ޅ. ކުރެއްދޫ އައިލެންޑް ރިސޯޓުގައި ތިބި ހުރިހާ މުވައްޒަފުންނާއި އެހެނިހެން މީހުން ރިސޯޓުން ފޭބުމުގެ ހުއްދަ ދިނުމުގެ ކުރިން އެ ހުރިހާ އެންމެން ޓެސްޓު ކުރަން ނިންމައިފިއެވެ.
ރިސޯޓުތަކުގައި ތިބި މުވައްޒަފުންނާއި ސަފާރީތަކުގައި ތިބި މުވައްޒަފުން އެތަންތަނުން ފޭބުމުގައި ލުއިތަކެއް ސަރުކާރުން ވަނީ ދީފައެވެ. ކުރެއްދޫ އަކީ ރާއްޖެއިން އެންމެ ފުރަތަމަ ކޯވިޑް-19 ގެ ބަލި މީހަކު ފެނުނު ރަށެވެ.
ނެޝަނަލް އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރުގައި މިރޭ ކުރިއަށް ދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި އެކަމާ ގުޅިގެން ވާހަކަ ދައްކަވަމުން ސެންޓަރުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ ކުރެއްދޫގައި ތިބި މީހުންނާ މެދު ޓެގް ޓީމްގެ މިހާރުގެ ނިންމުމަމީ ކުރެއްދޫގައި ތިބި އެންމެން ކޮވިޑަށް ޓެސްޓު ކުރުމަށްފަހު ދޫކޮށްލުން ކަމަށެވެ.
ކުރެއްދޫ އަކީ ކޯވިޑް-19 ރާއްޖެއިން ބޭރުން އެތެރެވުމަށް މެދުވެރި ރަށް ކަމަށްވެފައި އެ މީހާގެ ސަބަބުން ރަށުގައި ބަލި ފެތުރޭން މެދުވެރިވި ހަމައެކަނި ރަށް ކަން ފާހަގަ ކުރައްވައި މަބްރޫކް ވިދާޅުވީ، ކުރެއްދޫ ރިސޯޓާއި އެހެން ރިސޯޓުތައް ތަފާތު ވަނީ އެހެން ވެގެންނެވެ.
ކުރެއްދޫ ރިސޯޓުގައި ޗުއްޓީ ހޭދަކުރަން އައި އިޓަލީގެ ފަތުރުވެރިއެއްގެ ކިބައިން ކޯވީޑް-19 ގެ އާލާމާތްތައް ހުއްޓާ ކަމާބެހޭ ފަރާތްތަކަށް ނާންގައި އެމީހާ ރާއްޖެއިން ފުރުވާލި މައްސަލައިގެ ޖިނާއީ ތަހުޤީގެއް މިހާރު ވަނީ ފަށާފައެވެ.

ކިޔުންތެރިންގެ ހިޔާލު