މިސަރުކާރުގެ ބިޔަ މަޝްރޫޢު "ރަސްމާލެ" އާއި ރާއްޖޭގެ މާލީ ޙާލަތާ ގުޅޭގޮތުން ސުވާލު އުފައްދަވައި އެމްޑީޕީގެ ޗެއަރޕާސަން، ރައީސް މުޙައްމަދު ނަޝީދު ސަރުކާރަށް ބަހުގެ ޙަމަލާތަކެއް ދެއްވައިފިއެވެ.
ރައީސް ނަޝީދު މިއަދު އެކްސް ގައި ކުރެއްވި ޕޯސްޓެއްގައި ވަނީ، ރަސްމާލެ ތަރައްޤީ ކުރަނީ މި ސަރުކާރުގެ "ޙަލާލް ޓޫރިޒަމް" ގެ މިންގަނޑުގައިތޯ ނުވަތަ މިހާރުވެސް ރާއްޖޭގެ ރިސޯޓުތަކުން ވިއްކާ ފަދައިން ރަލާއި އޫރުމަސް ވިއްކޭ ގޮތަށްތޯ ސުވާލު އުފައްދަވާފައެވެ.
ރަސްމާލޭގައި ވޯޓާފްރަންޓެއް ތަރައްޤީ ކުރުމަކީ ރަނގަޅު ޚިޔާލެއްކަން ފާހަގަ ކުރަށްވަމުން ރައީސް ނަޝީދު ވިދާޅުވީ، ރާއްޖެ މިހާރު ވެއްޓިފައިވާ މާލީ އަނދަވަޅުން އަރައިގަތުމަށް އެމަޝްރޫޢަކީ އެއްވެސް އެހީއަކަށް ނުވާނެ ކަމަށާއި، މިހާރުގެ ޙާލަތުން އަރައިގަތުމާ އެމަޝްރޫޢުއާ އެއްވެސް ގުޅުމެއް ނެތް ކަމަށެވެ. އަދި ދައުލަތުގެ ދަރަނި އަދާކުރުމަށްޓަކައި ޕްރައިވެޓައިޒް ކުރުމަކީ ނުވަތަ ދައުލަތުގެ ހަރުމުދާ ވިއްކުމަކީ މި ދަނޑިވަޅުގައި އެޅިދާނެ ރަނގަޅު ފިޔަވަޅެއް ކަމަށް ރައީސް ނަޝީދު ވިދާޅުވެފައިވެއެވެ.
ހަމައެއާއެކު ރައީސް ނަޝީދު ވިދާޅުވީ، ރަސްމާލޭގެ މަޝްރޫޢުގެ ހުރިހާ ކަމެއް އެންމެ ފުރިހަމައަށް އަދި ރަނގަޅަށް ދިޔަ ކަމުގައި ވިޔަސް، އެ ތަނުން ދައުލަތަށް އެއްވެސް މާލީ ފައިދާއެއް ލިބެން ފަށާނީ މަދުވެގެން ދެ އަހަރު ފަހުން ކަމަށެވެ. އެހެންކަމުން، ރާއްޖޭގެ މިހާރުގެ އިޤްތިޞާދީ ހާލަތަށް ބަލާއިރު މިވަގުތަށް އެންމެ މުހިންމީ ވަގުތުން ދައުލަތަށް ފައިސާ ލިބޭނެ ގޮތްތަކެއް ހޯދުން ކަމަށާއި، އެގޮތުން ދައުލަތުގެ ހަރުމުދަލެއް ވިއްކައިގެން ނަމަވެސް ވަގުތުން ފައިސާ ލިބޭނެ އިންތިޒާމެއް ހަމަޖެއްސުން މާ މުހިންމު ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މީގެއިތުރުން، ރާއްޖޭގެ އިޤްތިޞާދީ އަދި މާލީ ޙާލަތާ މެދު ކަންބޮޑުވުން ފާޅުކުރައްވަމުން އެމަނިކުފާނު ވިދާޅުވީ، ސަރުކާރުގެ ބޭރު ފައިސާގެ ރިޒާވް އެއްކޮށް ހުސްވެފައިވާ ކަމަށެވެ. އަދި ޤައުމުން ދައްކަންޖެހޭ ބައިލެޓަރަލް ޕޭމަންޓްތަކަށް އަދިވެސް ގާތްގަނޑަކަށް 50 މިލިއަން ޔޫއެސް ޑޮލަރު ދައްކަން ޖެހިފައިވާ ކަމަށް ރައީސް ނަޝީދު ފާހަގަކުރެއްވިއެވެ.
ހަމައެއާއެކު ރައީސް ނަޝީދު ވަނީ، ދަރަނި ދެއްކުމަށްޓަކައި ކަސްޓަމަރުންގެ ޑިޕޮސިޓް ފައިސާ ބޭނުންކުރުމަށް ސަރުކާރުން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އަށް މަޖުބޫރު ކޮށްފައިވާ ކަމަށް ތުހުމަތު ކުރަށްވާފައެވެ. އޭގެ ނަތީޖާއެއްގެ ގޮތުން، ކަސްޓަމަރުން ފައިސާ ނެގުމަށް ކުރާ މުޢާމަލާތްތައް ފުރިހަމަ ކޮށްދިނުމަށް ބޭންކަށް މިހާރު ދަތިވެފައިވާކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
ރިސޯޓުތަކުގެ އާމްދަނީގެ 40 އިންސައްތަ މަޖުބޫރުން ރުފިޔާއަށް ބަދަލުކުރުވައިގެން ލިބޭނެ ކަމަށް ލަފާކުރާ 160 މިލިއަން ޑޮލަރު ލިބުމުން، އަންނަ ހަފްތާގައި ކަސްޓަމަރުންގެ މުޢާމަލާތްތައް އަލުން ފަށައިގަނެވޭނެ ކަމަށް ބީއެމްއެލް އިން އުންމީދު ކުރި ނަމަވެސް، މިއީ ހަޤީޤީ މާލީ ސްޓްރެޓެޖީއެއް ނޫން ކަމަށާއި މިއީ ހަމައެކަނި "ހިތްހަމަޖައްސާލަން ދެކޭ ހުވަފެނެއް" ކަމަށް ރައީސް ނަޝީދު ސިފަ ކުރަށްވާފައިވެއެވެ.
އޭގެއިތުރުން ބީއެމްއެލް އަކީ ޢާންމު ހިއްސާދާރުން ހިމެނޭ ޕަބްލިކް ބޭންކަކަށް ވާތީ، ރާއްޖޭގައި މަސައްކަތްކުރާ ބައިނަލްއަޤްވާމީ އޮޑިޓް ފާމްތަކުން ބޭންކުގެ ޞައްޙަ އަދަދުތަކާއި މާލީ ހިސާބުތައް ޢާންމުކުރަން ޖެހޭނެ ކަމަށްވެސް ރައީސް ނަޝީދު ވަނީ ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު