މެލޭޝިޔާގެ ބޮޑުވަޒީރު، ދިވެހިރާއްޖެއަށް ކުރެއްވި ތާރީޚީ ފުރަމާނަ ދަތުރުފުޅު ކާމިޔާބުކަމާއެކު ނިންމަވާ ލެއްވުމަށްފަހު މިއަދު ފުރާވަޑައިގެންފިއެވެ.
ބޮޑުވަޒީރުގެ މި ދަތުރުފުޅަކީ، ދެ ޤައުމުގެ ދެމެދުގައި އޮތް 58 އަހަރުވީ ޚާރިޖީ ގުޅުމުގެ ބަދަހި ބިންގަލުގެ މައްޗަށް ބިނާކޮށް ކުރެއްވި ދަތުރުފުޅެއް ކަމަށް ރައީސް އޮފީހުން ވަނީ ބުނެފައެވެ. އަދި މި ދަތުރުފުޅުގެ ސަބަބުން ދެ ޤައުމުގެ ގުޅުން އައު އުސްމިންތަކަކަށް ގެންގޮސްދިން ކަމަށާއި، ދެ ޤައުމުގެ އިސް ވެރިންގެ މެދުގައި ނަތީޖާ ނެރެވޭނެ ފަދަ މުހިންމު މަޝްވަރާތަކެއް ކުރެވުނު ކަމަށް ސަރުކާރުން ހާމަކޮށްފައިވެއެވެ.
މެލޭޝިއާގެ ބޮޑުވަޒީރުގެ މިދަތުރުފުޅުގައި އަދި އެކި ދާއިރާތަކުން ގުޅުން ބަދަހިކުރުމުގެ ގޮތުން ދެޤައުމުގެ މެދުގައި އައު އެއްބަސްވުންތަކެއްގައި ވަނީ ސޮއިކުރަށްވާފައެވެ.
މި ދަތުރުފުޅުގެ ސަބަބުން ދިވެހިރާއްޖެއާއި މެލޭޝިޔާއާ ދެމެދު އޮތް ޒަމާންވީ އެކުވެރިކަމާއި، އެއްބާރުލުން އިތުރަށް އައުވެ، ދެ ޤައުމުގެ ރައްޔިތުންގެ މެދުގައި އޮތް ގާތް ގުޅުން ވަރުގަދަވެގެން ގޮސްފައިވާ ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.
މެލޭޝިޔާގެ ބޮޑުވަޒީރު ފުރާވަޑައިގަތުމުން ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުން އެމަނިކުފާނަށް ވަނީ ރަސްމީ ޢިއްޒަތުގައި ވިދާޢު ސަލާމް ދަންނަވާފައެވެ.

ކިޔުންތެރިންގެ ހިޔާލު