އެޗްއާރްސީއެމުން އައްޑޫ ސިޓީގެ ސިޓީ ކައުންސިލާ ބައްދަލު ކުރަނީ
އެޗްއާރްސީއެމުން އައްޑޫ ސިޓީގެ ސިޓީ ކައުންސިލާ ބައްދަލު ކުރަނީ
މިވަގުތު މީހުން ބައިތިއްބާފައިތިބި ކަރަންޓީނު މަރުކަޒުތަކަށް ޒިޔާރަތްކުރުމުގައި ގޮންޖެހުންތަކެއް ހުރި ނަމަވެސް ކަމާބެހޭ ފަރާތްތަކުގެ އެހީގައި އެތަންތަން މޮނިޓަރ ކުރަމުން ގެންދާނެ ކަމުގައި ރާއްޖޭގެ ހިއުމަން ރައިޓްސް ކޮމިޝަނުން ބުނެފިއެވެ.

ކޮމިޝަނުން މި މަހުގެ 12 ވަނަ ދުވަހު ވަނީ ފަރުކޮޅުފުށި އަދި ހުޅުލެ އައިލެންޑް ހޮޓަލުގައި ޤާއިމުކޮށްފައިވާ ކަރަންޓީން މަރުކަޒުތަކުގައި އަލުން މީހުން ބޭތިއްބުމުގެކުރިން އެ ތަންތަނަށް ޒިޔާރަތްކޮށް އެތަންތަނުގެ ޙާލަތު ބަލާފައެވެ.



އެޗްއާރުސީއެމުން ޒިޔާރަތްކުރި ތަންތަނުގެ ހާލަތާއި ބެހޭގޮތުން އެކޮމިޝަނުން ބުނީ އެތަން ތަނުގައި ހުރީ ކޯވިޑް-19އާ ގުޅިގެން ކަރަންޓީނު ކުރެވޭ ނުވަތަ އެކަހެރި ކުރެވޭ މީހުން ބެއިތިއްބުމަށާއި އެތަންތާގައި މަސައްކަތް ކުރާ ފަރަތްތަކަށް ރައްކާތެރިކަން ލިބޭ ގޮތަށް ވަސީލަތްތަކާއި އެހެނިހެން ކަންކަން ފުރިހަމަ ކުރެވިފައި ކަމަށެވެ.

އެގޮތުން، މަރުކަޒުތަކުގައި ޚިދުމަތްދިނުމުގެ މަސައްކަތުގައި ޝާމިލްވާ މުވައްޒަފުންގެ ރައްކާތެރިކަމަށް ބޭނުންވާ ވަޞީލަތްތައް ފޯރުކޮށްދިނުމާއެކު، އެފަރާތްތަކުގެ ރައްކާތެރިކަމާ ނަފްސާނީ ދުޅަހެޔޮކަން ދެމެހެއްޓުމަށްޓަކައި އެދެވޭފަދަ އިންތިޒާމުތައް ހަމަޖައްސާފައިވާކަން ފާހަގަކުރެވުނެ ކަމަށް ކޮމިޝަނުން ބުނެފައިވެއެވެ.

ކޮމިޝަނުން އިތުރަށް ބުނެފައި ވަނީ، މަރުކަޒުތަކުގައި ބައިތިއްބާ ފަރާތްތަކަށް ޞިއްޙީ ޚިދުމަތް ދިނުމަށްޓަކައި ބޭނުންވާ އާލާތްތަކާ، މިފަދަ މަރުކަޒެއްގައި ފޯރުކޮށްދޭންޖެހޭ ޒަރޫރީ ކަންކަން ހަމަޖެއްސުމުގެ އިންތިޒާމް ހުރީ އެކަށީގެންވާ ފެންވަރެއްގައި ކަމަށެވެ.

ރާއްޖެއިން ކޯވިޑް-19 އަށް ބަޔަކު ޕޮޒިޓިވްވެ ބަލިން ރައްކާތެރި ވުމަށް ގިނަ ފިޔަވަޅު ތަކެއް އަޅާފައިވާއިރު މިހުރިހާ ދުވަހަކު ނިދާފައި އޮތް ރާއްޖޭގެ ހިއުމަން ރައިޓްސް ކޮމިޝަން ހޭއަރައި، ކުއްލި އަކަށް ހަރަކާތްތެރިވާން ފެށުމުން ބައެއް ފަރާތްތަކުން ދަނީ ފާޑުކިޔަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން