މީގެ 25 އަހަރު ކުރިން އިސްރާއީލު ސިފައިންގެ ހަމަލާތަކުގައި ޝަހީދުވި ފަލަސްޠީނުގެ ކުޑަކުއްޖާ މުޙައްމަދު އަލްދުރާގެ ހަނދާންތައް، މިޞްރުގެ ސާނަވީ ތަޢުލީމީ މުޤައްރަރުގެ ތާރީޚު ފޮތްތަކުގައި އަލުން ހިމަނައިފިއެވެ.
މިއީ 2000 ވަނަ އަހަރު ހިންގި ފަލަސްޠީނުގެ ދެވަނަ އިންތިފާޟާ (އުފުލިގަތުން) އާ ގުޅޭގޮތުން ކިޔަވައިދޭ ފިލާވަޅުތަކުގެ ތެރޭގައި ހިމެނި ބައެކެވެ.
މިޞްރުގެ ތަޢުލީމީ މުޤައްރަރުގައި "2000 ވަނަ އަހަރުގެ ދެވަނަ ފަލަސްޠީނު އިންތިފާޟާ" ގެ ނަމުގައި ހިމަނާފައިވާ ފިލާވަޅުގައި މުޙައްމަދު އަލްދުރާގެ ފޮޓޯ ހިމަނާފައިވަނީ "މުޙައްމަދު އަލްދުރާއަށް ބަޑީގެ ހަމަލާ އަމާޒުވި ވަގުތު" މިއީ ސުރުޚީއެއްގެ ގޮތުގައި ލިޔެފައެވެ.
މުޅި ދުނިޔެއަށް ސޮކެއް ގެނުވި މި އަސަރުގަދަ މަންޒަރަކީ މުޅި ޖީލެއްގެ ހަނދާނުގައި ބީހިފައިވާ މަންޒަރަކަށްވާއިރު، މިހާރު މިއީ މިޞްރުގެ އާ ޖީލުގެ ދަރިވަރުންނަށް ތާރީޚު ކިޔަވައިދިނުމުގައި ބޭނުންކުރާ މުހިންމު ބަޔަކަށް ވަނީ ވެފައެވެ.
މި ފޮތުގައި މި މަންޒަރު ހިމަނާފައިވަނީ ހަމައެކަނި ވަކި ހާދިސާއެއްގެ ގޮތުގައެއް ނޫނެވެ. އަދި ފަލަސްޠީނުގެ މައްސަލައިގެ ތާރީޚީ ސިލްސިލާއާއި، ސުލްޙައިގެ މަސައްކަތްތަކާއި، އަދި ޣައްޒާގައި ހިނގަމުންދާ ކަންކަމުގެ ތެރެއިން އިންސާނީ ނަޒަރިއްޔާތު ދަރިވަރުންނަށް ދޭހަކޮށްދިނުމުގެ މަޤްޞަދުގައެވެ.
މުޙައްމަދު އަލްދުރާގެ ބައްޕަ ޖަމާލް އަލްދުރާ ބުނެފައިވަނީ، މުޤައްރަރުގައި މި ފޮޓޯ ހިމެނުމުގެ މުހިންމުކަން ހަމައެކަނި ކުއްޖާގެ ނަން އެނގުމަށްވުރެ ބޮޑުކަމަށެވެ.
މީގެ ސަބަބުން އާ ޖީލުގެ ދަރިވަރުންނަށް ތާރީޚީ ފޮތްތަކުން ކިޔާ ތާރީޚުތަކާއި ހާދިސާތަކުގެ ފަހަތުގައި ތިބީ ބިރުވެރިކަމާ ކުރިމަތިލައި ޤުރުބާނީތައްވި ކުޑަކުދިންނާއި އާންމު ރައްޔިތުންކަން ވަޒަންކުރަން އެނގޭނެ ކަމަށް އޭނާ ބުންޏެވެ.
އަދި މި ވާހަކައިގެ ސަބަބުން ފަލަސްޠީނުގެ މައްސަލައަކީ ހަމައެކަނި ސިޔާސީ ކަންކަމާއި ހަނގުރާމަތަކެއް ނޫންކަމާއި، އެއީ އާންމު ރައްޔިތުންނާއި ކުޑަކުދިން އޭގެ ބުރަ އުފުލި ޙަޤީޤީ ހާދިސާތަކެއްކަން ދޭހަވާނެ ކަމަށް އުއްމީދުކުރާ ކަމަށްވެސް އޭނާ ބުންޏެވެ.

ކިޔުންތެރިންގެ ހިޔާލު