުވެއްޖެ ކަމަށް ސަރުކާރުން ހާމަކޮށްފިއެވެ.

ކޯވިޑް-19 އާއި ބެހޭ އެންމެ ފަހުގެ މައުލޫމާތު ދިނުމަށް މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލު ވުމުގައި ތަރުޖަމާން މަބްރޫކް އަޒީޒް ވިދާޅުވީ އެ މީހާ އަކީ އިނގިރޭސިވިލާތުން އައި ހަތަރު ދިވެހިންގެ ތެރެއިން އެކަކެވެ.

ކޯވިޑް-19 އަށް ރާއްޖެއިން ޕޮޒިޓިވްވި ފުރަތަމަ ދިވެހި މީހާ ރަނގަޅު ވުމުން މިހާތަނަށް ރާއްޖެއިން ކޯވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން 14 މީހަކު މިވަނީ ބަލިން ރަނގަޅުވެފައެވެ.

ރާއްޖެއިން އެންމެ ފަހުން ކޯވިޑް-19 އަށް މީހަކު ޕޮޒިޓިވްވެފައިވަނީ މިއަދުއެވެ. އެއީ ފިލިޕީންސުން ރާއްޖެ އައި ދިވެއްސެކެވެ.

ކޯވިޑް-19 އަށް ރާއްޖެއިން ޕޮޒިޓިވް ވެފައިވަނީ 20 މީހުންނެވެ. އޭގެ ތެރެއިން ދެ މީހުން ޕޮޒިޓިވްވިކަން އެނގުނީ ރާއްޖެއިން ފުރައިގެން ދިޔަ ފަހުންނެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން