ފެނަކަ ކޯޕަރޭޝަންގެ ށ. ފޯކައިދޫ ބްރާންޗުގައި މަސައްކަތް ކުރަމުންދިޔަ 14 މުވައްޒަފަކު ކުއްލި ގޮތަކަށް ވަޒީފާއިން ވަކިކުރުމާ ގުޅިގެން، އެ ނިންމުމާ ދެކޮޅަށް އެ ރަށުގައި މުޒާހަރާ ކުރަން ފަށައިފިއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި މި މުވައްޒަފުން ވަޒީފާއިން ވަކިކުރި ކަމުގެ ޗިޓު ހަވާލުކޮށްފައިވަނީ އިއްޔެގެ ވަގުތެއްގައެވެ. މި ނިންމުމާ ގުޅިގެން ހިތްހަމަނުޖެހުން ފާޅުކޮށް، ވަޒީފާއިން ވަކިކުރި މުވައްޒަފުންނާއި އެ މީހުންގެ އާއިލާތަކުގެ އިތުރުން ރަށުގެ ގިނަ އަދަދެއްގެ އާންމު ރައްޔިތުން ވަނީ ފޯކައިދޫ ފެނަކަ އޮފީސް ދޮށަށް އެއްވެ، އިހުތިޖާޖު ކުރަން ފަށާފައެވެ.
މުޒާހަރާގެ ބައިވެރިން ބުނަމުންދަނީ އެއްވެސް ކަހަލަ އިންޒާރެއް ދިނުމެއް ނެތި، ކުއްލި ގޮތަކަށް އެތައް މުވައްޒަފުންނެއް ވަޒީފާއިން ވަކިކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ. އަދި މި މުވައްޒަފުން ވަކިކޮށްފައިވަނީ ސިޔާސީ ސަބަބުތަކަކަށްޓަކައި ކަމަށް ތުހުމަތުކޮށް، އެ މީހުންނަށް އަލުން ވަޒީފާ ދިނުމަށް މުޒާހަރާގެ ބައިވެރިން ދަނީ ބާރަށް އަޑުއުފުލައި ގޮވާލަމުންނެވެ.
މި މުޒާހަރާއާ ގުޅިގެން ރަށުގެ މަސްލަހަތު ބެލެހެއްޓުމަށްޓަކައި މުޒާހަރާ ކުރިއަށްދާ ސަރަހައްދުގައި ފުލުހުން ދަނީ ހަރަކާތްތެރިވަމުންނެވެ.
ފޯކައިދޫ ފެނަކަ ބްރާންޗުގެ 14 މުވައްޒަފުން ވަޒީފާއިން ވަކިކޮށްފައިވާއިރު، ދައުލަތުގެ ޚަރަދުތައް ކުޑަކޮށް، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ހިންގުން ހަރުދަނާކުރުމަށް ކުރިއަށްގެންދާ "ރައިޓް ސައިޒިންގ" މަސައްކަތުގެ ދަށުން، ކުންފުނިތަކުން 6،000 އަށްވުރެ ގިނަ މުވައްޒަފުން ވަކިކުރަން ޖެހޭކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވަނީ ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު