މޯލްޑިވިއަނުން މެލޭޝިއާއަށް ބޭއްވި ރެސްކިއު ފްލައިޓުން ގެންދިޔަ ކެއަރ ޕެކޭޖް ބެހުމަށް ތައްޔާރުވަނީ (ފޮޓޯ:- ދިވެހި ޚާރިޖިއްޔާ ޓްވިޓަރ)
މޯލްޑިވިއަނުން މެލޭޝިއާއަށް ބޭއްވި ރެސްކިއު ފްލައިޓުން ގެންދިޔަ ކެއަރ ޕެކޭޖް ބެހުމަށް ތައްޔާރުވަނީ (ފޮޓޯ:- ދިވެހި ޚާރިޖިއްޔާ ޓްވިޓަރ)
ކޯވިޑް-19 އާއި ގުޅިގެން ރާއްޖެ ނާދެވިފައި ތިބި ދިވެހީން ގެނައުމަށް ކުރާ ދަތުރުތަކުގެ ފްލައިޓްތަކުން ނުފޫޒްގެ ބޭނުންކޮށްގެން ޓިކެޓް ހޯދުމަށް މަސައްކަތް ކުރުމަކީ ހަޑި މުޑުދާރު ކަމެއް ކަމުގައި ކޯވިޑް-19 ޓާސްކްފޯސްގެ ތަރުޖަމާނު މަބްރޫކް ޢަޒީޒް ވިދާޅުވެއްޖެއެވެ.

ދަރުބާރުގޭގައިމިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މަބްރޫކް ވިދާޅުވީ މޯލްޑިވިއަނުން ބާއްވާ ރެސްކިއު ފްލައިޓް ތަކުގައި ޤައުމުތަކުން ރާއްޖެއަށް ދިވެހިން ގެންނައިރު ޓިކެޓް ދޫކުރާނެ އުސޫލުތައް އެކުންފުނިން އާންމުކޮށްފައިވާ ކަމަށެވެ. އަދި އެކަމުގައި އަމަލުކުރާނެގޮތްތައް މޯލްޑިވިއަނުން ހާމަކޮށްފައިިވާއިރު، ވަކި މީހަކު ނުފޫޒް ބޭނުންކޮށްގެން ވަކި މީހަކަށް ޓިކެޓު ހޯދައިދިނުމަށް މަސައްކަތްކުރުމަކީ ހަޑިމުޑުދާރު އަމަލެއް ކަމަށް މަބްރޫކް މިރޭ ވަނީ ސިފަކުރައްވާފައެވެ.

މަބްރޫކް މިރޭވަނީ ނުފޫޒް ބޭނުންކޮށްގެން މި ދަނޑިވަޅުގައި ޓިކެޓުތަކެއް ހޯދުމަށް މަސައްކަތްކުރާނަމަ އެފަރާތެއްގެ މައުލޫމާތު އެކަމަށް އޮންނަ ވިއުގައިގެ ތެރެއިން ހިއްސާކުރުމަށް އެދިވަޑައިގެންފައެވެ. އެފަދަ މައުލޫމާތު ހިއްސާ ކުރެވޭ ގޮތަށް މިސަރުކާރުން ވާނީ ކަންކަން ފަހިކޮށްދީފައި ކަމަށާއި އެފަދަ މައްސަލަތައް އެ އުސޫލުން ރިޕޯޓް ކުރުމުން ކަމާ ބެހޭ ފަރާތްތަކަށް ހުށައަޅައިގެން އެމައްސަލަ ތައް ބަލާނެ ކަމުގެ ޔަގީންކަން މަބްރޫކް ވަނީ ދެއްވާފައެވެ. މަބްރޫކް މިރޭ އިޝާރާތް ކުރެއްވީ ސަރުކާރުން ހުޅުވާލާފައިވާ ވިސްލް ބްލޯވަރ ޕޯޓަލަށެވެ.

ރާއްޖޭން ބޭރުގައި ދިރިއުޅޭ ދިވެހިން ރާއްޖެ ގެނައުމަށް ސަރުކާރުން ދަނީ މޯލްޑިވިއަންއާ ގުޅިގެން ގިނަ ފްލައިޓްތަކެއް ބާއްވަމުންނެވެ. އެގޮތުން އިންޑިއާ، މެލޭޝިއާ، ސްރީލަންކާއިން ގިނަ އަދަދެއްގެ ދިވެހިން ވަނީ ރާއްޖެ ގެނެސްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން