އަމާން އުދަރެސް
އަމާން އުދަރެސް
ހުޅުމާލޭގައި އަލަށް އާބާދުވާން ފެށި "އަމާން އުދަރެސް 2" ޓަވަރުގެ ތިންވަނަ ފަންގިފިލާއިން އިއްޔެ ހެނދުނު ވެއްޓުނު 16 އަހަރުގެ ދިވެހި އަންހެން ކުއްޖާގެ ހާލު ސްޓޭބަލް ކަމަށް ހުޅުމާލެ ހޮސްޕިޓަލުން ބުނެފިއެވެ.

އެ ހޮސްޕިޓަލުގެ މީޑިއާ އޮފިޝަލަކު މައުލޫމާތު ދެއްވި ގޮތުގައި، އެ ހާދިސާގައި އެ ކުއްޖާއަށް ސީރިއަސް އެއްވެސް އަނިޔާއެއް ލިބިފައެއް ނުވެއެވެ.

ނަމަވެސް އިތުރަށް ބަލަންޖެހޭ ބެލުންތަކަށްޓަކައި އެ ކުއްޖާއަށް އަދިވެސް ދަނީ ހޮސްޕިޓަލުގައި ފަރުވާ ދެމުންނެވެ.

މި ހާދިސާ ހިނގަން މެދުވެރިވި ސަބަބުގެ ތަފްސީލެއް އަދި ސާފުވެފައި ނުވާއިރު، ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް