އަބޫ އައްޔޫބުލް އަންޞާރީ (ރ.ޢ.) ގެ ވަނަވަރުއަބޫ އައްޔޫބުލް އަންޞާރީ (ރ.ޢ.) ގެ އަސްލު ނަމަކީ ޚާލިދު ބިން ޒައިދު ބިން ކުލައިބު (ރ.ޢ.) އެވެ. އެކަލޭގެފާނަކީ މަދީނާގެ ބަނޫ ނައްޖާރު ވަންހައަށް ނިސްބަތްވެވަޑައިގަންނަވާ، ރަސޫލުﷲ (ޞ.ޢ.ވ.) ގެ އަރިސް އަދި މަތިވެރި ޞަޙާބީއެކެވެ. އެކަލޭގެފާނު މަޝްހޫރުވެފައިވަނީ "އަބޫ އައްޔޫބު" (އައްޔޫބުގެ ބަފާ) ގެ ނަމުންނެވެ. އެކަލޭގެފާނަކީ މަދީނާގެ އަންޞާރު ބޭކަލުންގެ ތެރެއިން ކޮންމެ ބޭކަލަކުވެސް އެދިވަޑައިގަތް ފަދަ މަތިވެރި ޝަރަފެއް ލިބިވަޑައިގެންނެވި ބޭކަލެކެވެ.
ހިޖުރައިގެ ދަތުރުފުޅާއި ރަސޫލާ (ޞ.ޢ.ވ.) އަށް ކީ މަރުޙަބާމައްކާ ދޫކުރައްވައި ރަސޫލުﷲ (ޞ.ޢ.ވ.) މަދީނާއަށް ހިޖުރަކުރެއްވުމުން، އަންޞާރު ބޭކަލުން އެކަލޭގެފާނަށް މަރުޙަބާ ދެންނެވީ ނުހަނު ފޯރިއާއި ލޯތްބާއެކުގައެވެ. މަދީނާގެ އަހުލުވެރިންގެ ހިތްތަކުގައި އެކަލޭގެފާނަށްޓަކައި އޮތް ލޯބި ބޮޑުކަމުން، ކޮންމެ މީހަކުވެސް ބޭނުންވީ އެކަލޭގެފާނަށް އެންމެ ފުރިހަމަ މެހެމާންދާރީއެއް އަދާކުރުމަށެވެ.
މަދީނާއަށް ވަދެވަޑައިގަތުމުގެ ކުރިން، ރަސޫލާ (ޞ.ޢ.ވ.) މަޑުކުރެއްވީ މަދީނާގެ އަވަށްޓަރެއް ކަމުގައިވާ 'ޤުބާ' ގައެވެ. އެތަނުގައި ހުންނެވި ދުވަސްތަކުގައި އެކަލޭގެފާނު ކުރެއްވި އެންމެ ފުރަތަމަ ކަމަކީ މިސްކިތެއް ބިނާކުރެއްވުމެވެ. އެ މިސްކިތަކީ "ތަޤުވާވެރިކަމުގެ ބިންގަލުގެ މަތީގައި ބިނާކުރެވުނު މިސްކިތް" ކަމުގައި ކީރިތި ޤުރުއާނުގައި (ސޫރަތުއް ތައުބާ: 108) ބަޔާންކުރައްވާފައިވެއެވެ.
ރަސޫލާ (ޞ.ޢ.ވ.) މަދީނާއަށް ވަދެވަޑައިގަތީ އެކަލޭގެފާނުގެ ޖަމަލުގައެވެ. މަދީނާގެ ބޮޑުންނާއި ވެރިން މަގުމަތީގައި ސަފު ހަދައިގެން ތިއްބެވީ، އެކަލޭގެފާނު އެ ބޭކަލެއްގެ ގޭގައި މަޑުކުރައްވާނެ ނަމައޭ ހިތަށް އަރުވައިގެންނެވެ. ކޮންމެ ބޭކަލަކުވެސް ޖަމަލުގެ ހިފަހައްޓަވައި، "އޭ ﷲ ގެ ރަސޫލާއެވެ! ތިމަންމެންގެ ގޭގައި މަޑުކުރައްވާށެވެ!" މިފަދައިން އެދިވަޑައިގަންނަވަމުން ދިޔައެވެ. ރަސޫލާ (ޞ.ޢ.ވ.) ޙަދީޘްކުރެއްވީ، "އެ ޖަމަލު ދޫކޮށްލާށެވެ. އެއަށްވަނީ (ﷲ ގެ) އަމުރުފުޅު ލިބިފައެވެ."
ޖަމަލު ކުރިއަށް ދިޔަވަރަކަށް، ގޭގޭގެ ވެރިންގެ އުއްމީދުތައް އާވަމުން ދިޔައެވެ. އަދި ޖަމަލު ގޭގެއާ އަރާ ހަމަވެ ފަސްދޭ ކޮންމެ ފަހަރަކު، އެ ގެއެއްގެ ވެރިއަކު މާޔޫސްވެ ދެރަވެއެވެ. އެންމެ ފަހުން ޖަމަލު ގޮސް ހުއްޓުނީ އަބޫ އައްޔޫބުލް އަންޞާރީ (ރ.ޢ.) ގެ ގޭގެ ކުރިމަތީގައި އޮތް ހުސްބިމަކަށެވެ. ނަމަވެސް އެވަގުތު ރަސޫލާ (ޞ.ޢ.ވ.) ފައިބާވަޑައެއް ނުގަންނަވައެވެ. ކުޑަވަގުތުކޮޅަކަށްފަހު ޖަމަލު އަލުން ހިނގައިގަތެވެ. އެކަލޭގެފާނު ޖަމަލުގެ ލަގަން ދޫކޮށްލެއްވިއެވެ. ނަމަވެސް މާ ގިނައިރުތަކެއް ނުވެ، ޖަމަލު އެނބުރި އައިސް ކުރިން އޮތް ތަނުގައި އިށީނދެއްޖެއެވެ.
މި މަންޒަރު ފެނިވަޑައިގަތުމުން އަބޫ އައްޔޫބުގެފާނުގެ ހިތްޕުޅަށް ނުހަނު ބޮޑު އުފާވެރިކަމެއް ލިބިވަޑައިގަތެވެ. އެކަލޭގެފާނު އަވަސްއަވަހަށް ނުކުމެވަޑައިގެން ރަސޫލާ (ޞ.ޢ.ވ.) އަށް މަރުޙަބާ ދަންނަވައި، އެކަލޭގެފާނުގެ ސާމާނުތައް އުފުއްލަވައިގެން ގެއަށް ވެންނެވިއެވެ. އެއީ ދުނިޔޭގައިވާ އެންމެ އަގުބޮޑު ޚަޒާނާ އުފުއްލަވާ ފަދައިންނެވެ.
އަބޫ އައްޔޫބުގެފާނުގެ ގެ ހުންނަނީ ދެ ބުރިއަށެވެ. އެކަލޭގެފާނާއި އެކަލޭގެފާނުގެ ޢާއިލާ ތިއްބެވީ މަތީ ބުރީގައެވެ. ނަމަވެސް ރަސޫލާ (ޞ.ޢ.ވ.) ހުންނެވުމަށް އެކަލޭގެފާނު މަތީ ބުރި ހުސްކުރެއްވިއެވެ. އެކަމަކު ރަސޫލާ (ޞ.ޢ.ވ.) އިޚްތިޔާރު ކުރެއްވީ ތިރީ ބުރީގައި ހުންނެވުމަށެވެ.
ރޭގަނޑުވުމުން އަބޫ އައްޔޫބުގެފާނު މަތީ ބުރިއަށް އަރާވަޑައިގަތެވެ. ނަމަވެސް ކޮޓަރީގެ ދޮރު ލެއްޕުމަށްފަހު، އެކަލޭގެފާނުގެ އަނބިކަނބަލުންނަށް ވިދާޅުވިއެވެ. "ތިމަންމެންނަށް މިއީ ކޮންފަދަ ބޮޑު ކަމެއް ހެއްޔެވެ؟ ﷲ ގެ ރަސޫލާ ތިރީގައި އިންނަވާއިރު، ތިމަންމެން މިތިބީ އެކަލޭގެފާނަށްވުރެ މަތީގައެވެ. ތިމަންމެންނަށް އެކަލޭގެފާނުގެ އިސްފުޅުމަތީގައި ހިނގާބިނގާވެ އުޅެވޭނެ ހެއްޔެވެ؟ އަދި ވަޙީއާ ތިމަންމެންނާ ދެމެދު ހުރަހަކަށް ވެވިދާނެ ހެއްޔެވެ؟ އެހެންވެއްޖެނަމަ ތިމަންމެން ހަލާކުވެދާނެއެވެ."
މި ކަންބޮޑުވުމުގެ ސަބަބުން އެ ދެމަފިރިންނަށް އެރޭ ނިދުމެއް ނުލިބުނެވެ. އެ ބޭކަލުން އުޅުއްވީ ރަސޫލާ (ޞ.ޢ.ވ.) އިންނެވި ދިމާ ނޫން އެހެން ދިމާދިމާލުގައެވެ. ހެނދުނުވުމުން އަބޫ އައްޔޫބުގެފާނު މި ވާހަކަ ރަސޫލާ (ޞ.ޢ.ވ.) އަށް ދެންނެވިއެވެ. ރަސޫލާ (ޞ.ޢ.ވ.) ޙަދީޘްކުރެއްވީ، އެކަލޭގެފާނު ބައްދަލުކުރަން އަންނަ މީހުން ގިނަވާނެތީ، ތިރީ ބުރީގައި އިންނެވުން ފަސޭހަވާނެ ކަމަށެވެ.
އެއްރެއަކު އަބޫ އައްޔޫބުގެފާނުގެ ގޭގައި ފެންއަޅާފައި ހުރި ކޮޅެއް ތަޅައިގެން ގޮސް، މަތީ ބުރީގައި ފެން ބިރުމުން، އެ ފެންތައް ތިރިއަށް ފޭބިޔަ ނުދިނުމަށްޓަކައި އެ ބޭކަލުން ނިދަން ގެންގުޅުއްވި ހަމައެކަނި ރެދަން ފޮތިގަނޑުން ފެން ހިއްކެވިއެވެ. އެއީ ރަސޫލާ (ޞ.ޢ.ވ.) އަށް އުނދަގުލެއް ވެދާނެތީއެވެ. މިކަމާ ގުޅިގެން ރަސޫލާ (ޞ.ޢ.ވ.) ފަހުން މަތީ ބުރިއަށް ބަދަލުވެވަޑައިގަތެވެ.
މަސްޖިދުއް ނަބަވީ ބިނާކޮށް ނިމެންދެން، ގާތްގަނޑަކަށް ހަތް މަސް ދުވަސް ވަންދެން ރަސޫލާ (ޞ.ޢ.ވ.) ހުންނެވީ އަބޫ އައްޔޫބުގެފާނުގެ ގޭގައެވެ. މިސްކިތް ނިމުމުން އެކަލޭގެފާނު މިސްކިތާ އިންވެގެން ހުރި ކޮޓަރިކޮޅުތަކަށް ބަދަލުވެވަޑައިގަތެވެ. އެހިސާބުން ރަސޫލާ (ޞ.ޢ.ވ.) ވެވަޑައިގަތީ އަބޫ އައްޔޫބުގެފާނުގެ އަވަށްޓެރިއަކަށެވެ.
ކެއުމުގެ ދަޢުވަތާއި ބަރަކާތްއެއްދުވަހަކު މެންދުރުގެ ގަދަ ހޫނުގައި އަބޫބަކުރުގެފާނާއި ޢުމަރުގެފާނު ބަނޑުހައިހޫނުކަމުގެ ސަބަބުން ގެއިން ނުކުމެވަޑައިގެން އުޅުއްވަނިކޮށް ރަސޫލާ (ޞ.ޢ.ވ.) އާ ބައްދަލުވިއެވެ. ރަސޫލާ (ޞ.ޢ.ވ.) ވެސް ހުންނެވީ ހަމަ އެ ސަބަބާ ހުރެ ނުކުމެވަޑައިގެންނެވެ. އެކަލޭގެފާނު އެ ދެ ބޭކަލުން ގޮވައިގެން ވަޑައިގަތީ އަބޫ އައްޔޫބުގެފާނުގެ ގެއަށެވެ.
އަބޫ އައްޔޫބުގެފާނު ނުހަނު އުފަލާއެކު އެ ބޭކަލުންނަށް މަރުޙަބާ ދެންނެވިއެވެ. އަދި ކަދުރުގެ ބޮޑު ފައްޗަކާއި، ބަކަރިއެއް ކަތިލައިގެން މޮޅު ކެއުމެއް ތައްޔާރުކުރެއްވިއެވެ. ކެއުން ނިންމަވާފައި ރަސޫލާ (ޞ.ޢ.ވ.) ލޮލުން ކަރުނަ އަޅުއްވަމުން ޙަދީޘްކުރެއްވިއެވެ. "މިއީ ޤިޔާމަތް ދުވަހުން ތިޔަބައިމީހުންނާ ސުވާލުކުރެވޭނެ ނިޢުމަތްތަކެވެ. މިފަދަ ނިޢުމަތެއް ލިބިއްޖެނަމަ 'ބިސްމިﷲ' ކިޔައިގެން ކާން ފަށާށެވެ. އަދި ކައި ނިމުމުން 'اَلْحَمْدُ لِلَّهِ الَّذِي هُوَ أَشْبَعَنَا وَأَنْعَمَ عَلَيْنَا' (ތިމަންމެން ބަނޑުފުރައިދެއްވައި، ތިމަންމެންނަށް ނިޢުމަތް ދެއްވި ﷲ އަށް ޙަމްދު ހުއްޓެވެ) މިފަދައިން ކިޔާށެވެ."
އަބޫ އައްޔޫބުލް އަންޞާރީ ރަޟިޔަﷲ ޢަންހު އެންމެ ފަހުން ބައިވެރިވެވަޑައިގެންނެވި ހަނގުރާމައަކީ މުޢާވިޔަތު ރަޟިޔަﷲ ޢަންހުގެ ޚިލާފަތުގައި، އެކަލޭގެފާނުގެ ދަރިކަލުންގެ ލަޝްކަރާއެކު ކޮންސްޓަންޓިނޯޕަލް (މިހާރުގެ އިސްތަންބޫލް) ފަތަހަކުރުމަށް ކުރެވުނު ހަނގުރާމައެވެ. އެ ދުވަސްވަރު އަބޫ އައްޔޫބުލް އަންޞާރީ ރަޟިޔަﷲ ޢަންހުގެ އުމުރުފުޅަކީ ގާތްގަނޑަކަށް އަށްޑިހަ އަހަރެވެ. ނަމަވެސް، އުމުރުފުޅުން ދުވަސްވުމަކީ ﷲގެ މަގުގައި ޖިހާދުކުރެއްވުމަށްޓަކައި ކަނޑުތައް ހުރަސްކޮށް އެ ލަޝްކަރާއެކު ވަޑައިގަތުމަށް އޮތް ހުރަހަކަށް ނުވިއެވެ.
ހަނގުރާމަ ފެށުނުތާ މާގިނަ ދުވަސްތަކެއް ނުވަނީސް، އެކަލޭގެފާނު ބަލިވެފުޅުވެ، ހަނގުރާމައިގެ މައިދާނުން އެކަހެރިވެވަޑައިގަންނަވަން ޖެހިވަޑައިގަތެވެ. އެވަގުތު ޔަޒީދު ބިން މުޢާވިޔަތު އެކަލޭގެފާނުގެ އަރިހަށް ވަޑައިގެން ދެންނެވިއެވެ. "އޭ އަބޫ އައްޔޫބެވެ! ކަލޭގެފާނު ބޭނުންފުޅުވާ ކަމެއް އެބައޮތްތޯއެވެ؟"
އެކަލޭގެފާނު ޖަވާބުގައި ވިދާޅުވިއެވެ. "މުސްލިމް ލަޝްކަރަށް ތިމަންކަލޭގެފާނުގެ ސަލާމް ރައްދުކޮށްދޭށެވެ. އަދި ދުޝްމަނުންގެ ބިމުގެ ވީހާވެސް ފުންމިނަކަށް ވަދެގަތުމަށް އަބޫ އައްޔޫބު ބާރުއަޅުއްވާ ކަމަށް ބުނާށެވެ. އަދި ތިމަންކަލޭގެފާނު (ނިޔާވުމުން) ތިޔަބައިމީހުންނާއެކު ގެންގޮސް، ކޮންސްޓަންޓިނޯޕަލްގެ ފާރުތަކުގެ މުލުގައި، ތިޔަބައިމީހުންގެ ފައިތިލަތަކުގެ ދަށުގައި ވަޅުލައިދިނުމަށް އެދޭކަމަށް ބުނާށެވެ." އެއަށްފަހު އެކަލޭގެފާނު މިދުނިޔެއާ ވަކިވެވަޑައިގެންފިއެވެ.
މުސްލިމް ލަޝްކަރުގެ މުޖާހިދުން، ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ލޮބުވެތި ޞަޙާބީގެ ވަޞިއްޔަތް ފުރިހަމަކުރެއްވިއެވެ. އެބޭކަލުން ދުޝްމަނުންގެ ފައުޖުތައް ފަހަތަށް ޖައްސަމުން ގޮސް ކޮންސްޓަންޓިނޯޕަލްގެ ފާރުތަކާ ހަމައަށް ފޯރުމުން، އެކަލޭގެފާނު އެތަނުގައި ފަސްދާނުވެޑުވިއެވެ.
މީގެ އެތައް އަހަރެއް ފަހުން، ކޮންސްޓަންޓިނޯޕަލް ފަތަހަކުރެވުމަށްފަހު، އަބޫ އައްޔޫބުލް އަންޞާރީ ރަޟިޔަﷲ ޢަންހުގެ މަގްބަރާގެ މަތީގައި ބިނާއެއް ކުރެވި، އެކަލޭގެފާނުގެ ޝަރަފުގައި މިސްކިތެއް ބިނާކުރެވުނެވެ. (މިއީ މިހާރު ތުރުކީގެ އިސްތަންބޫލްގެ އައްޔޫބު ސުލްޠާން ސަރަޙައްދުގައި ހުންނަ އައްޔޫބު ސުލްޠާން މިސްކިތެވެ.)
މާތްﷲ އަބޫ އައްޔޫބުލް އަންޞާރީ ރަޟިޔަﷲ ޢަންހުއަށް ރުއްސުންލައްވައި، އެކަލޭގެފާނަށް ހެޔޮވެގެންވާ ދަރުމައާއި ޘަވާބު މިންވަރުކުރައްވާށިއެވެ. އާމީން.

ކިޔުންތެރިންގެ ހިޔާލު