ކޯވިޑް-19 އާއިގުޅިގެން ހުޅުމާލޭގައި ތަރައްޤީ ކުރާ ފަރުވާދޭ ފެސިލިޓީގެ މަސައްކަތް ރައީސް ބައްލަވާލައްވަނީ
ކޯވިޑް-19 އާއިގުޅިގެން ހުޅުމާލޭގައި ތަރައްޤީ ކުރާ ފަރުވާދޭ ފެސިލިޓީގެ މަސައްކަތް ރައީސް ބައްލަވާލައްވަނީ
ކޯވިޑް-19 އަށް ފަރުވާދޭ މަރުކަޒުތަކުގައި ބޭނުން ކުރުމަށް ހޯދާ ވެންޓިލޭޓަރުތައް ހޯދުމުގެ މަސައްކަތް ކުރިއަށް ގެންދިޔައީ އާންމުކޮށް ހުޅުވާލައިގެން ވާދަވެރި ބީލަމުގެ ތެރެއިންކަމަށް ސަރުކާރުން ހާމަކޮށްފިއެވެ.

ކޯވިޑް-19 އާ ގުޅޭގޮތުން މަޢުލޫމާތު ދިނުމަށް ނޭޝަނަލް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޓާސްކްފޯސްގެ ތަރުޖަމާނު މުޙައްމަދު މަބްރޫކް އަޒީޒު ވިދާޅުވީ، ވެންޓިލޭޓަރު ގެނައުމަށްޓަކައި މިހާރު ދެފަރާތަކާއެކު އެއްބަސްވުމުގައި ސޮއިކޮށްފައިވާކަމަށެވެ.

އެއްފަރާތާއެކު 50 ވެންޓިލޭޓަރު ގެނައުމަށް ސޮއިކޮށްފައިވާއިރު ދެވަނަ ފަރާތާއެކު ސޮއިކޮށްފައިވަނީ 20 ވެންޓިލޭޓަރު ގެނައުމަށެވެ. އޭގެ އިތުރުން، 65 ވެންޓިލޭޓަރެއް ގެނައުމުގެ މަސައްކަތް ޙަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއިކުރުމަށް ތައްޔާރުވަމުންދާ ކަމަށް މަބްރޫކް ވިދާޅުވިއެވެ. މިގޮތުން ޖުމްލަ 135 ވެންޓިލޭޓަރު މިމަހުގެ ތެރޭގައި ރާއްޖެ ގެނައުމަށް މަސައްކަތް ކުރަމުންދާ ކަމަށް މަބްރޫކް ވިދާޅުވިއެވެ.

މަބްރޫކް މިހެން ވިދާޅުވެފައި ވާއިރު ވެންޓިލޭޓަރުތައް ހޯދުމުގައި ކޮރަޕްޝަނަށް މަގުފަހިވާގޮތަށް ވަކި ފަރާތްތަކަކަށް ނާޖާއިޒު ފައިދާ ލިބޭގޮތަށް ޢަަމަލުކުރަމުންދާކަމުގެ ތުހުމަތުތައް މީސް މީޑިއާގައި ވަރަށް ބޮޑަށް ދަނީ ކުރަމުންނެވެ.

އަދި ކޯވިޑް-19 އާ ގުޅިގެން ސިއްހީ ދާއިރާއިން ކުރަމުން އަންނަ ގިނަ ޚަރަދުތަކާ ގުޅޭގޮތުން ސިއްޙަތާބެހޭ ވަޒީރަށް އަމާޒުކޮށް ގިނަ ސުވާލުތަކެއް ރައްޔިތުންގެ މަޖިލީހަށް ވަނީ ހުށައަޅާފައެވެ.

ވެންޓިލޭޓަރ ތަކެއް ހޯދުމުގެ އިތުރުން ހުޅުމާލޭގައި 40 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ފަރުވާދޭ ވަގުތީ ފެސިލިޓީއެއް ގާއިމު ކުރަމުންދާ ތީ އެކަމަށްވެސް ގިނަ ބަޔަކު ދަނީ ފާޑު ކިޔަމުންނެވެ. ނަމަވެސް ސަރުކާރުން ބުނަމުން ދަނީ ކޯވިޑް-19 އާއި ގުޅިގެން ސަރުކާރުން މިހާރު ކުރަމުން ގެންދާ މަސައްކަތް ތަކަކީ ބައްޔަށް ފަރުވާ ދިނުމާއި ބަލިން ރައްކާތެރި ވުމުގެ ގޮތުން ކޮންމެހެން ކުރަންޖެހޭ މުހިހްމު ކަންކަން ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން