ދިވެހިރާއްޖޭގެ އެކި ރަށްރަށުގައި އަލަށް މީހުން އާބާދުވަމުން އަންނަ ސަރަޙައްދުތަކަށް ބޭނުންވާ އަސާސީ ޚިދުމަތްތައް ފުރިހަމަކޮށްދިނުމަށް ފެނަކަ ކޯޕަރޭޝަނުން ކުރިއަށްގެންދާ ޚާއްޞަ މަޝްރޫޢުގެ ދަށުން، ހަތަރު ރަށެއްގެ އާ ސަރަޙައްދުތަކަށް ކަރަންޓުގެ ޚިދުމަތް ރަސްމީކޮށް ފޯރުކޮށްދީފިއެވެ.
ރަށްރަށުން އަލަށް ދޫކުރާ ގޯތިތަކާއި، ބިން ހިއްކައިގެން ތަރައްޤީކުރާ ސަރަޙައްދުތަކުގައި ގެދޮރު އިމާރާތްކޮށް ދިރިއުޅެން ފަށާއިރު ޔުޓިލިޓީ ޚިދުމަތްތައް ލިބުން ލަސްވުމަކީ އަބަދުވެސް ރައްޔިތުންގެ ފަރާތުން އަންނަ ބޮޑު ޝަކުވާއެކެވެ. މިކަމަށް ދާއިމީ ޙައްލެއް ހޯދައިދިނުމުގެ ގޮތުން ފެނަކައިން މިހާރު ކަރަންޓުގެ ޚިދުމަތް ގުޅައިދީފައިވާ ރަށްތަކަކީ ލ. ފޮނަދޫ، ހދ. ނޮޅިވަރަންފަރު، ތ. ބުރުނި އަދި ތ. ތިމަރަފުއްޓެވެ.
ފެނަކައިން ހާމަކޮށްފައިވާ މަޢުލޫމާތުތަކަށް ބަލާއިރު، ލ. ފޮނަދޫގެ އާ ސަރަޙައްދަށް ކަރަންޓު ދިނުމަށް ކުރަންޖެހުނު އެންމެހައި މަސައްކަތްތައް ނިމިދިޔަ ޖޫން މަހުގެ ނިޔަލަށް ވަނީ އެއްކޮށް ނިންމާލާފައެވެ. މީގެ ސަބަބުން އެ ސަރަޙައްދުގައި އަލަށް އާބާދުވި 80 ގޭބިސީއަކަށް މިހާރު ވަނީ ފަސޭހަކަމާއެކު ކަރަންޓުގެ ޚިދުމަތް ލިބެން ފަށާފައެވެ. މީގެއިތުރުން، ތ. ބުރުނީގައި އަލަށް މީހުން ދިރިއުޅެން ފެށި 48 ގެއަކަށްވެސް މި މަޝްރޫޢުގެ ދަށުން ކަރަންޓު ވަނީ ދީފައެވެ.
ހަމައެއާއެކު، ހދ. ނޮޅިވަރަންފަރާއި ތ. ތިމަރަފުށީގައި ސަރުކާރުން އިމާރާތްކޮށްފައިވާ 100 ހައުސިންގ ޔުނިޓަށް ކަރަންޓު ފޯރުކޮށްދިނުމަށްޓަކައި އަޅަންޖެހޭ ނެޓްވޯކް އެކްސްޓެންޝަންގެ މަސައްކަތްތައްވެސް ނިމިދިޔަ އަހަރުގެ ތެރޭގައި ވަނީ ކާމިޔާބުކަމާއެކު ނިންމާލާފައެވެ. އެގޮތުން، ނޮޅިވަރަންފަރުގައި އެކަނިވެސް 825 މީޓަރުގެ ދިގުމިނަށް ލޯ-ވޯލްޓޭޖް ކޭބަލް ވަޅުލައި، ކަރަންޓު ފޯރުކޮށްދިނުމަށް 12 ޑިސްޓްރިބިއުޝަން ފޮށި ވަނީ ބަހައްޓާފައެވެ.
މީގެއިތުރުން، ރ. މާކުރަތާއި އެ އަތޮޅު ވާދޫގައި އަލަށް މީހުން ވަޒަންވެރިވާ ސަރަޙައްދުތަކަށް ކަރަންޓު ދިނުމަށްޓަކައި ހިންގާ މަޝްރޫޢުތަކުގެ ބޮޑުބައެއް މިހާރު ވަނީ ނިމިފައެވެ. އެ ދެ ރަށުގައި މިހާރު ކުރިއަށްދަނީ ބާކީ ހުރި ކުދިކުދި މަސައްކަތްތައް ނިންމައި، ވީއެންމެ އަވަހަކަށް ދާއިމީކޮށް ކަރަންޓު ދިނުމުގެ އެންމެ ފަހުގެ ތައްޔާރީތަކެވެ.
ފެނަކަ ކޯޕަރޭޝަނުން ބުނީ އެ ކުންފުނީގެ އެންމެ ބޮޑު އަމާޒަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އަލަށް އާބާދުވާ ސަރަޙައްދުތަކުގައި ދިރިއުޅޭ ރައްޔިތުންނަށް އެއްވެސް ދަތިކަމެއް އަދި ހުރަހެއް ނެތި، އަސާސީ ޚިދުމަތްތައް ވީހާވެސް އަވަހަށް އަދި ފެންވަރު ރަނގަޅު ގޮތެއްގައި ފޯރުކޮށްދިނުން ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު