ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ ޗެއާމަންގެ މަގާމުގައި ހުންނެވި އަހުމަދު ޝަހީރު އެ މަގާމުން ވަކިކުރައްވައިފިއެވެ.
ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ)އިން ހާމަކޮށްފައިވާ ގޮތުގައި، ޝަހީރު އެޗްޑީސީގެ ޗެއާމަންކަމުން ވަކިކުރީ މިދިޔަ ބުރާސްފަތި ދުވަހުއެވެ.
ޕީސީބީގެ ރައީސް މުޙައްމަދު ނިޒާރު މީޑިއާތަކަށް މައުލޫމާތު ދެއްވަމުން ވިދާޅުވެފައިވަނީ، ޝަހީރު މަގާމުން ވަކިކުރެއްވީ އެހެން ސަރުކާރު ކުންފުންޏަކަށް އޭނާ ބަދަލުކުރެއްވުމުގެ ބޭނުމުގައި ކަމަށެވެ.
ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުގައި އެޗްޑީސީގެ ޗެއާމަންކަމުގައި އެންމެ ގިނަ ދުވަސް ހޭދަކުރެއްވި ބޭފުޅަކީ ޝަހީރެވެ. މެއި 29، 2025 ގައި އެ މަގާމަށް އައްޔަންކުރެއްވި ޝަހީރު ވަކިކުރެއްވީ އެޗްޑީސީގައި އަހަރަކާއި ހަތަރު މަސް ދުވަހުގެ ހިދުމަތަކަށް ފަހުގައެވެ.

ކިޔުންތެރިންގެ ހިޔާލު