ހއ. އުލިގަމުގައި ޔޮޓް މެރީނާއެއް ތަރައްގީކުރުމުގެ ބިޔަ މަޝްރޫއަށް ބޭނުންވާ ބިން، މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އާ ހަވާލުކުރުމުގެ އެއްބަސްވުމުގައި އެ ރަށު ކައުންސިލާއި އެ ކުންފުންޏާ ދެމެދު އިއްޔެ ސޮއިކޮށްފިއެވެ.
މި އެއްބަސްވުމުގައި އެމްޕީއެލްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ މުހައްމަދު ވަޖީހު އިބްރާހިމް / ސީއީއޯ ހުސެއިން ޝަފީގެވެ. އުލިގަމު ކައުންސިލްގެ ފަރާތުން ސޮއިކުރެއްވީ އެ ކައުންސިލްގެ ރައީސް އަސަދުﷲ މުހައްމަދެވެ. މި އެއްބަސްވުމުގެ ދަށުން ބިން ހަވާލުކޮށްފައިވަނީ، ޔޮޓް މެރީނާގެ އޮޕަރޭޝަން ފަށާތާ ތިން އަހަރު ދުވަހުގެ ފަހުން ބިމު ކުލި ދައްކަން ފަށާ ގޮތަށެވެ.
އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު ދައުލަތުގެ މީޑިއާއަށް މައުލޫމާތު ދެއްވަމުން އެމްޕީއެލްގެ ސީއީއޯ ވިދާޅުވީ، ޔޮޓް މެރީނާ ތަރައްގީ ކުރުމުގެ އަމަލީ މަސައްކަތް މި ހިނގާ މަހުގެ ތެރޭގައި ފެށިގެންދާނެ ކަމަށެވެ. އަދި ފުރަތަމަ ފިޔަވަހީގައި މި ތަން ތަރައްގީ ކުރެވެނީ 18 ޔޮޓަށް އެއްފަހަރާ ޚިދުމަތް ދެވޭނެ ފަދަ ކުޑަ މިންވަރަކަށް ކަމުގައި ވިޔަސް، މަޝްރޫއު ނިމިގެންދާއިރު އިތުރަށް ފުޅާކުރެވިގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ. މީގެއިތުރުން، މި މެރީނާއަކީ ބައިނަލްއަގުވާމީ ފެންވަރުގެ ވަސީލަތްތަކާ އެކު ދުނިޔޭގެ ފެންވަރުގެ މަންޒިލަކަށް ހެދުމަކީ މައިގަނޑު އަމާޒު ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.
މި މަޝްރޫއާ ގުޅޭގޮތުން އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މި ޔޮޓް މެރީނާ ވުޖޫދުވުމާއެކު އުލިގަމާއި މުޅި އުތުރުގެ ސަރަހައްދަކީ ރާއްޖެއަށް ދަތުރުކުރާ ޔޮޓްތަކަށް ޚާއްސަ މައި މަރުކަޒަކަށް ވެގެންދާނެ ކަމަށެވެ.
އުލިގަމުގައި ޔޮޓް މެރީނާއެއް ތަރައްގީ ކުރުމުގެ އެއްބަސްވުމުގައި އެމްޕީއެލް އަދި އުލިގަމު ކައުންސިލުން އެންމެ ފުރަތަމަ ސޮއިކޮށްފައިވަނީ މިއަހަރުގެ އޮގަސްޓް މަހުގެ 1 ވަނަ ދުވަހުއެވެ. އިއްޔެ ވެވުނު ބިމުގެ އެއްބަސްވުމާއެކު މި މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުމަށް ބޭނުންވާ އެންމެ ފަހުގެ އިދާރީ މަރުހަލާތައް މިވަނީ ނިމުމަކަށް އައިސްފައެވެ.

ކިޔުންތެރިންގެ ހިޔާލު