އިސްލާމިކް ޗެމްބަރ އޮފް ކޮމަރސް އެންޑް ޑިވެލޮޕްމަންޓް (އައިސީސީޑީ) ގެ ސެކްރެޓަރީ ޖެނެރަލް ޝައިޚް ޔޫސުފް ޙަސަން ޚަލާވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ.
މި ބައްދަލުކުރެއްވުން ބާއްވަވާފައިވަނީ މިއަދުގެ ހެނދުނުގެ ވަގުތެއްގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.
މި ބައްދަލުކުރެއްވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރައްވާފައިވަނީ އިސްލާމީ އިޤްތިޞާދު އިތުރަށް ހަރުދަނާކޮށް ކުރިއެރުވުމަށްޓަކައި ދެފަރާތް ގުޅިގެން މަސައްކަތްކުރުމާ ގުޅޭގޮތުންނެވެ. އެގޮތުން، އެކި ދާއިރާތަކުން ޤާބިލުކަން އިތުރުކުރުމާއި، އިންވެސްޓްމަންޓް ނުވަތަ ވުނަކުރުމުގެ ފުރުޞަތުތައް ފުޅާކުރުމުގެ އިތުރުން މެހެމާންދާރީގެ ދާއިރާއާއި ހަލާލު ވިޔަފާރީގެ ދާއިރާއިން އެއްބާރުލުން ވަރުގަދަކުރުމަށް ވަނީ ޚިޔާލު ބަދަލުކުރައްވާފައެވެ. އަދި ޚާއްޞަކޮށް ރާއްޖޭގައި ހަލާލު ފަތުރުވެރިކަން އިތުރަށް ފުޅާކުރުމާ ގުޅޭގޮތުން ވެސް ދެބޭފުޅުން ފުޅާ ދާއިރާއެއްގައި ވާހަކަފުޅު ދެއްކެވިއެވެ.
މި ބައްދަލުކުރެއްވުމުގެ ތެރެއިން، އައިސީސީޑީގެ ސެކްރެޓަރީ ޖެނެރަލް ވަނީ އަތުލިޔުމުން ލިޔެފައިވާ އަގުހުރި ކީރިތި ޤުރްއާނުގެ މުޞްޙަފެއް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަށް ވެދުމަށް އަރުވާފައެވެ.
އިސްލާމިކް ޗެމްބަރ އޮފް ކޮމަރސް އެންޑް ޑިވެލޮޕްމަންޓަކީ އޯގަނައިޒޭޝަން ފޯ އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ) ގެ ދަށުން ހިންގަމުން އަންނަ ބައިނަލްއަޤްވާމީ މުހިންމު ޖަމްޢިއްޔާއެކެވެ. މިއީ އިސްލާމީ 57 ޤައުމެއްގެ ޕްރައިވެޓް ސެކްޓަރާއި ވިޔަފާރިވެރިން ތަމްސީލުކުރާ މައި އިދާރާއެވެ. ކުރިން "އިސްލާމިކް ޗެމްބަރ އޮފް ކޮމަރސް، އިންޑަސްޓްރީ އެންޑް އެގްރިކަލްޗަރ" (އައިސީސީއައިއޭ) ގެ ނަމުގައި ހިންގި މި ޖަމްޢިއްޔާ ވުޖޫދުވީ 1977 ވަނަ އަހަރުއެވެ.
މި ޖަމްޢިއްޔާގެ މައިގަނޑު އަމާޒަކީ އިސްލާމީ އުއްމަތުގެ ޤައުމުތަކުގެ މެދުގައި އިޤްތިޞާދީ، ވިޔަފާރި އަދި ސިނާޢީ ގުޅުންތައް ބަދަހިކުރުމެވެ. މީގެއިތުރުން، އިސްލާމީ ޤައުމުތަކުގައި އިންވެސްޓްމަންޓްތައް އިތުރުކުރުމަށާއި، ހަލާލް އިޤްތިޞާދު ކުރިއެރުވުމުގެ އިތުރުން ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމަކީވެސް މި ޖަމްޢިއްޔާގެ މުހިންމު މަޤްޞަދެކެވެ. މި ޖަމްޢިއްޔާގައި ދިވެހިރާއްޖެ ތަމްސީލުކުރަމުންދަނީ މޯލްޑިވްސް ނޭޝަނަލް ޗެމްބަރ އޮފް ކޮމަރސް އެންޑް އިންޑަސްޓްރީ (އެމްއެންސީސީއައި) އިންނެވެ.

ކިޔުންތެރިންގެ ހިޔާލު