އެމެރިކާގެ މިނެސޯޓާގެ 5 ވަނަ ކޮންގްރެޝަނަލް ޑިސްޓްރިކްޓްގެ ޑިމޮކްރެޓިކް ޕްރައިމަރީ އިންތިޚާބު އިލްހާން އުމަރު ކާމިޔާބު ކުރައްވައިފިއެވެ.
އެމެރިކާގެ މީޑިއާތަކުގެ ލަފާކުރުންތަކާ ހަވާލާދީ ސީބީއެސް ނިއުސްއިން ރިޕޯޓްކޮށްފައިވާ ގޮތުގައި، މިނިއާޕޮލިސް ހިމެނޭ ދާއިރާގެ ގޮނޑި ހަތަރު ވަނަ ދައުރަކަށް ދިފާއުކުރައްވަން ނުކުމެވަޑައިގެންނެވި އިލްހާން ވަނީ ވާދަވެރި އެހެން ކެންޑިޑޭޓުންނާ އަޅާބަލާއިރު ވޯޓުގެ 80 އިންސައްތައަށްވުރެ ބޮޑު އަޣްލަބިއްޔަތެއް ހޯއްދަވާފައެވެ.
ނިއުޔޯކް ޓައިމްސްއިން އާންމުކޮށްފައިވާ ނުރަސްމީ ނަތީޖާތަކަށް ބަލާއިރު، ވޯޓުގެ 95 އިންސައްތައަށްވުރެ ގިނަ ވޯޓު ގުނާ ނިމުނުއިރު، އިލްހާން ވަނީ 122,640 ވޯޓާއެކު ބޮޑު ކުރިއެރުމެއް ހޯއްދަވާފައެވެ.
އޭނާއާ އެންމެ ކައިރިން ވާދަކުރެއްވި ކުރީގެ ފެޑެރަލް ޕްރޮސެކިއުޓަރ ޖޫލީ ޓްރޭންގް ލީއަށް 10,201 ވޯޓު ލިބިވަޑައިގެންނެވި އިރު، ލަޓޯނިޔާ ޓީ. ރީވްސްއަށް ލިބިވަޑައިގެންނެވީ 9,131 ވޯޓެވެ.
ޑިމޮކްރެޓިކް ޕްރައިމަރީގައި އިލްހާން އުމަރާ ދެކޮޅަށް ވާދަކުރެއްވި އެހެން ކެންޑިޑޭޓުންގެ ތެރޭގައި އަބޭނާ މެކެންޒީ އާއި ނޭޓް ޝްލޫޓާ ހިމެނެއެވެ.
މީގެއިތުރުން، މި ދާއިރާގެ ރިޕަބްލިކަން ޕްރައިމަރީ އިންތިޚާބު 52.1 އިންސައްތަ ވޯޓާއެކު ކާމިޔާބު ކުރައްވާނެ ކަމަށް ލަފާކުރެވެނީ ޖޯން ނޭގަލްއެވެ.

ކިޔުންތެރިންގެ ހިޔާލު