ދީނީ ކަންކަމަށް ބޮޑެތި ހޭދަތަކެއް ކުރައްވަން ބޭނުންފުޅުވާ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ ރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރުމުގެ މުނާސަބަތުގައި ބޭއްވި ރަސްމީ ޖަލްސާގައި، ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވަނީ އިސްލާމްދީނަށްޓަކައި ބޮޑު ހޭދައެއް ކުރުމަށްޓަކައި "މޯލްޑިވްސް އައުގާފް އިންވެސްޓްމަންޓް" ގެ ނަމުގައި ވަގުފަށް ޚާއްސަ ކުންފުންޏެއް އުފައްދަވާފައިވާކަން ފާހަގަކުރައްވާފައެވެ. އެމަނިކުފާނު ވިދާޅުވީ މި ކުންފުނި ވެގެންދާނީ ރާއްޖޭގެ ދީނީ މައިދާނަށް އާ ދިރުމެއް ގެނެސްދޭނެ އެންމެ މުހިންމު އެއް ވަސީލަތަށްކަމަށެވެ.
މީގެ އިތުރުން މިސްކިތްތައް ބިނާކުރުމާއި އިސްލާމީ ޝަރީއަތް ހުއްދަކުރާ ވިޔަފާރީގެ ހަރަކާތްތައް ފުޅާކުރުމަކީ މި ސަރުކާރުގެ މުހިންމު އަމާޒެއް ކަމަށް ރައީސް ފާހަގަކުރެއްވިއެވެ. ވަގުފުގެ މުއާމަލާތްތަކުގެ ތެރެއިން ﷲ ރުއްސެވުމާއި ފުއްސެވުން ލިބި، ފަރުދީ ހިތްހަމަޖެހުމާއި ގައުމީ އުމްރާނީ ތަރައްގީއަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. މީގެއިތުރުން، މި ނިޒާމުގެ ސަބަބުން ދީނީ ރޫޙު އިތުރުވެ، ރޫޙާނީ އުއްމީދީ އަލިވިލުމަކަށް އެތައް ބަޔަކަށް ވާސިލުވެވޭނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
ރަައީސް ވިދާޅުވީ އަލަށް އުފެއްދި ގައުމީ ވަގުފް ކުންފުނީގެ މައިގަނޑު މަސްއޫލިއްޔަތުތަކުގެ ތެރޭގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ވަގުފް ބިނާތައް ބިނާކުރުމާއި، އެފަދަ ތަންތަން މަރާމާތުކޮށް ބެލެހެއްޓުން ހިމެނޭކަމަށެވެ. އަދި ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި މިސްކިތް ބިނާކުރުމާއި، މަރާމާތުކޮށް އާބާތުރަ ފިލުވުމުގެ އެންމެހައި މަސައްކަތް ކުރުމުގެ އިތުރުން މިސްކިތްތަކަށް ބޭނުންވާ ވަސީލަތްތައް ތަރައްގީކުރުމާއި، އިސްލާމީ ޝަރީއަތް ހުއްދަކުރާ ވިޔަފާރީގެ ހަރަކާތްތައް ދެމެހެއްޓެނިވި ގޮތެއްގައި ހިންގުން މި ކުންފުނީގެ ދަށުން ކުރިއަށްދާނެކަމަށް ރައީސް ވިދާޅުވިއެވެ.
2040 ވަނަ އަހަރާ ހަމައަށްދާއިރު ތަރައްގީވެފައިވާ ގައުމުތަކުގެ ލިސްޓުގައި ރާއްޖެ ހިމެނުމަށް ކުރެވޭ ވަށާޖެހޭ މަސައްކަތުގެ ތެރެއިން، މި ވަގުފް ކުންފުންޏަކީ ގައުމީ އިޖުތިމާއީ އަދި އުމްރާނީ ވެއްޓަށް ލިބޭނެ ޚާއްސަ ޒީނަތެއް ކަމަށް ރައީސް ވިދާޅުވިއެވެ. އަދި މިއީ ދީނީ ކަންކަމަށް މާލީ ދެމެހެއްޓެނިވިކަން ހޯދައިދީ، ރައްޔިތުންގެ ހެޔޮކަމުގެ ތިލަފަތް ބަރުކޮށްދޭނެ ކަމެއް ކަމަށް ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން ރައީސް މުޢިއްޒު ވިދާޅުވީ ދިވެހިރާއްޖޭގެ ސަޤާފީ ސިޔާދަތާއި މިނިވަންކަމުގެ ފުރާނައަކީ މާތްވެގެންވާ އިސްލާމްދީން ކަމަށާއި، ޤައުމަށް އޮތް އެންމެ ރައްކާތެރި އައްޑަނައަކީ ސައްތަ އިންސައްތަ އިސްލާމީ ދައުލަތެއްގެ ގޮތުގައި ދެމިއޮތުން ކަމަށެވެ.މި ރަސްމިއްޔާތުގައި ތަޤުރީރު ކުރައްވަމުން ރައީސްް މުޢިއްޒު ވިދާޅުވީ، ދިވެހީންގެ ފަރުދީ، އިޖުތިމާޢީ އަދި ޤައުމީ ޙަޔާތަށް އިސްލާމްދީން ގެނެސްދިން ރައްކާތެރިކަމަކީ ދަރީންނަށް ފޯރުވައިދޭންޖެހޭ މުހިންމު ޙަޤީޤަތްތަކެއް ކަމަށެވެ. އިސްލާމީ ޝަރީޢަތުގެ މައިގަނޑު ފަސް މަޤުޞަދުގެ މައްޗަށް އަލިއަޅުއްވާލައްވަމުން، ދިވެހީންގެ ފަރުދީ، އިޖުތިމާޢީ އަދި ޤައުމީ ޙަޔާތަށް އިސްލާމްދީން ގެނެސްދިން ރައްކާތެރިކަމުގެ ސަބަބުން ދިވެހި މުޖުތަމަޢަކީ އަމާން، އިތުބާރު ބޮޑު މުޖުތަމަޢަކަށް ބަދަލުވެގެންދިޔަ ކަމަށް ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން އިސްލާމްދީން އައުމުގެ ކުރިން ދިވެހި މުޖުތަމަޢުގައި އޮތް ޝިރުކުގެ އަނދިރިކަމާއި އިޖުތިމާޢީ ނަހަމަކަން ނައްތާލައި، ހުރިހާ އިންސާނުންނަކީ މާތް ﷲގެ ޙަޟްރަތުގައި ހަމަހަމަ ބައެއްކަމުގެ ޙަޤީޤަތް ދިވެހީންގެ ހިތްތަކަށް ފޯރުވައިދިނީ އިސްލާމީ ހިދާޔަތުން ކަމަށާއި، އިންސާނީ ފުރާނައިގެ ޙުރުމަތް ކަށަވަރުކޮށްދީ، އަބުރުވެރިކަމާއި މުދަލުގެ ރައްކާތެރިކަން ދިވެހީންނަށް ލިބިގެންދިޔައީ މި މާތް ދީނުގެ ސަބަބުންކަން ރައީސް ފާހަގަކުރެއްވިއެވެ. ޚާއްޞަކޮށް ބުއްދި ރައްކާތެރިކުރުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވަމުން، މަސްތުވާތަކެއްޗަކީ މުޅި މުޖުތަމަޢާއި އާއިލާތައް ހަލާކުކޮށްލާ ބޮޑު މުޞީބާތެއްކަމުގައި ރައީސް މުޢިއްޒު ފާހަގަކުރެއްވިއެވެ. އިސްލާމީ ތަރުބިއްޔަތުގައި ހިފަހައްޓައިގެން މެނުވީ އެފަދަ ނުރައްކާތަކުން ޤައުމު ސަލާމަތް ނުކުރެވޭނެ ކަމަށާއި، ބުއްދީގެ އިޞްލާޙާއެކު އުފެއްދުންތެރި، ޙިކްމަތްތެރި ޖީލެއް ބިނާކުރުމަށް އެންމެން ގުޅިގެން މަސައްކަތްކުރަންޖެހޭ ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ. މީގެ އިތުރުން، ތާރީޚަށް ނަޒަރު ހިންގަވަމުން ރައީސް ވިދާޅުވީ، ދިވެހީން ޤައުމުގެ ދިފާޢުގައި ނިކުތް ކޮންމެ ފަހަރަކު އެކަން ފެށިފައިވަނީ ދީން ސަލާމަތްކުރުމުގެ ރޫޙާނީ ވިންދުތަކުގެ ތެރެއިން ކަމަށެވެ. އުތީމު މަހާރަދުން ޕޯޗުގީޒުންނާ ދެކޮޅަށް ކުރެއްވި ޖިހާދުން މިސާލު ނަންގަވަމުން، އެ ދުވަހު ދިވެހި މުޖުތަމަޢު ސަލާމަތްވީ ސައްތައިން ސައްތަ އިސްލާމީ ޤައުމެއްގެ ގޮތުގައި ދިވެހީން ތިބުމުންނާއި، ދީނަށް ޣައްދާރުވާނެ ބަޔަކު ދިވެހީންގެ ތެރޭގައި ނުވުމުން ކަމުގައި ރައީސް ފާހަގަކުރެއްވިއެވެ.
ރައީސް ވަނީ ބަވަނަވެފައިވާ ދުނިޔޭގެ އޮއިވަރުގެ ތެރެއިން އަންނަ ގޮންޖެހުންތަކުން ދުރުވެ، އީމާންތެރިކަމުގެ ރޫޙު އާކުރުމަށް އިލްތިމާސްކުރައްވާފައެވެ. އަދި ދިވެހި ޤައުމީ ތަރައްޤީގެ ދީނީ މުސްތަޤުބަލް ކޮންމެ ފަރުދެއްގެ ހިތުން ފެށިގެން މުޅި ޖަމާޢަތަށް ފެތުރިގެންދާ ގޮތަށް ބައްޓަންކުރުމަށާއި، ދިވެހިރާއްޖެ ސައްތައިން ސައްތަ އިސްލާމީ ދައުލަތެއްގެ ގޮތުގައި އަބަދުމެ ދެމެހެއްޓެވުމަށް ދިވެހި އެންމެހާ ރައްޔިތުންނަށް އެމަނިކުފާނު އިލްތިމާސް ކުރެއްވިއެވެ.
މިރޭގެ ރަސްމިއްޔާތުގައި ރައީސް ވަނީ، ރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރުމުގެ މުނާސަބަތުގައި 1 އަހަރު ދުވަހުގެ މުއްދަތަށް ބޭނުންކުރެއްވުމަށް ހަމަޖެހިފައިވާ ލޯގޯއާއި ޝިޢާރުވެސް އިފްތިތާޙްކޮށްދެއްވާފައެވެ.

President Dr @MMuizzu and First Lady @sajidhaamohamed attend the official ceremony commemorating the day the Maldives embraced Islam, with senior Government officials in attendance. The ceremony marks a historic occasion that shaped the nation’s identity and heritage. pic.twitter.com/xFH1h3tXI3
— The President's Office (@presidencymv) September 12, 2026
2040 ވަނަ އަހަރާ ހަމައަށްދާއިރު ތަރައްގީވެފައިވާ ގައުމުތަކުގެ ލިސްޓުގައި ރާއްޖެ ހިމެނުމަށް ކުރެވޭ ވަށާޖެހޭ މަސައްކަތުގެ ތެރެއިން، މި ވަގުފް ކުންފުންޏަކީ ގައުމީ އިޖުތިމާއީ އަދި އުމްރާނީ ވެއްޓަށް ލިބޭނެ ޚާއްސަ ޒީނަތެއް ކަމަށް ރައީސް ވިދާޅުވިއެވެ. އަދި މިއީ ދީނީ ކަންކަމަށް މާލީ ދެމެހެއްޓެނިވިކަން ހޯދައިދީ، ރައްޔިތުންގެ ހެޔޮކަމުގެ ތިލަފަތް ބަރުކޮށްދޭނެ ކަމެއް ކަމަށް ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން ރައީސް މުޢިއްޒު ވިދާޅުވީ ދިވެހިރާއްޖޭގެ ސަޤާފީ ސިޔާދަތާއި މިނިވަންކަމުގެ ފުރާނައަކީ މާތްވެގެންވާ އިސްލާމްދީން ކަމަށާއި، ޤައުމަށް އޮތް އެންމެ ރައްކާތެރި އައްޑަނައަކީ ސައްތަ އިންސައްތަ އިސްލާމީ ދައުލަތެއްގެ ގޮތުގައި ދެމިއޮތުން ކަމަށެވެ.މި ރަސްމިއްޔާތުގައި ތަޤުރީރު ކުރައްވަމުން ރައީސްް މުޢިއްޒު ވިދާޅުވީ، ދިވެހީންގެ ފަރުދީ، އިޖުތިމާޢީ އަދި ޤައުމީ ޙަޔާތަށް އިސްލާމްދީން ގެނެސްދިން ރައްކާތެރިކަމަކީ ދަރީންނަށް ފޯރުވައިދޭންޖެހޭ މުހިންމު ޙަޤީޤަތްތަކެއް ކަމަށެވެ. އިސްލާމީ ޝަރީޢަތުގެ މައިގަނޑު ފަސް މަޤުޞަދުގެ މައްޗަށް އަލިއަޅުއްވާލައްވަމުން، ދިވެހީންގެ ފަރުދީ، އިޖުތިމާޢީ އަދި ޤައުމީ ޙަޔާތަށް އިސްލާމްދީން ގެނެސްދިން ރައްކާތެރިކަމުގެ ސަބަބުން ދިވެހި މުޖުތަމަޢަކީ އަމާން، އިތުބާރު ބޮޑު މުޖުތަމަޢަކަށް ބަދަލުވެގެންދިޔަ ކަމަށް ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން އިސްލާމްދީން އައުމުގެ ކުރިން ދިވެހި މުޖުތަމަޢުގައި އޮތް ޝިރުކުގެ އަނދިރިކަމާއި އިޖުތިމާޢީ ނަހަމަކަން ނައްތާލައި، ހުރިހާ އިންސާނުންނަކީ މާތް ﷲގެ ޙަޟްރަތުގައި ހަމަހަމަ ބައެއްކަމުގެ ޙަޤީޤަތް ދިވެހީންގެ ހިތްތަކަށް ފޯރުވައިދިނީ އިސްލާމީ ހިދާޔަތުން ކަމަށާއި، އިންސާނީ ފުރާނައިގެ ޙުރުމަތް ކަށަވަރުކޮށްދީ، އަބުރުވެރިކަމާއި މުދަލުގެ ރައްކާތެރިކަން ދިވެހީންނަށް ލިބިގެންދިޔައީ މި މާތް ދީނުގެ ސަބަބުންކަން ރައީސް ފާހަގަކުރެއްވިއެވެ. ޚާއްޞަކޮށް ބުއްދި ރައްކާތެރިކުރުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވަމުން، މަސްތުވާތަކެއްޗަކީ މުޅި މުޖުތަމަޢާއި އާއިލާތައް ހަލާކުކޮށްލާ ބޮޑު މުޞީބާތެއްކަމުގައި ރައީސް މުޢިއްޒު ފާހަގަކުރެއްވިއެވެ. އިސްލާމީ ތަރުބިއްޔަތުގައި ހިފަހައްޓައިގެން މެނުވީ އެފަދަ ނުރައްކާތަކުން ޤައުމު ސަލާމަތް ނުކުރެވޭނެ ކަމަށާއި، ބުއްދީގެ އިޞްލާޙާއެކު އުފެއްދުންތެރި، ޙިކްމަތްތެރި ޖީލެއް ބިނާކުރުމަށް އެންމެން ގުޅިގެން މަސައްކަތްކުރަންޖެހޭ ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ. މީގެ އިތުރުން، ތާރީޚަށް ނަޒަރު ހިންގަވަމުން ރައީސް ވިދާޅުވީ، ދިވެހީން ޤައުމުގެ ދިފާޢުގައި ނިކުތް ކޮންމެ ފަހަރަކު އެކަން ފެށިފައިވަނީ ދީން ސަލާމަތްކުރުމުގެ ރޫޙާނީ ވިންދުތަކުގެ ތެރެއިން ކަމަށެވެ. އުތީމު މަހާރަދުން ޕޯޗުގީޒުންނާ ދެކޮޅަށް ކުރެއްވި ޖިހާދުން މިސާލު ނަންގަވަމުން، އެ ދުވަހު ދިވެހި މުޖުތަމަޢު ސަލާމަތްވީ ސައްތައިން ސައްތަ އިސްލާމީ ޤައުމެއްގެ ގޮތުގައި ދިވެހީން ތިބުމުންނާއި، ދީނަށް ޣައްދާރުވާނެ ބަޔަކު ދިވެހީންގެ ތެރޭގައި ނުވުމުން ކަމުގައި ރައީސް ފާހަގަކުރެއްވިއެވެ.
ރައީސް ވަނީ ބަވަނަވެފައިވާ ދުނިޔޭގެ އޮއިވަރުގެ ތެރެއިން އަންނަ ގޮންޖެހުންތަކުން ދުރުވެ، އީމާންތެރިކަމުގެ ރޫޙު އާކުރުމަށް އިލްތިމާސްކުރައްވާފައެވެ. އަދި ދިވެހި ޤައުމީ ތަރައްޤީގެ ދީނީ މުސްތަޤުބަލް ކޮންމެ ފަރުދެއްގެ ހިތުން ފެށިގެން މުޅި ޖަމާޢަތަށް ފެތުރިގެންދާ ގޮތަށް ބައްޓަންކުރުމަށާއި، ދިވެހިރާއްޖެ ސައްތައިން ސައްތަ އިސްލާމީ ދައުލަތެއްގެ ގޮތުގައި އަބަދުމެ ދެމެހެއްޓެވުމަށް ދިވެހި އެންމެހާ ރައްޔިތުންނަށް އެމަނިކުފާނު އިލްތިމާސް ކުރެއްވިއެވެ.
މިރޭގެ ރަސްމިއްޔާތުގައި ރައީސް ވަނީ، ރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރުމުގެ މުނާސަބަތުގައި 1 އަހަރު ދުވަހުގެ މުއްދަތަށް ބޭނުންކުރެއްވުމަށް ހަމަޖެހިފައިވާ ލޯގޯއާއި ޝިޢާރުވެސް އިފްތިތާޙްކޮށްދެއްވާފައެވެ.
ކިޔުންތެރިންގެ ހިޔާލު