އއ. ރަސްދޫގައި މަސްތުވާތަކެއްޗާއި ބަނގުރާ ގެންގުޅެ، ބޭނުންކޮށް އަދި އެ ތަކެތީގެ ވިޔަފާރި ފުޅާދާއިރާއެއްގައި ކުރަމުންދާ ކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގައި ފުލުހުން ހިންގި ޚާއްޞަ އޮޕަރޭޝަނެއްގައި 9 މީހަކު ހައްޔަރުކޮށްފިއެވެ.
މި އޮޕަރޭޝަނަކީ ރަސްދޫގައި މަސްތުވާތަކެތީގެ ނުރައްކާ އޮތް މިންވަރު ދެނެގަނެ، އެކަން ހުއްޓުވުމަށްޓަކައި ޑްރަގް އެންފޯސްމަންޓާއި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް އަދި އއ. އަތޮޅު ފުލުހުން ގުޅިގެން މި ހިނގާ މަހުގެ 17 ވަނަ ދުވަހު ހިންގި އޮޕަރޭޝަނެކެވެ. ކޯޓު އަމުރެއްގެ ދަށުން އެ ރަށުގެ 10 ގެއެއް ފުލުހުން ބަލައިފާސްކުރިއިރު، މަސްތުވާތަކެއްޗާއި ބަނގުރާ އުފެއްދުމަށް ބޭނުންކުރާ ގިނަ އަދަދެއްގެ ސާމާނު ވަނީ އެ ތަންތަނުން ފެނިފައެވެ.
ފުލުހުން ހިންގި މި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ އއ. ރަސްދޫ، ލިލީމީޑް، މުޙައްމަދު ޢުލްވާން ރަޝީދު (21އ) އާއި، އެ ރަށު ގުލްދަސްތާގެ، އަޙްމަދު ޢަރީފު (37އ) އާއި، ހަވާމަންޒިލް، އިބްރާހީމް ދިނާން (30އ) އާއި، ފެހިވިނަ، އަޙްމަދު އިކުލީލް (37އ) އާއި، ކާރނޭޝަންމާގެ، އަޙްމަދު މުޙައްމަދު (44އ) އަދި ކާރނޭޝަންމާގެ، ޢަލީ ވަސީމް (44އ) އެވެ. މީގެއިތުރުން ހދ. ކުމުންދޫ، ވިދުވަރުގެ، ލީނާ މޫސާ (23އ) އާއި، އއ. ތޮއްޑޫ، ހިކިފިނިފެންމާގެ، ރިމާޒު މުޙައްމަދު (29އ) ގެ އިތުރުން ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ މެހެދީ ހަސަން (27އ) ވެސް ވަނީ ހައްޔަރުކޮށްފައެވެ.
މި މީހުން ހައްޔަރުކުރުމަށްފަހު ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ކޯޓުން ވަނީ އިބްރާހީމް ދިނާން، ރިމާޒު މުޙައްމަދު، ޢަލީ ވަސީމް އަދި ބިދޭސީ މީހާ ކަމަށްވާ މެހެދީ ހަސަން 10 ދުވަހުގެ މުއްދަތަށް ބަންދުގައި ބޭތިއްބުމަށް އަމުރުކޮށްފައެވެ. އަދި އަޙްމަދު އިކުލީލް 7 ދުވަހަށް، މުޙައްމަދު ޢުލްވާން ރަޝީދު، އަޙްމަދު ޢަރީފު އަދި އަޙްމަދު މުޙައްމަދު 5 ދުވަހަށް ބަންދުކުރުމަށް އަމުރުކުރިއިރު، މި މައްސަލައިގައި ހިމެނޭ އަންހެން މީހާ ކަމަށްވާ ލީނާ މޫސާގެ ބަންދަށް ޖަހާދީފައިވަނީ 3 ދުވަހެވެ.
މަސްތުވާތަކެއްޗާއި ބަނގުރަލުގެ މި މައްސަލަ ފުލުހުންގެ ޚިދުމަތުން ދަނީ ވަރަށް ޚާއްޞަ އިސްކަމެއް ދީގެން އިތުރަށް ތަޙުޤީޤުކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު