ރާއްޖޭގެ 5 ރީޖަނަލް ހޮސްޕިޓަލެއްގައި ކޯވިޑަށް ފަރުވާ ދެވޭނެ އިންތިޒާމްތައް ހަމަޖައްސަން ނިންމައިފިއެވެ.
މިރޭ ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ އެ ހޮސްޕިޓަލުތަކަކީ ހިތަދޫ ރީޖަނަލް ހޮސްޕިޓަލާއި، ގއ. އަތޮޅު ހޮސްޕިޓަލާއި، ލ.ގަން ރީޖަނަލް ހޮސްޕިޓަލާއި، ބ. އަތޮޅު ހޮސްޕިޓަލްގެ އިތުރުން ށ. އަތޮޅު ހޮސްޕިޓަލެވެ.
ރާއްޖޭގެ އަތޮޅުތަކުގެ ތެރޭގައި މި ބަލި ފެތުރިއްޖެނަމަ މި ކަމުން އަރައިގަތުމުގެ ގޮތުން ކުރަމުން އަންނަ މަސައްކަތްތަކުގެ ތެރެއިން އެ 5 ސަރަހައްދުގައި ހިމެނޭ ހޮސްޕިޓަލުގައި އައިސީޔޫ އެނދާއި އައިސޮލޭޝަން އެނދުތައް ގާއިމްކުރަން ނިންމާފައިވާ ކަަމަށް މަބްރޫކް ވިދާޅުވިއެވެ.
ރާއްޖޭގައި ކޯވިޑް-19 އަށް އެންމެ ފުރަތަމަ މީހަކު ޕޮޒިޓިވްވެފައި ވަނީ މިދިޔަ މަހުގެ ހަތްވަނަ ދުވަހުއެވެ. މިހާތަނަށް އައި އިރު ރާއްޖެއިން މި ބަލި ޖެހިފައި ވަނީ 20 މީހުންނަށެވެ. އެއީ 5 ދިވެހިންނާއި 15 ބިދޭސީންނެވެ. މި ބަލި ޖެހިފައިވާ ފަސް ދިވެހިންނަކީ ޔޫކޭއިން ރާއްޖެއަށް އައި ހަތަރު ދިވެހިންނާއި ފިލިޕީންސުން ރާއްޖެއަށް އައި އެކަކެވެ. އޭގެތެރެއިން އެކަކު ރަނގަޅުވެ މިހާރު ފަރުވާ ދެމުން އަންނަނީ 4 ދިވެހިންނަށެވެ.

ކިޔުންތެރިންގެ ހިޔާލު