މަރުވެފައިވާ މީހުންނަށް ދަޢުލަތުން ފައިސާ ދޫކުރެވި، ދައުލަތަށް ގެއްލުނު 10 މިލިއަނަށްވުރެ ގިނަ ރުފިޔާ އަނބުރާ ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި، އޭގެތެރެއިން ކޮންމެވެސް ވަރެއް ހޯދޭނެ ކަމަށް ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ (އެންސްޕާ) ގެ ސީއީއޯ އާމިނަތު ޝިރުނާ ވިދާޅުވެއްޖެއެވެ.
ރާއްޖޭގެ ނޫހަކަށް ދެއްވި ބަސްދީގަތުމެއްގައި ޝިރުނާ ވިދާޅުވީ، ކައުންސިލްތަކަށް ސިޓީ ފޮނުވައިގެން މަރުވެފައިވާ މީހުންގެ އެކައުންޓުތަކަށް ޖަމާކުރެވުނު ފައިސާ އަނބުރާ ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަދި އޭގެތެރެއިން ކޮންމެވެސް ވަރެއްގެ ފައިސާއެއް އަނބުރާ ހޯދޭނެ ކަމަށް ގަބޫލުކުރަށްވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. ނަމަވެސް، އަނބުރާ ހޯދޭނެ ކަމަށް ލަފާކުރެވޭ ފައިސާގެ އަދަދެއް އަދި މިހާތަނަށް އޭގެތެރެއިން ހޯދުނީ ކިހާ އަދަދެއްގެ ފައިސާއެއް ކަމެއް ޝިރުނާ ހާމަކުރައްވާފައެއް ނުވެއެވެ.
ޝިރުނާ ވިދާޅުވީ، މިހާރު އެންސްޕާއިން ކުރަމުންދާ އެންމެ މުހިންމު އެއް މަސައްކަތަކީ އެ އިދާރާއިން ފޯރުކޮށްދޭ އިނާޔަތްތަކާއި އެހީތައް ލިބެނީ ހަގީގަތުގައި ވެސް އެންމެ ހައްގުވެރި ފަރާތްތަކަށްތޯ ކަށަވަރު ކުރުން ކަމަށެވެ.
މަރުވެފައިވާ މީހުންނަށް މިގޮތަށް ފައިސާ ދޫކުރެވިފައިވަނީ 2020 ވަނަ އަހަރުގެ ތެރޭގައި އެންސްޕާގެ ކަމާބެހޭ ސެކްޝަނެއް އުވާލުމާ ގުޅިގެން، މޮނިޓަރިންގެ ކަންކަން ހުއްޓުމަކަށް އައުމުގެ ސަބަބުން ކަމަށް ޝިރުނާ ވިދާޅުވިއެވެ. މިގޮތުން މަރުވެފައިވާ 700 އަށްވުރެ ގިނަ މީހުންގެ ނަމުގައި ފައިސާ ދޫކުރެވިފައިވާ ކަމަށް އެންސްޕާގެ ހިސާބުތަކުން ދައްކައެވެ.
އެންސްޕާގައި މިވަގުތުވެސް އެކި އެހީތަކަށް 15،000 އެއްހާ މީހުން ރަޖިސްޓަރީވެފައިވާއިރު، އެ އިދާރާއިން އަންނަނީ ދިރިއުޅުމުގެ ދަތި ހާލަތްތަކުގައި ތިބޭ ފަރާތްތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ. މީގެ ތެރޭގައި ފަގީރު ހާލަތުގައި ދަރިން ބަލަހައްޓާ އެކަނިވެރި މައިންނާއި ބަފައިންނަށް ދެވޭ އެހީގެ އިތުރުން، ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ދެވޭ މާލީ އެހީ އަދި މައިންބަފައިންގެ އެހީތެރިކަމެއް ނެތި ކުދިން ބަލަހައްޓާ ފަރާތްތަކަށް ފޯރުކޮށްދޭ މާލީ އެހީތެރިކަން ހިމެނެއެވެ.

ކިޔުންތެރިންގެ ހިޔާލު