މީޑިއާނެޓްގެ ކޭބަލްޓީވީ ޕްލެޓްފޯމް (ފޮޓޯ:- ޓްވިޓަރ)
މީޑިއާނެޓްގެ ކޭބަލްޓީވީ ޕްލެޓްފޯމް (ފޮޓޯ:- ޓްވިޓަރ)
ޒުވާން ޖީލެއް ހަލާކު ކޮށްލުމުގެ ޒިންމާ ކޭބަލްޓީވީގެ ޚިދުމަތް ދެއްވާ ފަރާތްތަކުން އުފުއްލަވަން ޖެހިދާނެ ކަމަށް ވިދާޅުވެ ޑރ. މުޙައްމަދު އިޔާޒް ރާއްޖޭގައި ކޭބަލް ޓީވީގެ ޚިދުމަތްދޭ ފަރާތްތަކަށް ފާޑުވިދާޅުވެއްޖެއެވެ.

މަޝްހޫރު ދީނީ ޢިލްމުވެރިޔާ ވިދާޅުވީ، ކޭބަލްޓީވީ ދޫކުރަށްވާ ފަރާތްތަކުން ޒުވާނުންގެ އަޚްލާޤަށް ނުރަނގަޅު އަސަރު ކުރާ ކަހަލަ ޗެނަލްތައް އެބޭފުޅުންގެ ކޭބަލް ޓީވީ ޕްލެޓްފޯމްގައި ހިމަނަމުން ގެންދާ ކަމަށެވެ. އެހެންކަމުން އެފަދަ ޗެނަލްތައް ފޮނުވުން ހުއްޓާލަންޖެހޭ ކަމަށް އޭނާ ވިދާޅުވެފައި ވެއެވެ. އެހެން ނޫން ކަމަށް ވަނީ ނަމަ ޒުވާން ޖީލެއް ހަލާކު ކޮށްލުމުގެ ޒިންމާ ކޭބަލްޓީވީގެ ޚިދުމަތް ދޭ ފަރާތްތަކުން އުފުލަން ޖެހިދާނެ ކަމަށް ޑރ. އިޔާޒް ވިދާޅުވިއެވެ.

ރާއްޖޭގައި ކޭބަލްޓީވީގެ ޚިދުމަތް ފޯރުކޮށްދޭ ފަރާތްތަކުން ދޭ ޚިދުމްތުގައި ދުނިޔެއާއި ރާއްޖޭގެ އެކި ބާވަތްތަކުގެ ޗެނަލްތައް ހިމަނާފައިވެއެވެ. އޭގެ ތެރޭގައި ދީނީ، ޤައުމީ އަދި ޚަބަރާއި މުނިފޫހި ފިލުވުމާގުޅޭ ޗެނަލްތައް ހިމެނެއެވެ.

ޑރ. އިޔާޒްގެ ޓްވީޓްގައި އިޝާރާތް ކުރެއްވީ މީގެތެރެއިން ކޮން ޗެނަލަކަށް ކަމެއް ސާފުކޮށް ވިދާޅުވެ ދެއްވާފައެއް ނުވެއެވެ. ނަމަވެސް ދާދިފަހުން ޓެކްނިކަލް މައްސަލަތަކެއް ދިމާވެގެން ކަމަށްބުނެ މީޑިޔާނެޓްގެ ޕްލެޓްފޯމުން ޕީސްޓީވީ ގެ ޚިދުމަތް މެދުކެނޑުނު މައްސަލާގައި ދީނީ ޢިލްމުވެރިންނާއި، ގިނަ ޢާއްމު ރައްޔިތުން ގެ ފާޑުކިއުންތައް އަމާޒުވެފައިވެއެވެ.

ކޭބަލްޓީވީގެ ޚިދުމަތަކީ ފައިސާ ދައްކައިގެން އެ ޚިދުމަތް ބޭނުންވާ ބަޔަކަށް ލިބޭ ގޮތަށް ފަރުމާ ކޮށްފައިވާ ޚިދުމަތެކެވެ. އަދި އެ ޚިދުމަތް ދޭ ފަރާތްތަކުން ވަނީ ކަސްޓަމަރުން ބޭނުން ނޫން ޗެނަލެއް ނުވަތަ ޚިދުމަތް ހޯދާ ފަރާތުން ބަލަން ބޭނުން ނުވާ ޗެނަލެއް ނުވަތަ ޗެނަލްތައް ނުހިމަނާވެސް ކޭބަލް ޓީވީގެ ޚިދުމަތް ލިބޭ ގޮތަށް އެޚިދުމަތް ފަރުމާކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން