ގަވާއިދާ ހިލާފަށް ރާއްޖެއިން ބޭރަށް ގިނަ އަދަދެއްގެ ބޭރު ފައިސާ ގެންދަން އުޅުނު މައްސަލައެއްގައި ހައްޔަރުކުރި ބަންގްލަދޭޝްގެ ހަ މީހުންގެ ބަންދަށް ކޯޓުން 10 ދުވަސް ޖަހައިދީފިއެވެ.
މި މައްސަލާގައި މަނީލޯންޑްރިންގެ ތުހުމަތުގައި ހައްޔަރުކޮށްފައިވަނީ ބަންގްލަދޭޝް އަށް ނިސްބަތްވާ މުހައްމަދު މައިނުއްދީން ސަލާހު، ރަޖިބު، މުހައްމަދު އަބްދުﷲ، އަޖްގޮރު މިރިދާ، އެމްޑީ މޮހިއްދީން ޗޯދްރީ އަދި އެމްޑީ ޝާހިން މިއާހް އެވެ.
ފުލުހުން މައުލޫމާތު ދިން ގޮތުގައި، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން މި މީހުން އަތުލައިގަތްއިރު ޖުމްލަ 18 ގައުމެއްގެ ފައިސާ ފެނިފައިވެއެވެ. އޭގެ ތެރޭގައި 174,161 އެމެރިކާ ޑޮލަރާއި، 56,760 ޔޫރޯ އަދި 1,815 ސްޓާލިން ޕައުންޑް ހިމެނެއެވެ. މި ހުރިހާ ފައިސާއެއްގެ ޖުމްލަ އަގު ގާތްގަނޑަކަށް 3.8 މިލިއަން ދިވެހި ރުފިޔާއަށް އަރައެވެ.
މި މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން އެކަކު އަނެކަކަށް ވަނީ ބޮޑެތި ތުހުމަތުތަކެއް ކޮށްފައެވެ. އެގޮތުން، އަޖްގޮރު ކޯޓުގައި ބުނެފައިވަނީ އޭނާއަކީ ރަށެއްގައި މަހަކު 7،000 ރުފިޔާގެ މުސާރައަކަށް މަސައްކަތްކުރާ މީހެއް ކަމަށާއި، އެއާޕޯޓަށް ދިޔައީ ތިން އަހަރަށްފަހު އެނބުރި ގައުމަށް ދިއުމަށް ކަމަށެވެ. އަދި ފައިސާ ފެނުނު ލަގެޖަކީ އެއާޕޯޓުން ދިމާވި ރާޖިބު ބަރުވެގެން އެހީތެރިވެދިން ލަގެޖެއް ކަމަށާއި، ރާޖިބަކީ ދަންނަ މީހެއް ނޫން ކަމަށްވެސް އޭނާ ބުންޏެވެ.
ނަމަވެސް އަޖްގޮރުގެ މި ވާހަކަތައް ދޮގުކުރަމުން ރާޖިބު ބުނީ، އެ ލަގެޖާ އޭނާ ހަވާލުވީ ފައިސާ ދޭނެ ކަމަށް އަޖްގޮރު ބުނުމުން ކަމަށެވެ. މީގެއިތުރުން ހައްޔަރުކުރި ޝާހިންވެސް ވަނީ އެއާޕޯޓަށް ދިޔައީ އަޖްގޮރު ދިން ޕާރުސަލެއް މީހަކާ ހަވާލުކުރަން ކަމަށް ބުނެފައެވެ.
މި މައްސަލައިގައި ދެން ހިމެނޭ މީހުން ކޯޓުގައި ބުނެފައިވަނީ އެއާޕޯޓަށް ދިޔައީ މީހަކު ފުރުވަން ނުވަތަ އެތެރޭގައި ހުރި އެއްޗެއް ނޭނގޭ ޕާރުސަލެއް މީހަކާ ހަވާލުކުރުމަށް ކަމަށެވެ.
ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު