ރިސޯޓުތަކާއި ސަފާރީތަކުން މީހުން ފޭބުމާއި ބެހޭ ގޮތުން އެޗްޕީއޭއިން އަންގާފައިވާގޮތަށް އަމަލުކުރުމަށް ޓުއަރިޒަމް މިނިސްޓްރީން ބުނެފި
ރިސޯޓުތަކާއި ސަފާރިތަކުން މީހުން ފޭބުމާއި ބެހޭ އުސޫލަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ގެނައި ބަދަލުތަކާއެކު އެ ވުޒާރާއިން ޝާއިޢުކުރި އާ ގައިޑްލައިނާއި އެއްގޮތަށް އަމަލުކުރުމަށް ޓުއަރިޒަމް މިނިސްޓްރީއިން އެދިއްޖެއެވެ.
މިރޭ ޓުއަރިޒަމް މިނިސްޓްރީން ނެރުނު ނޫސްބަޔާނުގައި ބުނެފައިވަނީ ރިސޯޓުތަކާއި ސަފާރިތަކުން މީހުން ފޭބުމާއި ބެހޭ އުސޫލަށް އެޗްޕީއޭ އިން ގެނައި ބަދަލުތަކާއި ގުޅިގެން، ރިސޯޓުތަކާއި ސަފާރިތަކުން މީހުން ފޭބުމާއި ބެހޭ ގައިޑްލައިނެއް އެޗްޕީއޭއިން އެކުލަވާލާ ޝާއިޢުކޮށްފައިވާކަމަށެވެ.
މި ގައިޑްލައިނުގައި، ރިސޯޓުތަކާއި ސަފާރީތައް 3 ގިންތިއަކަށް ގިންތިކޮށް، އެއިން ކޮންމެ ގިންތިއަކަށް ފެތޭ ރިސޯޓުތަކާއި ސަފާރީތައް އަމަލުކުރަންވީގޮތް ވަރަށް ތަފްސީލުކޮށް އެޗްޕީއޭއިން އާންމުކޮށްފައިވެއެވެ. މިތިން ގިންތިއަކީ އެއްވެސް ކޭހެއް ފެނިފައި ނުވާ ރިސޯޓުތަކާއި ސަފާރީތައް، މޮނިޓަރިންގައި އެއްވެ ކޭހެއް ފެނިފައި ނުވާ ރިސޯޓްތަކާއި ސަފާރީތައް އަދި ޕޮޒިޓިވް ކޭހެއް ފެނިފައިވާ ރިސޯޓްތަކާއި ސްފާރީތަކެވެ.
މިއިން ކޮންމެ ގިންތިއެއްގެ ދަށުން ދީފައިވާ ޝަރުތުތައް ފުރިހަމަވާ ރިސޯޓުތަކާއި ސަފާރީތަކުން އެޗްޕީއޭއިން ފުރަން އަންގާފައިވާ ފޯމުތައް ފުރުމަށްފަހު އެފަރާތަށް ފޮނުވުމަށް އިރުޝާދު ދީފައިވާއިރު، ފޯމު ފޮނުވުމަށްފަހު ފުރަތަމަ އަދި ދެވަނަ ގިންތީގައި ހިމެނޭ ރިސޯޓުތަކާއި ސަފާރީތަކުގެ މީހުންނަށް ފޭބޭނެކަމަށް އެޗްޕީއޭއިން ވަނީ ބުނެފައެވެ. ނަމަވެސް ތިންވަނަ ގިންތީގައި ހިމެނޭ ރިސޯޓުތަކާއި ސަފާރީތަކުން މީހުންނަށް ފޭބޭނީ އެޗްޕީއޭގެ ހުއްދައާއި އެކުގައެވެ.
ރާއްޖެއިން މިހާތަނަށް 20 މީހަކު ކޯވިޑް-19 އަށް ޕޮޒިޓިވްވެފައިވާއިރު، ފިލިޕީންސްއިން އެނބުރިއައިސް އެރިޔަދޫ ކަރަންޓީނު ފެސިލިޓީގައި ހުރި ދިވެއްސަކު މިއަދު ވަނީ ވައިރަހަށް ޕޮޒިޓިވްވެފައެވެ. މި މީހާއާއިއެކު މިހާރު ބަލީގެ ފަރުވާގައި ތިބި ފަސް ދިވެހީންގެ ތެރެއިން އެކަކު ރަނގަޅުވިކަން އެޗްޕީއޭއިން މިރޭ ވަނީ ހާމަކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު