ރައީސް ޓްރަމްޕް
ރައީސް ޓްރަމްޕް
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އުފައްދަވާފައިވާ "ބޯޑު އޮފް ޕީސް" އިން ގާޒާގައި ހަރަކާތްތެރިވާ ޙަމާސް ޖަމާއަތާއި އެހެނިހެން ހަތިޔާރުއެޅި ގްރޫޕްތައް ފުރިހަމައަށް ހަތިޔާރު ބެހެއްޓުމަށް ތާރީޚީ އެއްބަސްވުމަކަށް އާދެވިފައިވާކަން އިއުލާންކުރައްވައިފިއެވެ.

ޓްރަމްޕް ހާމަކުރެއްވި ގޮތުގައި މި އެއްބަސްވުމާއެކު ގާޒާގައި އާ ފަލަސްތީނު ސަރުކާރެއް ގާއިމުކުރުމުގެ މަގު ފަހިވެ، އިސްރާއީލުގެ ސިފައިން ގާޒާއިން ފައިބާނެއެވެ.

މިއީ ގާޒާގައި ދާއިމީ ސުލްހައާއި ރައްކާތެރިކަން ގާއިމުކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއްކަން ފާހަގަކުރައްވަމުން ޓްރަމްޕް ވިދާޅުވީ، މި އެއްބަސްވުން ތަންފީޒުކުރެވޭނީ ތަރުތީބުކުރެވިފައިވާ އެކި މަރުހަލާތަކަކަށް ބަހާލައިގެންނެވެ.

އެގޮތުން ހަތިޔާރު ނެގުމުގެ މަރުހަލާ ނިމެމުންދާ ވަރަކަށް އިސްރާއީލުގެ ސިފައިން ގާޒާއިން ފައިބަމުންދާނެއެވެ.

އަދި ގާޒާގެ ރައްކާތެރިކަން ބެލެހެއްޓުމަށްޓަކައި ބައިނަލްއަގުވާމީ ސްޓެބިލައިޒޭޝަން ފޯސްއަކާއި ފަލަސްތީނުގެ އާ ޕޮލިސް ފޯސްއެއް ގުޅިގެން ހަރަކާތްތެރިވާނެކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ޓްރަމްޕްގެ "ޓްރޫތު ސޯޝަލް" ޕްލެޓްފޯމުގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ، މިއީ އޭނާގެ "20-ޕޮއިންޓް ޕްލޭން" ތަންފީޒުކުރުމުގައި ލިބުނު ބޮޑު ކުރިއެރުމެއް ކަމަށެވެ.

އަދި މި އެއްބަސްވުމުގެ ސަބަބުން އިސްރާއީލަށް ބޭނުންވާ ސެކިއުރިޓީ ކަށަވަރުވެ، ގާޒާއަކީ އަލުން ހަމަލާތައް ދޭ ބޭސްއަކަށް ވުމުގެ ފުރުސަތު ނުލިބޭނެކަމަށް ވިދާޅުވިއެވެ.

މީގެއިތުރުން، މި އެއްބަސްވުމަށް އައުމުގައި މެދުވެރިއެއްގެ ބައި އަދާކުރި މިޞްރާއި ގަތަރާއި ތުރުކީގެ އިތުރުން އޭނާގެ ޓީމަށް ޓްރަމްޕް ވަނީ ޝުކުރު އަދާކުރައްވާފައެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް