ދައުލަތުގެ ޚަރަދުތައް ކުޑަކޮށް، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ހިންގުން ހަރުދަނާކުރުމަށް ކުރިއަށްގެންދާ "ރައިޓް ސައިޒިންގ" މަސައްކަތުގެ ދަށުން، އެ ކުންފުނިތަކުން 6،000 އަށްވުރެ ގިނަ މުވައްޒަފުން ވަކިކުރަން ޖެހޭކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
ރައީސް މުއިއްޒު މިއަދު ވިދާޅުވީ، ކުންފުނިތައް ރައިޓް ސައިޒު ކުރުމުގެ މަސައްކަތް ނިމޭއިރު، މި ސަރުކާރުން ވެރިކަމާ ހަވާލުވުމުގެ ކުރިން އެސްއޯއީތަކުގައި ތިބި އަދަދަށްވުރެ 6،000 މުވައްޒަފުން މަދުވެގެންދާނެ ކަމަށެވެ.
"އިރާދަކުރެއްވިއްޔާ މިހާރު ހިނގާ ރައިޓް ސައިޒުކުރުމުގެ މަސައްކަތް ނިމޭއިރުގައި ވެއްދި އަދަދަށްވުރެ މަދު ކުރި އަދަދު 6،000 އެތައް މުވައްޒަފުންނެއް މަދުވާނެ. މިހާރު ހިސާބުތައް ދާގޮތުން މަދުވާ އަދަދު. އެހެންވީމަ އަޅުގަނޑުމެން ހަވާލުވިއިރުގައި އެސްއޯއީތަކުގައި ތިބި އަދަށްވުރެ މަދުވެގެންދާނެއޭ މާނައަކީ." ރައީސް ވިދާޅުވި އެވެ.
މީގެއިތުރުން، ސަރުކާރުގެ ސިޔާސީ މަގާމުތަކުގައި ތިބި މުވައްޒަފުންގެ އަދަދުވެސް މަދުކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށާއި، އެކަމާ ގުޅޭ ތަފުސީލީ މައުލޫމާތުތައް ކުރިއަށް އޮތް ދުވަސްތަކުގައި ސަރުކާރުން ރަސްމީކޮށް ހާމަކުރާނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
ކުންފުނިތައް ހިންގުމުގެ ޚަރަދު ކުޑަކުރުމުގެ ގޮތުން ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުން ނެރެފައިވާ ސާކިއުލާއެއްގައި ބަޔާންކޮށްފައި ވަނީ، މުވައްޒަފުންގެ 33 ޕަސެންޓު މަދުކުރަން ނިންމާފައިވަނީ ކުންފުނިތަކުގެ އޮނިގަނޑު އެކަށީގެންވާ މިންވަރަކަށް ކަނޑައެޅުމުގެ ސިޔާސަތުގެ ދަށުން ކަމަށެވެ.
މި ލަނޑުދަނޑި ހާސިލުކުރުމަށްޓަކައި ޖުލައި 13 ވަނަ ދުވަހުން ފެށިގެން ކުރިއަށް އޮތް ތިން މަސްދުވަހުގެ ތެރޭގައި މުވައްޒަފުން މަދުކުރުމުގެ މަސައްކަތް ނިންމުމަށް ސަރުކާރު ހިއްސާވާ ހުރިހާ ކުންފުނިތަކަށް މިހާރު ވަނީ އަންގާފަ އެވެ. މި ނިންމުމާ ގުޅިގެން އިދިކޮޅު ފަރާތްތަކުން ބުނަމުންދަނީ، މިއީ ސަރުކާރު ކުންފުނިތަކުގެ ހަރަދުތައް ކުޑަކުރުމުގެ ނަމުގައި، ސިޔާސީ ގޮތުން ތަފާތު ވިސްނުމުގެ މީހުން ވަޒީފާތަކުން ވަކިކުރުމަށް ހިންގާ މަސައްކަތެއް ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު