ހިފާފައިވާ ހުޅަނގު އައްސޭރީގެ ގުޞްރާ އަވަށުގައި ހުރި ފަލަސްޠީނު އާއިލާތަކުގެ ގެތައް އިސްރާއީލުގެ ހައްދުފަހަނައެޅި ވަޒަންވެރިން ހިޞާރުކޮށްގެން އުޅޭތާ މިއަދަށް ހަތް ދުވަސް ވެއްޖެއެވެ. މިގޮތަށް ބަންދުކޮށްފައިވާ ގެތަކުގެ ތެރޭގައި ހަތް އަހަރުން ދަށުގެ ދެ ކުޑަކުދިން ހިމެނޭ އާއިލާއެއްވެސް ތިިބި އިރު، އެމީހުން ދިރިއުޅެމުން ދަނީ ބިރުވެރި ނުރައްކާތެރި ހާލަތެއްގައެވެ.
މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނާ ގޮތުގައި، އިސްރާއީލުގެ ސިފައިން މިހާރު ވަނީ އެ ސަރަހައްދުގެ އިތުރު ގެއަކަށް ވެރިވެގަނެފައެވެ. އަދި ހައްދުފަހަނައެޅި ވަޒަންވެރިން ސިފައިންގެ ހިމާޔަތުގައި ކާރުތަކުގައި ހިޞާރުކޮށްފައިވާ ގެތަކުގެ ވަށައިގެން ދުއްވައި، އާއިލާތަކަށް ބިރުދައްކަމުންދާ ކަމަށް ރިޕޯޓުތައް ބުނެއެވެ.
މި ހާލަތާ ގުޅިގެން އިއްޔެގެ ވަގުތެއްގައި އިސްރާއީލުގެ ސުލްހައަށް މަސައްކަތްކުރާ އެކްޓިވިސްޓުންގެ ބަޔަކު ވަނީ، ހިޞާރުކޮށްފައިވާ އާއިލާތަކަށް ބޭނުންވާ ފެނާއި، ޕާން އަދި ޖޫސް ފަދަ ޒަރޫރީ ތަކެތި ފޯރުކޮށްދިނުމަށް މަސައްކަތް ކޮށްފައެވެ. އިސްރާއީލު ސިފައިން މި އެހީތެރިކަމަށް ހުރަސްއެޅި ނަމަވެސް، އޭގެ ތެރެއިން ބައެއް ތަކެތި އެ އާއިލާތަކަށް ފޯރުކޮށްދިނުމުގައި އެކްޓިވިސްޓުންނަށް ވަނީ ކާމިޔާބު ވެފައެވެ.
ގުޞްރާގެ މޭޔަރު ހާމަކުރެއްވި ގޮތުގައި، ހާލުގައި ޖެހިފައިވާ އާއިލާތަކަށް ބޭނުންވާ ބޭހާއި ކާބޯތަކެތި ޔުނިސެފް މެދުވެރިކޮށް ފޯރުކޮށްދިނުމަށްޓަކައި ކުރަންޖެހޭ އެންމެހައި އިދާރީ މަސައްކަތްތައް މިހާރު ދަނީ ކުރެވެމުންނެވެ.
ހިޞާރުކޮށްފައިވާ ގެތަކުގެ ތެރެއިން އެއް ގެއަކީ އެމެރިކާގެ ރައްޔިތަކަށް ނިސްބަތްވާ ގެއެކެވެ. އޭނާ ވަނީ މި ނުރައްކާތެރި ހާލަތުގެ މައުލޫމާތު އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުގެ މެންބަރުންނާ ހިއްސާކޮށް، އޭނާގެ އާއިލާގެ ފުރާނަ ނުރައްކަލުގެ ތެރޭގައިވާކަން ބަޔާންކޮށްފައެވެ. އަދި އޭނާގެ އާއިލާގެ ރައްކާތެރިކަން ކަށަވަރުކުރުމަށް އެމެރިކާގެ ސަފީރު އެކަށީގެންވާ ފިޔަވަޅުތަކެއް އަޅުއްވާފައި ނުވާ ކަމަށް ބުނެ އޭނާ ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.
މި ހާދިސާއަކީ ހިފާފައިވާ ހުޅަނގު އައްސޭރީގައި އިސްރާއީލުގެ ވަޒަންވެރިން ފަލަސްޠީނުގެ ރައްޔިތުންނަށް ދެމުންދާ އަނިޔާވެރި ހަމަލާތަކުގެ ސިލްސިލާގެ ތެރެއިން ހިނގަމުންދާ ކަމެކެވެ.

ކިޔުންތެރިންގެ ހިޔާލު