ރައީސް މުޙައްމަދު ނަޝީދު (ކ)
ރައީސް މުޙައްމަދު ނަޝީދު (ކ)
ދިވެހިރާއްޖެ އިސްލާމްވި ދުވަހުގެ މުނާސަބަތުގައި ދިވެހިރާއްޖޭގެ ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަދި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު، ދިވެހި އެންމެހައި ލޮބުވެތި ރައްޔިތުންނަށް ދުވަހުގެ ހެޔޮއެދުމާއި އިޚްލާޞްތެރި ތަހުނިޔާ އަރިސްކުރަށްވައިފިއެވެ.

މި މުނާސަބަތާ ގުޅިގެން މީސްމީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ރައީސް ނަޝީދު ވިދާޅުވީ، ދިވެހިރާއްޖެ އިސްލާމްދީނުގެ ހިދާޔަތަށް އެނބުރެމުން އައީ މަޑުމަޑުން، އެކި މަރުޙަލާތަކަކަށް ބެހިގެން ކަމަށެވެ.

އަދި މިއަދު ޤައުމީ ފެންވަރުގައި މި ފާހަގަކުރެވޭ މުހިންމު ދުވަހަކީ، ރާއްޖޭގެ އޭރުގެ ތަޚުތުގައި އިންނެވި ރަދުން އިސްލާމްދީން ޤަބޫލުފުޅުކުރައްވައި، ދީނަށް އެނބުރިވަޑައިގަތް ތާރީޚީ މުނާސަބަތު ކަމުގައިވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރައީސް ނަޝީދުގެ މެސެޖު ނިންމަވާލައްވަމުން ވަނީ، ރާއްޖެ އިސްލާމްވި ބަރަކާތްތެރި ދުވަހުގެ މުނާސަބަތުގައި ރާއްޖޭގެ އެންމެހައި ލޮބުވެތި ރައްޔިތުންނަށް ދުވަހުގެ ހެޔޮއެދުމާއި މުބާރަކްބާދީ ތަކުރާރު ކުރަށްވާފައެވެ.

ދިވެހި ތާރީޚުގައި ހިނގައިދިޔަ މި މަތިވެރި ހާދިސާގެ ޒިކުރާ އައުކުރުމުގެ ގޮތުން، ކޮންމެ އަހަރަކުވެސް ހިޖުރީ ކަލަންޑަރުގެ ރަބީޢުލްއާޚިރު މަހުގެ 2 ވަނަ ދުވަސް ރާއްޖޭގައި ފާހަގަކުރަމުން އަންނަނީ ދިވެހިރާއްޖެ އިސްލާމްވި ދުވަހުގެ ގޮތުގައެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް