ހިލޭ އުމްރާ ދަތުރެއްގެ ފުރުސަތު ދޭނެކަމަށް ބުނެ ބަޔަކު ރޭވި މަކަރުވެރި ރޭވުމެއްގެ މަޅީގައި ޖެހި، ސައުދީ އަރަބިއްޔާގެ ޖަލެއްގައި ހުކުމް ތަންފީޒު ކުރަމުންދިޔަ ޕާކިސްތާނުގެ އަންހެނަކު މަރުވެއްޖެއެވެ.
ޕާކިސްތާނުގެ ފައިސަލްއާބާދަށް ނިސްބަތްވާ އަންވަރު ބީބީ މަރުވީ، މަސްތުވާތަކެތި އެތެރެކުރި ކަމުގެ ކުށް ސާބިތުވެ، ސައުދީގެ ކޯޓަކުން އިއްވި 25 އަހަރުގެ ޖަލު ހުކުމް ތަންފީޒު ކުރަމުން ދަނިކޮށެވެ. އޭނާގެ ހަށިގަނޑު މިހާރު ވަނީ ޕާކިސްތާނަށް ގެންގޮސް އާއިލާއާ ހަވާލުކޮށްފައެވެ.
މި ހާދިސާ ހިނގަން މެދުވެރިވީ، އަންވަރު ބީބީ ހިމެނޭހެން ފަސް މީހަކަށް ހިލޭ އުމްރާ ދަތުރެއް ދޭނެ ކަމަށް ބުނެ ބަޔަކު ރޭވި ރޭވުމެއްގެ ދަށުންނެވެ. ރިޕޯޓްތައް ބުނާ ގޮތުގައި، މި މީހުން ސައުދީއަށް ފުރުމުގެ ކުރިން، އެމީހުންނަށް ނޭނގި ފޮށިތަކުގެ ތެރޭގައި މަސްތުވާތަކެތި ފޮރުވާފައިވާ ހަދިޔާތަކެއް ވަނީ ދީފައެވެ. ޕާކިސްތާނުގެ އިސްލާމްއާބާދު އެއާޕޯޓުން ފުރުމުގައި އެއްވެސް މައްސަލައެއް ދިމާނުވި ނަމަވެސް، ޖިއްދާ އެއާޕޯޓަށް ދިއުމުން ސައުދީ ކަސްޓަމްސް އިން ފޮށިތައް ބަލައި ފާސްކުރިއިރު ވަނީ ގިނަ އަދަދެއްގެ މަސްތުވާތަކެތި ފެނިފައެވެ.
މި މައްސަލައާ ގުޅިގެން ޕާކިސްތާނުގެ ފެޑަރަލް އިންވެސްޓިގޭޝަން އެޖެންސީ (އެފް.އައި.އޭ) އިން ދަނީ ބޮޑު ތަހުގީގެއް ހިންގަމުންނެވެ. މިހާތަނަށް މި ރޭވުމުގައި ބައިވެރިވި ކަމަށް ތުހުމަތުކުރެވޭ ތިން މީހަކު ޕާކިސްތާނުން ވަނީ ހައްޔަރުކޮށްފައެވެ. ތަހުގީގު ކުރާ ފަރާތްތަކުން ހާމަކުރި ގޮތުގައި، މި ގްރޫޕަކީ އުމްރާގެ މާތް އަޅުކަމުގެ ނަމުގައި މީހުންނަށް އޮޅުވާލައި، އެމީހުން "ޑްރަގް މިއުލްސް" ނުވަތަ މަސްތުވާތަކެތި އުފުލާ ބައެއްގެ ގޮތުގައި ބޭނުންކުރަމުންދިޔަ ބައެކެވެ.
މި ހިތާމަވެރި ހާދިސާއަކީ ބޭރު ގައުމުތަކަށް ދަތުރުކުރާއިރު، ހާއްސަކޮށް ނުދަންނަ ފަރާތްތަކުން ދޭ ހިލޭ ދަތުރުގެ ފުރުސަތުތަކާއި، އެހެން މީހުން ދޭ ހަދިޔާ ނުވަތަ ތަކެތި އުފުލުމުގައި އިންތިހާއަށް ސަމާލުވާންޖެހޭނެ ކަމުގެ އިންޒާރެކެވެ. އަންވަރު ބީބީއާއި އޭނާއާއެކު ދަތުރުކުރި މީހުންނަށް އުމްރާގެ މާތް އަޅުކަން އަދާކުރުމަށް ލިބުނު ފުރުސަތެއްގެ ގޮތުގައި ފެނުނު ކަންތައް ނިމިގެންދިޔައީ މުޅި އުމުރު ދުވަހުގެ ޖަލު ހުކުމަކާއި، ކުށެއް ނެތް އާއިލާއަކަށް ލިބުނު ފޫނުބެއްދޭނެ ފަދަ ބޮޑު ހިތާމައަކުންނެވެ.
https://nukta.com/pakistan-woman-body-saudi-prison

ކިޔުންތެރިންގެ ހިޔާލު