ރާއްޖޭގައި އިމާރާތްކުރުމުގެ ދާއިރާގައި ބޭނުންކުރާ ރޯ މެޓީރިއަލްސް ނުވަތަ މައިގަނޑު ސާމާނުގެ އަގުތައް ބޮޑުތަނުން އުފުލިފައިވަނީ ހަމައެކަނި ރާއްޖޭގެ ބާޒާރުގައި ނޫން ކަމަށާއި، އެއީ ދުނިޔޭގެ ބާޒާރަށާއި ބޭރުގެ ބައެއް ގައުމުތަކުގެ ހާލަތަށް އައި ބަދަލުތަކާ ގުޅިގެން ދިމާވެފައިވާ ކަމެއް ކަމަށް ލިއޯ ޓްރޭޑިންގ ގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ސަވާދު ވިދާޅުވެއްޖެއެވެ.
އިކޮނޮމިކް މިނިސްޓްރީން އިސްނަގައިގެން ކުރިއަށްގެންދާ "އިގްތިސާދުގެ ދެފަރާތް" ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ސަވާދު ވިދާޅުވީ، ހިލަ، ހިލަވެލި، ސިމިންތި އަދި ދަގަނޑު ފަދަ ތަކެތީގެ އަގު ބޮޑުވާން ދިމާވި އެންމެ ބޮޑު އެއް ސަބަބަކީ މެދުއިރުމަތީގެ ހަމަނުޖެހުންތަކާ ގުޅިގެން މީގެ ކުރިން ރާއްޖެއަށް އެންމެ ގިނައިން މިފަދަ ތަކެތި އެތެރެކުރާ ޔޫ.އޭ.އީ ގެ ސަރަހައްދުތަކުން މުދާ އެކްސްޕޯޓު ކުރުން ހުއްޓާލުމެވެ.
"ގަލްފް ހަނގުރާމައާ ގުޅިގެން ރަސަލް ހައިމާ ނޫނިއްޔާ ފުޖެއިރާ ހިސާބުން މިހާރު އެކްސްޕޯޓު ކުރުން ހުއްޓާލައިފި. މީގެ ކުރިން ރާއްޖެއަށް އެންމެ ގިނަ އަދަދަކަށް މި ބާވަތުގެ ތަކެތި ގެންނަނީ އެ ސަރަހައްދުން،" ސަވާދު ވިދާޅުވިއެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި މިހާރު ރާއްޖެއަށް މިފަދަ ތަކެތި އެންމެ ގިނައިން ގެންނަނީ އިންޑިއާއިންނެވެ. އަދި މަދު މިންވަރަކަށް ޕާކިސްތާނާއި ކެމްބޯޑިއާއިން ވެސް ތަކެތި އެތެރެކުރެއެވެ.
އަގުތަކަށް އައި ބަދަލުތަކުގެ ތަފްސީލު ދެއްވަމުން ސަވާދު ވިދާޅުވީ، މުދާ ގަންނަ އަގު ނުވަތަ އެފް.އޯ.ބީ ރޭޓުތަކުގެ އިތުރުން ފްރައިޓް އަދި ޝިޕިންގ ޗާޓަރު ފީތައް ވެސް އިންތިހާއަށް ބޮޑުވެފައިވާ ކަމަށެވެ. އެގޮތުން ކުރިން 12.5 ނުވަތަ 13 ޑޮލަރަށް ލިބުނު އެފް.އޯ.ބީ އަގުތައް މިހާރު 18 ނުވަތަ 19 ޑޮލަރަށް އުފުލިފައިވާ ކަމަށާއި، މިއީ ގާތްގަނޑަކަށް 25 އިންސައްތައިގެ ބޮޑުވުމެއް ކަމަށް އޭނާ ވިދާޅުވިއެވެ.
މީގެ އިތުރުން، ތެލުގެ އަގަށް އައި ބަދަލަކީ ވެސް ލޮޖިސްޓިކްސް ދާއިރާއަށް އޮތް ބޮޑު ގޮންޖެހުމެއްކަން ސަވާދު ފާހަގަކުރެއްވިއެވެ. ކުރިން ލީޓަރެއް 14.50 ރުފިޔާއަށް ލިބުނު ތެޔޮ، ބޮޑެތި އުޅަނދުފަހަރަށް ބަންކަރު ކުރާއިރު މިހާރު ލިބެނީ 28 އާއި 32 ރުފިޔާއާ ދެމެދުގެ އަގުތަކެއްގައެވެ. މީގެ ސަބަބުން ޝިޕިންގ ކޯސްޓު ދެގުނަ ބޮޑުވެ، މުޅި ލޮޖިސްޓިކްސް އޮޕަރޭޝަނަށް 35 އިންސައްތައާއި 40 އިންސައްތައާ ދެމެދުގެ ބޮޑުވުމެއް އައިސްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
ރާއްޖޭގެ އިގްތިސާދީ ހާލަތަށް ބައްލަވާލައްވަމުން ސަވާދު ވިދާޅުވީ، މިހާރުވެސް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި 10 ބިލިއަނާއި 12 ބިލިއަން ޑޮލަރާ ދެމެދުގެ އަގުހުރި ރިސޯޓު ކޮންސްޓްރަކްޝަން މަޝްރޫއުތައް ހިނގަމުންދާ ކަމަށެވެ. މީގެ ތެރޭގައި ފަޅު ހިއްކައިގެންނާއި ކޯސްޓަލް ޕްރޮޓެކްޝަން ހިމެނޭ ބޮޑެތި މަޝްރޫއުތައް ހިމެނޭއިރު، އެފަދަ މަސައްކަތްތަކަށް ބޭނުންވާ 'ރޮކް ބޯލްޑާސް' އެތެރެކުރުމުގައި ލިއޯ ގްރޫޕުން މުހިންމު ދައުރެއް އަދާކުރާކަން އޭނާ ފާހަގަކުރެއްވިއެވެ.
ސަވާދު ވިދާޅުވި ގޮތުގައި، މިހާރު ކުރިމަތިވެފައިވާ ޑޮލަރުގެ ދަތިކަމާއި، ބައިނަލްއަގުވާމީ ބާޒާރުގައި ތަކެތީގެ އަގު އުފުލުމުގެ ސަބަބުން އިމާރާތްކުރުމުގެ ދާއިރާއަށް ވަނީ ބޮޑެތި ގޮންޖެހުންތަކަކާ ކުރިމަތިލާން ޖެހިފައެވެ.

ކިޔުންތެރިންގެ ހިޔާލު