މިއަދު ކޯވިޑް-19 އަށް ޕޮޒިޓިވްވި ދިވެހި މީހާ ޕޮޒިޓިވްވިކަން އެނގުނީ ކަރަންޓީނު ފެސިލިޓީން ދޫކޮށްލުމަށް ހެދި ޓެސްޓުގެ ނަތީޖާއިން ކަމަށް ސަރުކާރުން ބުނެފިއެވެ.
ކޯވިޑް-19 ގެ އެންމެ ފަހުގެ މަޢުލޫމާތު ހާމަކުރުމަށް މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ މުރާދު ވިދާޅުވީ އޭނާއާއެކު އެއް ފްލައިޓެއްގައި އައި މީހުން ކަރަންޓީންގައި ތިބުމުން އޭނާގެ ފަރާތުން އެމީހުންނަށް ބަލި ޖެހުމުގެ ފުރުސަތު ނެތް ކަމަށެވެ.
އޭނާގެ ކިބައިން އެއްވެސް ޢަލާމާތެއް ނުފެންނަ ކަމަށާއި، އޭނާ ޕޮޒިޓިވް ވީ އެގްޒިޓް ޓެސްޓް ހެދުމުގެ ތެރެއިން ކަމަށް އެޗްޕީއޭއިން މިރޭ ބުނެފައި ވެއެވެ. އޭނާގެ ކޮންޓެކްޓް ޓްރޭސިން ހެދުމުގެ މަސައްކަތް ކުރިޔަށްދާ ކަމަށް ޑރ. މުރާދު ވިދާޅުވިއެވެ.
ރާއްޖެއިން ކޯވިޑް-19 އަށް ޕޮޒިޓިވްވެ މިވަގުތު ފަރުވާދެމުން ގެންދަނީ 4 މީހުންނަށެވެ.

ކިޔުންތެރިންގެ ހިޔާލު