ދިވެހިރާއްޖޭގެ މަރުކަޒީ ބޭންކް، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ބޭރު ފައިސާއާ ބެހޭ ގަވާއިދަށް މުހިންމު އިސްލާހުތަކެއް ގެނެސް، ފައިސާ މާރުކުރުމަށް ދީފައިވާ މުއްދަތަށް ބަދަލު ގެނެސްފިއެވެ.
މި ގެނެވުނު ބަދަލާއެކު، ވިޔަފާރިތަކުން ބޭރު ފައިސާ މާރުކުރުމަށް ލިބޭ ވަގުތު ވަނީ ވަރަށް ބޮޑަށް ކުރުވެފައެވެ. ކުރިން އޮތް އުސޫލުގެ ދަށުން ކޮންމެ މަހަކު ލިބޭ ބޭރު ފައިސާގެ އާމްދަނީ، އެ މަހެއް ނިމޭތާ ތިން މަސްދުވަހުގެ ތެރޭގައި މާރުކުރުމުގެ ފުރުސަތު އޮތެވެ. އެހެންނަމަވެސް، އަލަށް އެކުލަވާލި އުސޫލުގެ ދަށުން މިހާރު މަސް ނިމޭތާ ވިދިގެން އަންނަ މަހުގެ 28 ގެ ކުރިން ފައިސާ މާރުކޮށް ނިންމަން ޖެހޭނެއެވެ.
އެގޮތުން، މިސާލަކަށް ސެޕްޓެމްބަރު މަހު ލިބުނު އާމްދަނީ މީގެކުރިން ޑިސެމްބަރު 28 ގެ ނިޔަލަށް މާރުކުރެވުނު ނަމަވެސް، މިހާރު ގެނައި އިސްލާހުގެ ސަބަބުން އޮކްޓޯބަރު 28 ގެ ކުރިން އެ ފައިސާ މާރުކުރަން ލާޒިމުވާނެއެވެ. އެހެންކަމުން، އަލަށް ކަނޑައެޅި ތާވަލުތަކަށް ސަމާލުވެ، ގަވާއިދުން ފައިސާ މާރުކުރުމުގެ މުއާމަލާތްތައް ނިންމުމަށް އެމްއެމްއޭއިން ވަނީ ވިޔަފާރިވެރިންނަށް ހަނދާންކޮށްދީފައެވެ.
މީގެއިތުރުން، ފަތުރުވެރިކަމުގެ ސިނާއަތުގައި ހިންގާ ރިސޯޓުތަކަށް ލިބޭ ޖުމްލަ އާމްދަނީގެ 40 އިންސައްތަ ރާއްޖޭގެ ބޭންކިން ނިޒާމުގެ ތެރެއިން މާރުކުރުން ލާޒިމުކޮށް، ބޭރު ފައިސާއިން އަދާކުރަންޖެހޭ މާލީ ޒިންމާތަކުގެ މައުލޫމާތު މަރުކަޒީ ބޭންކާ ހިއްސާކުރަންޖެހޭ ގޮތަށްވެސް ވަނީ ހަމަޖައްސާފައެވެ.
ނަމަވެސް، ކޮންމެހެން ބޭރު ފައިސާއިން ހަމަޖައްސަންޖެހޭ މާލީ އިލްތިޒާމުތައް ހުންނަ ހާލަތްތަކުގައި ވިޔަފާރިތަކަށް ދަތިނުވާނެހެން ލުއިތަކެއް ދިނުމުގެ އިޚްތިޔާރު އެމްއެމްއޭއިން ވަނީ ހިފަހައްޓާފައެވެ. އަދި އެފަދަ ހާލަތްތަކުގައި ލުއި ދެވޭނެ އުސޫލުތަކާއި އިތުރު މިންގަނޑުތައްވެސް މިހާރު ވަނީ ގަވާއިދުގެ ތެރެއިން ކަނޑައަޅާފައެވެ.

Conversion deadlines under the Foreign Currency Act have changed.
— MMA (@MMA_Maldives) September 15, 2026
Know the updated timeline and ensure conversions are completed within the required period. pic.twitter.com/vyf5nniuGK
މީގެއިތުރުން، ފަތުރުވެރިކަމުގެ ސިނާއަތުގައި ހިންގާ ރިސޯޓުތަކަށް ލިބޭ ޖުމްލަ އާމްދަނީގެ 40 އިންސައްތަ ރާއްޖޭގެ ބޭންކިން ނިޒާމުގެ ތެރެއިން މާރުކުރުން ލާޒިމުކޮށް، ބޭރު ފައިސާއިން އަދާކުރަންޖެހޭ މާލީ ޒިންމާތަކުގެ މައުލޫމާތު މަރުކަޒީ ބޭންކާ ހިއްސާކުރަންޖެހޭ ގޮތަށްވެސް ވަނީ ހަމަޖައްސާފައެވެ.
ނަމަވެސް، ކޮންމެހެން ބޭރު ފައިސާއިން ހަމަޖައްސަންޖެހޭ މާލީ އިލްތިޒާމުތައް ހުންނަ ހާލަތްތަކުގައި ވިޔަފާރިތަކަށް ދަތިނުވާނެހެން ލުއިތަކެއް ދިނުމުގެ އިޚްތިޔާރު އެމްއެމްއޭއިން ވަނީ ހިފަހައްޓާފައެވެ. އަދި އެފަދަ ހާލަތްތަކުގައި ލުއި ދެވޭނެ އުސޫލުތަކާއި އިތުރު މިންގަނޑުތައްވެސް މިހާރު ވަނީ ގަވާއިދުގެ ތެރެއިން ކަނޑައަޅާފައެވެ.
ކިޔުންތެރިންގެ ހިޔާލު