ޣައްޒާ ސިޓީއިން ރައްކާތެރިކަން ހޯދުމަށް ދަތުރުކުރަނިކޮށް، ފަލަސްތީނުގެ އުމުރުން ފަސް އަހަރުގެ ހިންދު ރަޖަބް އަދި އޭނާގެ އާއިލާ ދަތުރުކުރި ކާރަށް ހަމަލާދީ އެ އެންމެން މަރާލި ހާދިސާގެ ޖިނާއީ ތަހުގީގެއް ފަށައިފިކަން އިސްރާއީލު ސިފައިން ފުރަތަމަ ފަހަރަށް ކަށަވަރުކޮށްދީފިއެވެ.
އިސްރާއީލު އަސްކަރިއްޔާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އެ މީހުންނާ ދިމާއަށް އައި އުޅަނދަކަށް ސިފައިން ހަމަލާދީފައިވާކަން ތަހުގީގުގެ ހޯދުންތަކުން އެނގޭ ކަމަށާއި، ފަލަސްތީނުގެ ރެޑް ކްރެސެންޓް އެމްބިއުލަންސްގެ ހަރަކާތްތައް ކޯޑިނޭޓްކުރުމުގައި ހެދިފައިވާ ގޯސްތަކަކާ ގުޅިގެން މި ހާދިސާގެ ޖިނާއީ ތަހުގީގެއް އަސްކަރީ ޕޮލިސް ކްރިމިނަލް އިންވެސްޓިގޭޝަން ޑިވިޜަނުން ކުރިއަށްގެންދިއުމަށް ނިންމާފައިވާ ކަމަށެވެ.
މި ހާދިސާ ހިނގާފައިވަނީ 2024 ވަނަ އަހަރުގެ ފެބްރުއަރީ މަހުއެވެ. ހިންދު ރަޖަބް އަދި އޭނާގެ އާއިލާ ދަތުރުކުރި ކާރަށް އިސްރާއީލު ސިފައިން ހަމަލާދިނުމުން، ކާރުގައި ތިބި އޭނާގެ ދައްތައާއި ބަައްޕަފަރާތު ބޮޑުބޭބެއާއި ހަތަރު ދެބޭންގެ ދެދަރި ކުދިން މަރުވިއެވެ.
އޭގެ ތެރެއިން އުމުރުން 15 އަހަރުގެ ލަޔާން ހަމާދާ ވަނީ ފަލަސްތީނުގެ ރެޑް ކްރެސެންޓަށް ގުޅައި، ޓޭންކެއް ކައިރިވަމުންދާ ކަމަށާއި އާއިލާގެ އެހެން މީހުން މަރުވެފައިވާ ކަމަށް ބުނެފައެވެ. އެ ފޯން ކޯލްގެ ރެކޯޑިންގްއިން އިތުރު ބަޑީގެ އަޑުއިވުމަށްފަހު ލަޔާންގެ ހަޅޭކުގެ އަޑު ހުއްޓުނުއިރު، ދިރިހުރި ހަމައެކަނި ކުއްޖާގެ ގޮތުގައި ހިންދު ކާރުގައި އޮތެވެ.
ރެޑް ކްރެސެންޓުން އިސްރާއީލު އަސްކަރިއްޔާއާ ވާހަކަދައްކައިގެން އޭނާ ސަލާމަތްކުރުމުގެ މަސައްކަތް ކުރަނިކޮށް ގުޅުން ކެނޑި، 12 ދުވަސް ފަހުން ހިންދު ފެނުނީ މަރުވެފައިވަނިކޮށެވެ.
މީގެއިތުރުން، 2025 ވަނަ އަހަރުގެ މެއި މަހު ޣައްޒާގެ ރަފަހްގައި ފަލަސްތީނުގެ 15 ޕެރާމެޑިކުން މަރާލި ހާދިސާގެ ވަކި ތަހުގީގެއް ކުރިއަށްދާނެކަންވެސް އިސްރާއީލު އަސްކަރިއްޔާއިން އިއުލާންކުރިއެވެ.
މި ޕެރާމެޑިކުން މަރާލާފައިވަނީ އަނިޔާވި މީހުން ސަލާމަތްކުރަން ދިޔަ އެމްބިއުލަންސްތަކަށް އިސްރާއީލު ސިފައިން ހަމަލާދީ، އެ މީހުންގެ ހަށިގަނޑުތަކާއި އުޅަނދުތައް ބުލްޑޯޒަރުން ފަސްއަޅައި ވަޅުލުމަށްފަހުގައެވެ.
ނަމަވެސް، ވޯލްޑް ސެންޓްރަލް ކިޗަން (ޑަބްލިއުސީކޭ) އާއި ޑޮކްޓާސް ވިތައުޓް ބޯޑާސްގެ އެހީތެރިން މަރުވި އެހެން ހާދިސާތަކުގެ ޖިނާއީ ތަހުގީގެއް ނުނިންމާނެ ކަމަށް އަސްކަރިއްޔާއިން ބުނެފައިވެއެވެ.
އިސްރާއީލު އަސްކަރިއްޔާއިން ބުނި ގޮތުގައި ސިފައިންގެ އަމަލުތަކާ ގުޅޭ 150 އަށްވުރެ ގިނަ ހާދިސާގެ ރިވިއު ނިންމައި، އޭގެ ތެރެއިން ފަސް މައްސަލައަކާމެދު ގޮތެއް ނިންމާފައިވެއެވެ.
ނަމަވެސް، 2025 ވަނަ އަހަރުގެ އޮގަސްޓް މަހު ދެކުނު ޣައްޒާގެ ހޮސްޕިޓަލަކަށް ދިން ހަމަލާތަކުގައި 'ދި އިންޑިޕެންޑެންޓް' ގެ ޕާޓްނަރު 'އިންޑިޕެންޑެންޓް އަރަބިއާ' ގެ ފޮޓޯޖާނަލިސްޓް މަރްޔަމް އަބޫ ދައްޤާ ހިމެނޭހެން ނޫސްވެރިން މަރުވި ހާދިސާއާ ބެހޭގޮތުން އެއްވެސް ވާހަކައެއް ދައްކާފައެއް ނުވެއެވެ. މިއީ ބައިނަލްއަގުވާމީ ގާނޫނުތަކަށް އިހުތިރާމްކުރިނަމަ ހިނގަންނުޖެހޭ ހާދިސާތަކެއް ކަމަށް ފަލަސްތީނުގެ ރެޑް ކްރެސެންޓުން ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު