އިންޑިއާއަށް ދައްކަން ޖެހޭ 150 މިލިއަން ޑޮލަރުގެ ބޮޑު ދަރަނި ދެއްކުމާ ގުޅިގެން ރާއްޖެއަށް އަސާސީ މުދާ އެތެރެކުރާނެ ފައިސާ ދަޢުލަތުގެ ރިޒާވްގައި ނުހުންނާނެ ކަމަށް ބުނެ ދެކެވޭ ވާހަކަތައް ދޮގުކޮށް، އެފަދަ އެއްވެސް މުދަލެއް އެތެރެކުރުމުގައި ދަތިކަމެއް ނާންނާނެ ކަމުގެ ޔަގީންކަން މިނިސްޓްރީ އޮފް ފިނޭންސް އިން ދީފިއެވެ.
ފިނޭންސް މިނިސްޓްރީން މިހެން ބުނެފައި މިވަނީ، ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި) އަށް ދައްކަން ޖެހޭ 50 މިލިއަން ޑޮލަރުގެ ޓީ-ބިލް ދެއްކުމަށްފަހު، ބޭނުންކުރެވޭ ރިޒާވުގައި ތެލާއި، ބޭހާއި އަދި ކާޑުގެ ބާވަތްތައް އެތެރެކުރާނެ ފައިސާ ނުހުންނާނެ ކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެފައިވާ ދަނޑިވަޅެއްގައެވެ.
އެސްބީއައިގެ ދަރަނި ދައްކައި ޚަލާސްކުރިކަން ހާމަކޮށް ފިނޭންސް މިނިސްޓްރީން ނެރުނު ނޫސް ބަޔާނުގައި ބުނެފައިވަނީ، ތެލާއި، ކާބޯތަކެތީގެ ބާވަތްތަކާއި އަދި ބޭސްފަރުވާއަށް ބޭނުންވާ ސާމާނު ފަދަ ޒަރޫރީ ތަކެތި އިމްޕޯޓުކުރުމަށް ބޭނުންވާ ބޭރު ފައިސާ މެދުނުކެނޑި ލިބޭނެ އިންތިޒާމު ސަރުކާރުން ވަނީ ހަމަޖައްސާފައި ކަމަށެވެ. އަދި މިފަދަ އަސާސީ ޚިދުމަތްތަކާއި މުދާ މެދުނުކެނޑި ރައްޔިތުންނަށް ފޯރުކޮށްދިނުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން އެންމެ އިސްކަންދޭ ކަންތައް ކަމުގައިވެސް އެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.
އެހެންކަމުން، ދަރަނި އަދާކުރުމުގެ ސަބަބުން އަސާސީ މުދާ އެތެރެކުރުމަށް ދަތިތަކެއް ކުރިމަތިވެދާނެ ކަމަށް ބުނެ ފަތުރަމުންދާ ވާހަކަތަކަކީ އެއްވެސް އަސާސެއް ނެތް ވާހަކަތަކެއް ކަމަށް ފިނޭންސުން ބުންޏެވެ. އަދި ކުރިއަށް އޮތް ތަނުގައިވެސް ދައުލަތުގެ ދަރަނިތައް ދެއްކުމަށްޓަކައި ދުރާލާ ތައްޔާރުވެ، ކަނޑައެޅިފައިވާ ތާވަލާ އެއްގޮތަށް ދަރަނި ދައްކައި ޚަލާސްކުރަމުން ގެންދާނެ ކަމުގެ ޔަގީންކަން ވެސް އެ މިނިސްޓްރީން ވަނީ ދީފައެވެ.
މީގެއިތުރުން، ރާއްޖޭގެ ރިޒާވް ވަރުގަދަކޮށް ރައްޔިތުންގެ އަސާސީ ބޭނުންތައް ރައްކާތެރިކުރުމުގެ ގޮތުން ބައިނަލްއަޤުވާމީ މާލީ އިދާރާތަކާއި އެހީދޭ އެކި ޖަމާޢަތްތަކާއެކު ފާއިތުވި ދުވަސްތަކުގައި މުހިންމު މަޝްވަރާތަކެއް ކުރެވިފައިވާ ކަމަށް ފިނޭންސްގެ ބަޔާނުގައިވެއެވެ. މި މަޝްވަރާތައް ވަރަށް ކާމިޔާބުކަމާއެކު ކުރިއަށްދާ ކަމަށާއި، އޭގެ ސަބަބުން ރާއްޖޭގެ ބޭރު ފައިސާގެ ރިޒާވް އިތުރަށް ވަރުގަދަވެގެންދާނެ ކަމަށްވެސް ފާހަގަކޮށްފައިވެއެވެ.
އެމްއެމްއޭގެ ތަފާސްހިސާބުތައް ދައްކާގޮތުން، އޮގަސްޓު 2024 ގެ ނިޔަލަށް ރާއްޖޭގެ ރަސްމީ ރިޒާވްގައި ހުރީ ގާތްގަނޑަކަށް 644 މިލިއަން ޑޮލަރެވެ. ނަމަވެސް ބޭނުންކުރެވޭ ރިޒާވުގައި މިވަގުތު ހުރީ 200 މިލިއަނެއްހާ ޑޮލަރެވެ.

ކިޔުންތެރިންގެ ހިޔާލު