ޓީޖީއެސްޓީއާ ގުޅޭގޮތުން މީރާއިން ގެންނަ ޑެސްޓިނޭޝަން ޕްރިންސިޕަލްގެ އައު އުސޫލުތަކަށް އަންނަ މަހުން ފެށިގެން އަމަލުކުރަން ފަށާއިރު، ފަތުރުވެރިކަމުގެ ސިނާއަތަށް މީގެ ސަބަބުން ކުރާނެ އަސަރުތައް ދެނެގަތުމަށް މަޓާޓޯއިން ޚާއްސަ ސަވޭއެއް ފަށައިފިއެވެ.
ރާއްޖެއާއި ބޭރުގެ ޓްރެވަލް އޭޖެންޓުންނާއި ޓުއާ އޮޕަރޭޓަރުންގެ އިތުރުން ފަތުރުވެރިކަމުގެ ދާއިރާގެ އެކި ވިޔަފާރިތަކަށް މި ސަވޭގައި ބައިވެރިވުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ. މި ދިރާސާގެ މައިގަނޑު މަގުސަދަކީ ވިޔަފާރިތަކަށް ގެއްލިދާނެ ކަމަށް ލަފާކުރެވޭ އާމްދަނީގެ މިންވަރު ބެލުމާއި އަގުތަކަށާއި، ބުކިންގްތަކަށާއި، އަދި އެއްބަސްވުންތަކަށް އަންނާނެ ބަދަލުތައް ވަޒަންކުރުމުގެ އިތުރުން މި ބަދަލުތަކަށް ތައްޔާރުވުމަށް އެކަށީގެންވާ ވަގުތު ލިބިފައިވޭތޯ ބެލުން ކަމަށް މަޓާޓޯ އިން ބުންޏެވެ.
މީގެ އިތުރުން މި ސަވޭގެ ނަތީޖާއަށް ބިނާކޮށް، ދިމާވާ ގޮންޖެހުންތަކުން އަރައިގަތުމަށް ސަރުކާރަށާއި ކަމާބެހޭ ފަރާތްތަކަށް ހުށަހެޅުންތައް ހުށަހެޅުމަށް މަޓާޓޯއިން ވަނީ ނިންމާފައެވެ.
މި ބަދަލާ ގުޅިގެން ޔޫރަޕްގެ ބައެއް ޤައުމުތަކުގެ ޓުއާ އޮޕަރޭޓަރުންނާއި ޓްރެވަލް އެޖެންސީ ޖަމިއްޔާތަކުން ވަނީ ކަންބޮޑުވުން ފާޅުކޮށް، މި އުސޫލުތަކަށް އަމަލުކުރުން ފަސްކޮށްދިނުމަށް އެދިފައެވެ.

ކިޔުންތެރިންގެ ހިޔާލު