ދުނިޔޭގައި މިހާރު ފެތުރެމުންދާ ކޯވިޑް-19 ޖެހިގެން ސްރީލަންކާގައި މަރުވާ މީހުންގެ ތެރެއިން މުސްލިމުންވެސް އަންދާލާފައިވާ ކަމަށް އޭ އެފް ޕީން ބުނެފިއެވެ.
ބަލީގައި މަރުވާ މީހުން ވަޅުލުމުން ނުވަތަ އަންދާލުމުން ފުދޭނެކަމަށް ދުނިޔޭގެ ޞިއްޙަތު ޖަމިއްޔާ، ޑަބްލިއުއެޗްއޯއިން ބުނެފައި ވީނަމަވެސް ސްރީލަންކާ ސަރުކާރުން ބަލީގައި މަރުވާ މީހުން އެންދުމަށް ނިންމުމާއި ގުޅިގެން އެގައުމުގައި ދިރިއުޅޭ މުސްލިމުން ދަނީ ނުރުހުން ފާޅުކުރަމުންނެވެ. މަރުވާ މީހުންގެ ހަށިގަނޑު އެންދުމަކީ އިސްލާމްދީނުގައި ހުއްދަކަމެއް ނޫނެވެ. އިސްލް ދީނުގެ ޢިލްމުވެރިން ގަބޫލުކުރާ ގޮތުގައި ވަބާއެއްގައި މަރުވާ މީހުންނަކީ ޝަހީދުންނެވެ. އަދި އެމީހުން ހިނެވުމެއްނެތި ވަޅުލުން ހުއްދަވާނެއެވެ.
އޭއެފް ޕީން ރިޕޯޓްކޮށްފައިވާ ގޮތުގައި ލަންކާގައި ބަލިޖެހިގެން މަރުވި 7 މީހުން ވެސް ވަނީ އަންދާލާފައެވެ. މީގެ ތެރެއިން 3 މީހުންނަކީ މުސްލިމުން ކަމަށް ވީ ނަމަވެސް ސްރީލަންކާގެ ސަރުކާރުން އެމީހުންގެ ހަށިތައް އަންދާލާފައިވަނީ އެމީހުންގެ ޢާއިލާތަކުން އެކަން އެގޮތަށް ނުކުރުމަށް އެދެމުން ދަނިކޮށެވެ.
ސްރީލަންކާއިން ކޯވިޑް-19 އަށް ޕޮޒިޓިވް ވި މީހުންގެ އަދަދު 203 އަށް ވަނީ އަރާފައެވެ.

ކިޔުންތެރިންގެ ހިޔާލު