ވެރިކަން ކުރާ ޕީއެންސީގެ މަތީ މަޖިލިހުގައި ކުރިއަށްދާ އިންތިހާބުތައް ނިމުމާއެކުގައި ޕީއެންސީ ބައިބައިވާނެ ކަމެއް އައިސްގެން ނުވާނެ ކަމަށާއި އިންތިޚާބުގައި ބަލިވާ ފަރާތްތަކުން ޑިމޮކްރަސީގެ ރީތި ނަމޫނާ ދެއްކުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ގޮވާލައްވައިފިއެވެ.
ރާއްޖޭގެ އެންމެ ބޮޑު ސިޔާސީ ޕާޓީ ކަމަށްވާ ޕީއެންސީގެ މަތީ މަޖިލިސް ރަސްމީކޮށް ފެށުމަށް ސޯޝަލް ސެންޓަރުގައި ބޭއްވި ޚާއްސަ ޖަލްސާގައި، އެ ޕާޓީގެ ރައީސް އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވަނީ ޕާޓީގެ އެތެރޭގެ އިންތިޚާބުތަކަށްފަހު އެކުވެރިކަން ދެމެހެއްޓުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުވާލައްވާފައެވެ.
އެމަނިކުފާނު ވިދާޅުވީ ގައުމީ ފެންވަރުގައި ނުވަތަ ޕާޓީގެ ލެވެލްގައި ނަމަވެސް، ކޮންމެ އިންތިޚާބެއްގައިވެސް ނަތީޖާ ނުކުންނާނީ ކޮންމެވެސް އެއްބަޔަކަށް ކާމިޔާބު ލިބޭގޮތަށް ކަމަށެވެ. އެހެންކަމުން، އިންތިޚާބުން ނާކާމިޔާބީއާ ކުރިމަތިވާ ފަރާތްތަކުން ކާމިޔާބު ހޯދި ފަރާތްތަކަށް މަރުހަބާ ކިޔައި، އެކުވެރިކަމާއެކު އަތުގުޅާލައިގެން ކުރިއަށް ދިއުމަކީ ޑިމޮކްރަސީ ފައްކާކުރުމަށް ދެއްކެން އޮތް އެންމެ ރީތި މިސާލުކަން ރައީސް ފާހަގަކުރެއްވިއެވެ.
"އިންތިހާބެއްގައި ބަޔަކު ވާދަކުރަންޏާ މޮޅުވާ މީހުންނާއި ބަލިވާ މީހުން ތިބޭނެ. އަޅުގަނޑުމެންގެ އަޒުމަކަށް ވާންވާނީ ކުރިން މިދެންނެވި ކަންކަން އަބަދުވެސް ހަނދާން ބަހައްޓައިގެން އަޅުގަނޑުމެން ތެރޭގައި އެއްވެސް ކަހަލަ ބައިބައިވުމެއް އިންތިހާބު ނިމޭ ހިސާބުން އައިސްގެން ނުވާނެކަން،" ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ޕާޓީގެ މެމްބަރުން މަސައްކަތްކުރަމުންދަނީ އެންމެ ފުރަތަމަ ގައުމު އިސްކޮށް، ގައުމާއި ޕާޓީ ދެކެ ލޯބިވާ އިޚްލާސްތެރި ބައެއްގެ ގޮތުގައި ވަރުގަދަ އަޒުމެއްގައި ކަމަށެވެ. އަދި ސަރުކާރުން ޢަމަލުކުރާގޮތުން ޒުވާނުންނަށް ރަނގަޅު މިސާލުތައް ފެނިގެންދާނެ ކަމަށާއި، ބައިބައިވުމުގެ ބަދަލުގައި އެކުވެރިކަން ދެމެހެއްޓުމަކީ މުހިންމު ކަމެއްކަމަށް ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން ރައީސް މުޢިއްޒު ވަނީ އެޕާޓީގެ ކޮންގްރެސްގެ އެކި މަސައްކަތްތައް މިހާތަނަށް ގެންދަވާފައިވަނީ ވަރަށް ބޮޑު އެކުވެރިކަމަކާއެކު ލާމަސީލު މިސާލެއް ދައްކަމުން ކަމަށް ވިދާޅުވެ މެމްބަރުންނަށް ތަޢުރީފުކުރައްވާފައެވެ.
މި ކޮންގްރެސްގެ ނިމިގެންދާނީވެސް ހުރިހާ މެމްބަރުންގެ މެދުގައި އޮތް ބަދަހި ގުޅުމާއި އެކުވެރިކަން މިއަށްވުރެ ބޮޑަށް ފެނިގެންދާނެ ގޮތެއްގެ މަތިން ކަމަށް އުއްމީދުކުރައްވާ ކަމަށް ރައީސް މުއިއްޒު ވިދާޅުވިއެވެ.
ޕީއެންސީގެ ހަތަރު ދުވަހު ދުވަހަށް ދެމިގެންދާ މި ކޮންގްރެސްގެ ތެރެއިން، ޕާޓީގެ އެންމެ މުހިންމު ގުނަވަންތަކަށް މެންބަރުން އިންތިހާބު ކުރުމުގެ ވޯޓުލުން މިއަދު ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފަ އެވެ. މި ކޮންގްރެސްގެ ތެރެއިން ޖުމްލަ 12 މަގާމަކަށް މެންބަރުން ހޮވާއިރު، މީގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ އެއް ބަޔަކީ ޕީއެންސީގެ ނައިބު ރައީސުންގެ މަގާމުތަކެވެ.
މި ކޮންގްރެސްގައި ޕާޓީއަށް ހަ ނައިބު ރައީސުން އިންތިހާބު ކުރުމަށް ހަމަޖެހިފައިވާއިރު، އެ މަގާމުތަކަށް ޖުމްލަ އަށް ބޭފުޅަކު ވަނީ ވާދަކުރައްވާފަ އެވެ.
މި މަގާމަށް ކުރިމަތިލައްވާފައިވާ ބޭފުޅުންގެ ތެރޭގައި އެލްޖީއޭގެ ސީއީއޯ މުހައްމަދު ނިމާލާއި، މާފަންނު މެދު ދާއިރާގެ މެންބަރު އަސްމާ ރަޝީދުގެ އިތުރުން ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު ހުސައިން ޝަރީފް (މުންދު) ހިމެނިވަޑައިގަންނަވަ އެވެ. މީގެއަށްފަހު ފިޝަރީޒް މިނިސްޓަރު އަހްމަދު ޝިޔާމާއި، ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު އަދި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވެސް މި މަގާމަށް ވާދަކުރައްވަ އެވެ. އަދި މިއާއެކު ޔޫތު މިނިސްޓަރު އަބްދުﷲ ރާފިއު އާއި ނިލަންދޫ ދާއިރާގެ މެންބަރު ފާތިމަތު ސައުދާ ވެސް މި ލިސްޓުގައި ހިމެނިވަޑައިގަންނަވަ އެވެ.

ކިޔުންތެރިންގެ ހިޔާލު