އިނގިރޭސިވިލާތުގެ "ދަ ޓައިމްސް" ނޫހުން އާންމުކުރި ތަހުގީގީ ރިޕޯޓެއްގައިވާ ގޮތުން، 2023 ވަނަ އަހަރުގެ އޮކްޓޫބަރު މަހުން ފެށިގެން އިސްރާއީލު ސިފައިން ހުޅަނގު އައްސޭރީގައި ހިންގަމުންދާ އަސްކަރީ ހަރަކާތްތަކުގައި ފަލަސްތީނުގެ 100 އަށްވުރެ ގިނަ ކުޑަކުދިން ވަނީ ޝަހީދުކޮށްފައެވެ.
މި މުއްދަތުގެ ތެރޭގައި އިސްރާއީލުގެ ހަމަލާތަކުގައި ހުޅަނގު އައްސޭރިން 400 އަށްވުރެ ގިނަ ފަލަސްތީނީން ނިޔާވެފައިވާއިރު، އޭގެ ތެރެއިން ހަތަރުބައިކުޅަ އެއްބަޔަކީ ކުޑަކުދިން ކަމަށް އެ ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.
މި ރިޕޯޓުގައި އަސަރުގަދަ ހާދިސާއެއްގެ ގޮތުގައި އަލިއެޅުވައިފާވަނީ، މިއަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި އިސްރާއީލު ސިފައިން ދިން ބަޑީގެ ހަމަލާއެއްގައި އުމުރުން އެންމެ 4 މަހުގެ ރުޤިއްޔާ ޖަހާލީން ޝަހީދުވި ހާދިސާއަށެވެ.
ރުޤިއްޔާ އޭނާގެ މަންމައާއި އެއްބަނޑުއެއްބަފާ ތިން ކުދިންނާއެކު ގުދުސް ކައިރީގައިވާ ބައިތު އިކްސާ ގާމަށް ދިއުމަށް ކުޑަ ބަހެއްގައި ދަތުރުކުރަމުން ދަނިކޮށް، އިސްރާއީލުގެ އަސްކަރީ ޗެކްޕޮއިންޓަކުން އެ ބަހަށް ދިއުމުގެ ހުއްދަ ދިނުމަށްފަހު، ކުއްލިއަކަށް ސިފައިން ވަނީ އެ ބަހަށް އަމާޒުކޮށް ބަޑިޖަހާފައެވެ.
އެ ހަމަލާގައި ރޫޤައްޔާގެ ހަށިގަނޑަށް ބަޑީގެ އުންޑައެއް އަރައި ބޮޑެތި އަނިޔާތަކެއް ލިބުނު ނަމަވެސް، އިސްރާއީލު ސިފައިން ވަނީ އެމީހުން 50 މިނެޓު ވަންދެން ބަހުގެ ތެރޭގައި ބޭތިއްބުމަށް މަޖުބޫރުކޮށް، ސިއްހީ އެހީތެރިކަން ފޯރުކޮށްދިނުމަށް ހުރަސްއަޅާފައެވެ.
އެއާއެކު، އެމްބިއުލަންސަށް އެ ސަރަހައްދަށް ނުވައްދައި ލަސްކުރުމުގެ ސަބަބުން، މަންމަގެ ލޮލުގެ ކުރިމަތީގައި އެ ކުޑަކުއްޖާ ވަނީ ލޭފޮދު އޮހޮރިގެން މަރުވެފައެވެ. ބަސް ދުއްވަން ހުރި ޑްރައިވަރު ބުނި ގޮތުގައި، ހަމަލާއަށްފަހު އެ ބަހުން ބަޑީގެ 28 އުންޑައިގެ ލޯވަޅު ފެންނަން ހުއްޓެވެ.
ރުޤިއްޔާގެ ބައްޕަ އަޙްމަދު ޖަހާލީން ބުނި ގޮތުގައި، އިސްރާއީލުގެ ކަމާބެހޭ ފަރާތްތަކުން މި ހާދިސާ ތަހުގީގު ކުރާނެ ކަމަށް ބުނި ނަމަވެސް، މިހާތަނަށް އެއްވެސް މައުލޫމާތެއް ނުވަތަ އިންސާފެއް ލިބިފައެއް ނުވެއެވެ.
"ދަ ޓައިމްސް" އިން ފާހަގަކުރި ގޮތުގައި، ދުނިޔޭގެ ސަމާލުކަން ބޮޑަށް ޣައްޒާގެ ހަނގުރާމައަށް ހުއްޓިފައިވީ ނަމަވެސް، ހުޅަނގު އައްސޭރީގައި އިސްރާއީލު ސިފައިން ހިންގާ އަނީޔާވެރި އަމަލުތަކުގެ ސަބަބުން ކުށެއްނެތް ގިނަ އަދަދެއްގެ ކުޑަކުދިންގެ ފުރާނަ ދަނީ ގެއްލެމުންނެވެ.

ކިޔުންތެރިންގެ ހިޔާލު