ދިވެހިރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ޛިކުރު ބޯޑު ހަރުކުރުމަށް ސަރުކާރުން ފަށާފައިވާ ޚާއްސަ ޕްރޮގުރާމުގެ ދަށުން، ކ. އަތޮޅުގެ އިތުރު 5 ރަށެއްގައި ޛިކުރު ބޯޑުތައް ހަރުކޮށް ނިންމާލައިފިއެވެ.
މި ޕްރޮގުރާމުގެ ދަށުން ކ. އަތޮޅުން 4 ރަށެއްގައި މީގެކުރިން ޛިކުރު ބޯޑުތައް ހަރުކޮށްފައިވެއެވެ. އަދި ފަހުން ބޯޑުތައް ހަރުކުރި 5 ރަށަކީ ކ. ކާށިދޫ، ކ. ގުރައިދޫ، ކ. ދިއްފުށި، ކ. ތުލުސްދޫ އަދި ކ. މާފުށީގައެވެ. މި މަސައްކަތް ކާމިޔާބުކަމާއެކު ކުރިއަށް ގެންދިއުމުގައި އެ ރަށްރަށުގެ ކައުންސިލްތަކުން ދެއްވި ފުރިހަމަ އެއްބާރުލެއްވުމާއި ވެދެއްވި އެހީތެރިކަން އިސްލާމިކް މިނިސްޓްރީން ވަނީ ޝުކުރުވެރިކަމާއެކު ފާހަގަކޮށްފައެވެ.
ރާއްޖޭގެ ހުރިހާ ރަށެއްގައި ޒިކުރާ ބޯޑުތަކާއި ނަސޭހަތް ބޯޑުތައް ހަރުކުރަން ނިންމާފައިވާކަން ހާމަކުރެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒެވެ.
ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އިޙްތިރާމް އަދާކުރުމުގެ ޤައުމީ މަޝްރޫއަށް އަލިއަޅުއްވާލައްވައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ ދިވެހިރާއްޖެއަށް އިސްލާމީ ހިދާޔަތުގެ އަލިކަން ލިބުނުތާ 900 އަހަރު ފުރޭ މުނާސަބަތާ ގުޅިގެން ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގެ މައި މަގުތަކުގައި، ނަސޭޙަތާއި ޛިކުރު ބޯޑުތައް ހަރުކުރުމުގެ ބޮޑު މަޝްރޫޢެއް ކުރިއަށްދާނެކަން އިޢުލާނު ކުރަށްވާފައެވެ.
އެގޮތުން ރައީސް ޑރ. މުޢިއްޒު ވިދާޅުވީ، ރާއްޖޭގެ ހުރިހާ ރަށެއްގައި އާއްމު ހުރިހާ ސަރަހައްދެއްގައި މައި ހުރިހާ މަގެއްގައި އިރާދަކުރެއްވިއްޔާ ޒިކުރު ބޯޑުތައް ނަސޭހަތު ބޯޑުތައް ބަހައްޓަވާނެ ކަމަށެވެ.
މި މަޝްރޫޢުގެ މައިގަނޑު މަޤްޞަދަކީ މުޖުތަމަޢުގައި އިސްލާމީ ރިވެތި އާދަތަކާއި ޛިކުރުކުރުމުގެ މާތް ސިފަ އަށަގެންނެވުމާއި، ހެޔޮ ނަސޭހަތުގެ ބަސްތަކުން މީސްތަކުންގެ ހިތްތަކަށް ދިރުން ގެނެސްދިނުން ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ. ސަރުކާރުން ދަނީ މި ޕްރޮގުރާމް ރާއްޖޭގެ އެހެން އަތޮޅުތަކުގައިވެސް ބާރަށް ކުރިއަށް ގެންދަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު