ރައްޔިތުންނަށް މާލީ ބުރައެއް ނުޖެހޭނެހެން އެއްގަމު އުޅަނދުތަކުގެ އުމުރު ކަނޑައެޅުމުގެ މަސައްކަތް ކުރިއަށް އޮތް ތިން އަހަރު ދުވަހުގެ ތެރޭގައި ފަށަން ނިންމައި، މަގުމަތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ކުރާ މި މަސައްކަތަށް ސިޔާސީ ކުލަވަރު ނުޖައްސައި އެއްބާރުލުން ދިނުމަށް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު މިއަދު އެދިވަޑައިގެންފިއެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ވަޒީރު ސަޢީދު ވިދާޅުވީ، ރާއްޖެއަކީ ކޮންމެ އުމުރެއްގެ އުޅަނދެއް ވެސް ބޭނުން މުއްދަތަކަށް ދުއްވުމުގެ ހުއްދަ މިހާތަނަށް އޮތް ޤައުމެއް ކަމަށެވެ. އަދި މި މައްސަލަ ހައްލުކުރުމަށްޓަކައި އިސްލާމިކް ޔުނިވަރސިޓީ އޮފް މޯލްޑިވްސް (އައިޔޫއެމް) އިން ހަދާފައިވާ ދިރާސާ ރިޕޯޓުގައި ވެހިކަލެއްގެ އެންމެ ދިގު އުމުރަކީ 15 އަހަރު ކަމަށް ލަފާދީފައިވާކަން ވަޒީރު ފާހަގަކުރެއްވިއެވެ.
ނަމަވެސް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުގެ މައިގަނޑު އަމާޒަކީ ރައްޔިތުންނަށް އެއްވެސް ތަކުލީފެއް ނުޖެހޭނެ ގޮތަކަށް ސިޔާސަތުތައް އެކަށައެޅުން ކަމަށް ސަޢީދު ވިދާޅުވިއެވެ. ވަޒީރު ވިދާޅުވި ގޮތުގައި މި ބަދަލު ގެނައުމުގައި ސަރުކާރުން އިސްކަންދޭނީ ރައްޔިތުންނާ މަޝްވަރާކޮށްގެން، ޖީބަށް ބުރަ ނުވާނެ އަދި އިތުރު މާލީ އެހީތަކާއި ލޯނުތައް ނަގަން ނުޖެހޭނެ ފަދަ ލުއި "މެދުމިންގަނޑެއް" ޚިޔާރުކުރުމަށެވެ.
އުޅަނދުތަކުގެ އުމުރު ކަނޑައެޅުމުގެ ސިޔާސަތު ތަންފީޒުކުރުން ތިން އަހަރު ދުވަހަށް ފަސްކުރި ސަބަބު ތަފްސީލުކޮށްދެއްވަމުން ވަޒީރު ވިދާޅުވީ، އެ މުއްދަތު ހަމަވެގެން އަމަލީ މަސައްކަތް ފަށާއިރު ވެސް، ވެހިކަލްތައް ކުއްލިއަކަށް އުކާލަން ޖެހިދާނެތީ އެއްވެސް ރައްޔިތަކު ކަންބޮޑުވާން ނުޖެހޭނެ ކަމަށެވެ. އަދި އެކަށީގެންވާ ވަގުތާއި ލުއިފަސޭހަ އިންތިޒާމުތަކެއް ސަރުކާރުން ފަހިކޮށްދޭނެ ކަމުގެ ފުރިހަމަ ޔަޤީންކަން ވަޒީރު ދެއްވިއެވެ.
މާލެ ސިޓީގެ ޓްރެފިކް ތޮއްޖެހުމުގެ ސީރިއަސް މައްސަލައަށް އަލިއަޅުއްވާލައްވަމުން ސަޢީދު ފާހަގަކުރެއްވީ، މާލެއަކީ ދުނިޔޭގެ ނިސްބަތުން ވެސް އެންމެ ތޮއްޖެހުން ބޮޑު އެއް ސިޓީ ކަމަށެވެ. އަދި މާލޭގައި އާންމުންނަށް ހިނގާބިނގާވެ އުޅުމަށް ބޭނުންކުރެވެނީ މަގުތަކުގެ އެންމެ 18 އިންސައްތަ ޖާގަ ކަމަށްވާއިރު، މި ނުރައްކާތެރި ހާލަތުން އަރައިގަތުމަށް ހަރުދަނާ ފިޔަވަޅުތަކެއް އަޅަންޖެހިފައިވާ ކަމަށް ވިދާޅުވިއެވެ.
އެހެންކަމުން، މުޅި މުޖުތަމަޢުގެ ސަލާމަތާއި ރައްކާތެރިކަމާ ގުޅިފައިވާ މިފަދަ މުހިންމު ޤައުމީ ކަމެއްގައި، ސިޔާސީ ފިކުރުތައް އެއްކިބާކޮށް އިދިކޮޅު ފަރާތްތަކުން ވެސް ސަރުކާރަށް އެއްބާރުލުން ދެއްވުމަށް ވަޒީރު ގޮވާލެއްވިއެވެ.
"އަޅުގަނޑު ކުރީ ބައިގައި ދަންނަވަން މިއަށް ތިބޭފުޅުންވެސް ސަޕޯޓްކޮށްދެއްވާށޭ، އެއްގޮތަކަށްވެސް މާލޭގެ މަގުތަކަކީ، މަގުތަކުގެ އަމާންކަން ގާއިމުކުރުމަށް މިކުރެވޭ މަސައްކަތަކީ ވަކި އާއިލާއެއް މިއަކުން އިސްތިސްނާވެގެންދާނެ ކަމެއް ނޫން. މީ ހުރިހާ ބޭފުޅުންގެވެސް ރައްކާތެރިކަން،" ވަޒީރު ވިދާޅުވިއެވެ.
ނިންމަވާލައްވަމުން ވަޒީރު ސަޢީދު ވަނީ، މަގުމަތީގެ އަމާންކަން ޤާއިމުކުރުމަށް ކުރެވޭ އެއްވެސް މަސައްކަތެއްގެ ތެރެއަށް ސިޔާސީ ކުލަވަރު ނުވެއްދުމަށާއި، މިކަމުގައި އެންމެހައި ރައްޔިތުންނާއި ފަރާތްތަކުގެ އެއްބާރުލުން ސަރުކާރަށް ބޭނުންވާކަން ތަކުރާރުކޮށް ހާމަކުރައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު