މަސްދޯންްޏެއް ކަނޑަށް ނުކުމެ މަސް އައިނަކުން މަސްބާނަނީ؛ މާލެ ސަރަހައްދުގެ މަސްވެރިންނަށް މާރުކޭޓަށް މަސްވިއްކުމަށް ހުރަސް އަޅާ ކަމަށް ބައެއް މަސްވެރިން ބުނޭ
މަސްދޯންްޏެއް ކަނޑަށް ނުކުމެ މަސް އައިނަކުން މަސްބާނަނީ؛ މާލެ ސަރަހައްދުގެ މަސްވެރިންނަށް މާރުކޭޓަށް މަސްވިއްކުމަށް ހުރަސް އަޅާ ކަމަށް ބައެއް މަސްވެރިން ބުނޭ
މަސްވެރިކަމާ ދަނޑުވެރިކަމުގެ ދާއިރާއަށް ހާއްސަކޮށްގެން ކުރިއަށްގެންދާ މަސައްކަތްތައް އިތުރަށް ހަރުދަނާކުރުމަށް އަންނަ އަހަރަށް ދައުލަތުން ލަފާ ކުރާ ބަޖެޓުގައި ޚާއްސަ އިސްކަމެއް ދީފައިވާނެ ކަމަށް ފިނޭންސް މިނިސްޓަރު ހަސަން ޒަރީރު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު ހުށަހަޅުއްވަމުން މިނިސްޓަރު ވިދާޅުވީ ރާއްޖޭގެ އިގުތިސާދީ މިނިވަންކަމާއި ރައްޔިތުންގެ ފުދުންތެރިކަން ކަށަވަރުކުރުމުގައި މަސްވެރިކަމާއި ދަނޑުވެރިކަމަކީ އެންމެ މުހިންމު ދެ ސިނާއަތް ކަމަށެވެ.

މިގޮތުން މަސްވެރިކަމުގެ ސިނާއަތަށް ބަލާއިރު، 2027 ވަނަ އަހަރުގެ ތެރޭގައި އިތުރު އެގާރަހާސް ހަތަރުސަތޭކަ ޓަނުގެ ސްޓޯރޭޖް ގާއިމުކުރުމުގެ މަޝްރޫއުތައް ކުރިއަށްދާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެެވެ. އަދި މެރިކަލްޗާ ފުޅާކުރުމަށް ރޭވިފައިވާއިރު، ދުވާލަކު އިތުރު 550 ޓަނުގެ އައިސް އުފެއްދުމުގެ ގާބިލުކަން އިތުރުކުރުމަށް އަންނަ އަހަރުގެ ބަޖެޓުގައި ހިމަނާފައިވާނެ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ. މީގެ ތެރޭގައި ފަރުމަސްވެރިކަމަށް ޚާއްސަކޮށްގެން ބަހައްޓާ އައިސްޕްލާންޓްތައްވެސް ހިމެނެއެވެ.

ހުޅުމާލޭގައި އަލަށް ގާއިމުކުރާ ބޮޑުކަންނެލި ޕެކިން ފެސިލިޓީގެ ސަބަބުން، ކުދި އަދި މެދުފަންތީގެ ވިޔަފާރިވެރިންނަށް ސީދާ ބޭރު ފައިސާއިން އާމްދަނީ ހޯދުމުގެ ފުރުސަތު ތަނަވަސްވެގެންދާނެކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ ދަނޑުވެރިކަމުގެ ދާއިރާ ކުރިއެރުވުމަށް، "ފުޑް ސެކިއުރިޓީ" އަށް ހާއްސަކޮށްގެން ކުރިއަށްގެންދާ ކަންކަން އިތުރަށް ހަރުދަނާކުރުމަށް އަންނަ އަހަރުގެ ބަޖެޓުގައި ޚާއްސަ އިސްކަމެއް ދީފައިވާނެ ކަމަށެވެ.

ރާއްޖޭގެ ފަސްގަނޑުގައި ފަސޭހަކަމާއެކު ހެއްދޭ ބާވަތްތައް ބޭރުން އެތެރެކުރުން ހަރުދަނާ ނިޒާމެއްގެ ތެރެއިން ކޮންޓްރޯލްކޮށް، ދިވެހި ދަނޑުވެރިން ކުރާ ބުރަ މަސައްކަތުގެ އުފެއްދުންތަކަށް ހައްގުވާ ހަމަ އަގު ފުރިހަމައަށް ކަށަވަރުކޮށްދެވޭނެ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު