މަޝްހޫރު ބޮލީވުޑް އެކްޓަރު އިމްރާން ހާޝްމީ ސުވައިން ފްލޫ އަށް ޕޮޒިޓިވްވެ، އޭނާގެ ސިއްހީ ހާލަތު ގޯސްވުމުގެ ސަބަބުން ބައިވެރިވާން ހަމަޖެހިފައިވި މުހިންމު ހަރަކާތްތަކެއް ކެންސަލްކޮށްފިއެވެ.
އޭނާ ސުވައިން ފްލޫއަށް ޕޮޒިޓިވްވެފައިވަނީ މަސައްކަތުގެ ދަތުރުތަކަކަށްފަހު ބަލިވެގެން އުޅޭތާ މަސްދުވަސްކޮޅެއް ވީފަހުންނެވެ.
މަސައްކަތުގެ ދަތުރެއްގައި ރާންޗީއަށް ކުރި ދަތުރަށްފަހު އިމްރާންގެ ހާލު ދެރަވާން ފެށިއިރު، ސުވައިން ފްލޫއަށް ޕޮޒިޓިވްވުމާ ގުޅިގެން އޭނާ ބެންގަލޫރަށް ކުރަން ހަމަޖެހިފައިވި ދަތުރުވެސް މިހާރު ވަނީ ކެންސަލްކޮށްފައެވެ.
ސޯޝަލް މީޑިއާ މެދުވެރިކޮށް އޭނާގެ ސިއްހީ އަދާހަމަ ހިއްސާކުރަމުން އިމްރާން ބުނީ، ހާލު ވަރަށް ދެރަކޮށް އުޅޭތީ ދަތުރު ކެންސަލްކުރަން ޖެހުމުން ހާމަކުރަނީ ހިތާމައާއެކު ކަމަށެވެ.
އަދި ބެންގަލޫރުގެ ސަންބާން ޔުނިއަންގައި އޭނާގެ ސަޕޯޓަރުންނާ ބައްދަލުކުރުން މިހާރު ސެޕްޓެމްބަރު 12 އަށް ފަސްކުރެވިފައިވާ ކަމަށްވެސް އޭނާ ބުންޏެވެ.
އެންމެ ފަހުން "އާވާރާޕަން 2" އިން ފެނިގެންދިޔަ އިމްރާން ހާޝްމީ މިހާރު އަންނަނީ އޭނާގެ ކުރިއަށް އޮތް ފިލްމު "ގަންމާސްޓަރު ޖީ9" ރިލީޒްކުރުމަށް ތައްޔާރުވަމުންނެވެ.
މުޅި އިންޑިއާގައި ސުވައިން ފްލޫ ޖެހޭ މީހުންގެ އަދަދު އިތުރުވަމުންދާ ދަނޑިވަޅެއްގައި އިމްރާން ބަލިވުމާ ގުޅިގެން، އޭނާގެ ސަޕޯޓަރުން އަންނަނީ ސޯޝަލް މީޑިއާގައި އޭނާއަށް އަވަސް ޝިފާއަކަށް އެދެމުންނެވެ.

ކިޔުންތެރިންގެ ހިޔާލު