އިސްލާމީ ޝަރީޢަތުގެ ފުރަތަމަ މަޞްދަރަކީ ކީރިތި ޤުރްއާން ކަމުގައިވީ ފަދައިން، އެ ދީނުގެ ދެވަނަ މަޞްދަރަކީ ކީރިތި ރަސޫލާ ﷺ ގެ ސުންނަތްކަން މިއަދުގެ ހުކުރު ޚުތުބާގައި ހަނދާންކޮށްދީފިއެވެ. ރާއްޖޭގެ މިސްކިތްތަކުގައި މިއަދު އިއްވި ޚުތުބާ ޚާއްޞަކޮށްފައިވަނީ "އިސްލާމީ ޝަރީޢަތުގެ ދެވަނަ މަޞްދަރު" މި މައުޟޫޢަށެވެ.
ޚުތުބާގައި ބުނީ، އިންސާނުން ދުނިޔޭގައި އުޅުމަށް މާތް ﷲ ޚިޔާރުކުރައްވާފައިވާ ދީނަކީ އިސްލާމްދީން ކަމަށެވެ. އަދި އިސްލާމީ ޝަރީޢަތުގެ އަސާސަކީ ކީރިތި ޤުރްއާނާއި މާތް ނަބިއްޔާ ﷺ ގެ ސުންނަތް ކަމަށާއި، މި ދެ މަޞްދަރުގައި އެކުއެކީގައި ހިފައިގެން މެނުވީ ދުނިޔެއާއި އާޚިރަތުގެ ކާމިޔާބީއެއް ނެތްކަން ޚުތުބާގައި ފާހަގަކުރިއެވެ.
ސުންނަތާ ނުލައި ދީނުގެ ޙުކުމްތައް ފުރިހަމައަށް އެނގެން ނެތްކަން ހާމަކުރަމުން ޚުތުބާގައި ބުނީ، ބައެއް މީހުންނަށް "ސުންނަތް" މިއީ ކޮންމެހެން ކުރަން ނުޖެހޭ ކަންކަން ކަމަށް ހީވެފައި އޮތުމަކީ ވަރަށް ބޮޑު އޮޅުމެއް ކަމަށެވެ. މިސާލެއްގެ ގޮތުން، ނަމާދު ފަރުޟުކުރެއްވިކަން ޤުރްއާނުން އެނގެން އޮތް ނަމަވެސް، ނަމާދު ކުރާނެ ގޮތާއި، ރަކުޢަތްތަކުގެ އަދަދު އެނގެން އޮތީ ހަމައެކަނި ރަސޫލާ ﷺ ގެ ސުންނަތުން ކަމަށް ޚުތުބާގައި ބުންޏެވެ. ހަމައެފަދައިން ޒަކާތުގެ ބަޔާންތަކާއި ޙައްޖުގެ އަޅުކަން އަދާކުރާނެ ގޮތްވެސް އުނގަންނައިދެއްވީ ރަސޫލާ ﷺ އެވެ.
ހަމައެއާއެކު ޚުތުބާގައި ބުނީ، ރަސޫލާ ﷺ ގެ ބަސްފުޅުތަކަކީ އެކަލޭގެފާނަށް ބާވައިލެއްވުނު ވަޙީގެ ތެރެއިންވާ ކަންކަން ކަމަށެވެ. އަދި ޤުރްއާނާއި ސުންނަތާ ދެމެދުގައިވާ ގުޅުމަކީ ޝަހާދަތުގެ ދެކަލިމައިގައިވާ ގުޅުން ފަދަ ވަކިނުކުރެވޭނެ ގުޅުމެއްކަން ވެސް ފާހަގަކުރިއެވެ.
މީގެ އިތުރުން، ރަސޫލާ ﷺ ގެ ސުންނަތަށް ނުކިޔަމަންތެރިވާ މީހުންނަށް އޮތް ނުރައްކަލުގެ މައްޗަށް އަލިއަޅުވާލަމުން، އެކަލޭގެފާނަށް ކިޔަމަންތެރިވެއްޖެ މީހާ ސުވަރުގެ ވަންނާނެ ކަމަށާއި، ނުކިޔަމަންތެރިވެއްޖެ މީހާ ސުވަރުގެ ވަނުމަށް ދެކޮޅުހަދައިފި ކަމަށް ޚުތުބާގައި ބުންޏެވެ. ޚުތުބާ ނިންމާލާފައިވަނީ، ކީރިތި ރަސޫލާ ﷺ ގެ ސުންނަތަށް ޤަދަރުކޮށް، އެކަލޭގެފާނުގެ ސުންނަތަށް ޢަމަލުކުރާ ބައެއްގެ ގޮތުގައި އަޅަމެން ލެއްވުމަށް އެދި ދުޢާކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު