ފެނަކަ ކޯޕަރޭޝަނުން ރައްޔިތުންނަށް ފޯރުކޮށްދޭ އަސާސީ ޚިދުމަތްތައް މެދުނުކެނޑި ފޯރުކޮށްދެވެނީ އެ ކުންފުނީގެ އިންޖިނިއަރުން ކުރަމުންދާ ބުރަ މަސައްކަތުން ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު އަފީފް ހުސައިން ވިދާޅުވެއްޖެއެވެ.
މިއަދު ފާހަގަކުރަމުންދާ ޤައުމީ އިންޖިނިއަރުންގެ ދުވަހާ ގުޅިގެން ދެއްވި ވީޑިއޯ މެސެޖެއްގައި އަފީފް ވަނީ ރާއްޖޭގައި މަސައްކަތްކުރާ އެންމެހައި އިންޖިނިއަރުންނަށާއި، ފެނަކައިގެ ހުރިހާ ދާއިރާތަކެއްގައި ހަރަކާތްތެރިވާ ފަންނީ އިންޖިނިއަރުންނަށް ދުވަހުގެ ތަހުނިޔާއާއި ހެޔޮއެދުންތައް އަރިސްކުރަށްވާފައެވެ.
އަފީފްގެ މެސެޖުގައި ވިދާޅުވީ، ފެނަކައިން ރައްޔިތުންނަށް ފޯރުކޮށްދޭ ކަރަންޓާއި، ފެނާއި، ނަރުދަމާގެ ޚިދުމަތްތަކަށް ރައްޔިތުން ބަރޯސާވެ ތިބެނީ އިންޖިނިއަރުން ކުރާ ބުރަ މަސައްކަތުގެ ސަބަބުން ކަމަށެވެ. އަދި ކޮންމެ ވަގުތަކު ކޮންމެ ފަދަ މައްސަލައެއް ދިމާވި ނަމަވެސް، އެންމެ ފުރަތަމަ އެ ރަށެއްގައި ތިބޭ މުވައްޒަފުން އެކަމެއް ހައްލުކުރުމަށް އަވަސްވެގަންނަ ކަމަށާއި، އެ ރަށެއްގެ މުވައްޒަފުންނަށް ހައްލު ނުކުރެވޭ ހާލަތްތަކުގައި ޖެހިގެން އޮންނަ ރަށުގެ މުވައްޒަފުން ގޮސްގެން ވެސް އެ މަސައްކަތް ފުރިހަމަކޮށްދޭކަން އޭނާ ފާހަގަކުރެއްވި އެވެ.
މީގެއިތުރުން، ފެނަކައިގެ އިންޖިނިއަރުންގެ ތެރޭގައި ފާހަގަކޮށްލެވޭ އަދަދަކަށް އަންހެން މުވައްޒަފުން ހިމެނޭކަން ފާހަގަކުރައްވަމުން އަފީފް ވިދާޅުވީ، އެ ކުންފުނީގެ މުވައްޒަފުން މަސައްކަތްކުރަނީ ވަރަށް ބޮޑު ޤައުމީ ރޫޙެއްގައާއި ޖޯޝެއްގައި ކަމަށެވެ. އަދި އެ މުވައްޒަފުން ކުރަމުންދާ އިޚްލާޞްތެރި މަސައްކަތުގެ އަގު އެންމެހައި ރައްޔިތުން ވެސް އުފަލާއެކު ބަލައިގަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.
ކޮންމެ އަހަރެއްގެ އޮގަސްޓު މަހުގެ 30 ވަނަ ދުވަހަކީ ޤައުމީ ފެންވަރުގައި ފާހަގަކުރާ "ދިވެހިރާއްޖޭގެ އިންޖިނޭރުންގެ ދުވަސް" ކަމުގައި ރައީސުލްޖުމްހޫރިއްޔާ ހަމަޖައްސަވާފައިވަނީ ފާއިތުވި އަހަރުގެ ތެރޭގަ އެވެ.
މި ދުވަސް އިންޖިނޭރުންގެ ދުވަހުގެ ގޮތުގައި ކަނޑައެޅުއްވީ، ރާއްޖޭގެ ތާރީޚުގައި ހިންގުނު އެންމެ ބިޔަ އުމްރާނީ ތަރައްޤީގެ މަޝްރޫޢު ކަމަށްވާ ސިނަމާލެ ބުރިޖު އިފުތިތާހުކުރި ތާރީޚަކީ އޮގަސްޓު 30 ކަމަށްވާތީ، އެކަމުގެ ޒިކުރާ އާކުރުމުގެ ގޮތުންނެވެ.

ޤައުމީ އިންޖީނިއަރުންގެ ދުވަހުގެ މުނާސަބަތުގައި، ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޢަފީފް ޙުސައިން، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މަސައްކަތްކުރައްވާ ހީވާގި ހުރިހާ އިންޖީނިއަރުންނަށާއި، ޚާއްޞަކޮށް މި ކުންފުނީގެ އިންޖީނިއަރުންނަށް، ދުވަހުގެ ހެޔޮއެދުންތަކާއި ތަހުނިޔާ… pic.twitter.com/QUOw0wol5e
— Fenaka Corporation Ltd (@TeamFenaka) August 30, 2026
ކޮންމެ އަހަރެއްގެ އޮގަސްޓު މަހުގެ 30 ވަނަ ދުވަހަކީ ޤައުމީ ފެންވަރުގައި ފާހަގަކުރާ "ދިވެހިރާއްޖޭގެ އިންޖިނޭރުންގެ ދުވަސް" ކަމުގައި ރައީސުލްޖުމްހޫރިއްޔާ ހަމަޖައްސަވާފައިވަނީ ފާއިތުވި އަހަރުގެ ތެރޭގަ އެވެ.
މި ދުވަސް އިންޖިނޭރުންގެ ދުވަހުގެ ގޮތުގައި ކަނޑައެޅުއްވީ، ރާއްޖޭގެ ތާރީޚުގައި ހިންގުނު އެންމެ ބިޔަ އުމްރާނީ ތަރައްޤީގެ މަޝްރޫޢު ކަމަށްވާ ސިނަމާލެ ބުރިޖު އިފުތިތާހުކުރި ތާރީޚަކީ އޮގަސްޓު 30 ކަމަށްވާތީ، އެކަމުގެ ޒިކުރާ އާކުރުމުގެ ގޮތުންނެވެ.
ކިޔުންތެރިންގެ ހިޔާލު