ކޯވިޑް-19 އާއި ގުޅިގެން އެކި އިދާރާތަކާއި ގުޅިފައިވާ ކަންކަމުގައި މީސް މީޑިއާގައި ދައުރުވަމުންދާ ކޮރަޕްޝަނާ ގުޅޭ ޝަކުވާތައް، އެންޓި ކޮރަޕްޝަން ކޮމިޝަން، އޭސީސީން އިސްނަގައިގެން ބަލަމުން ގެންދާ ކަމުގައި އެކޮމިޝަނުން ބުނެފިއެވެ.
އޭސީސީން މިހެން ބުނެފައިމިވަނީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި އެކި އިދާރާތަކުން އަޅަމުން އަންނަ ފިޔަވަޅުތަކާ ގުޅިގެން ރައްޔިތުންގެ މެދުގައި ހުރި ކޮރަޕްޝަންގެ ކަންބޮޑުވުންތަކާ ގުޅިގެން ނެރުނު ނޫސްބަޔާނެއްގައެވެ.
އޭސީސީން ނެރެފައިވާ ބަޔާނެއްގައި، ކޯވިޑް-19 ގެ މި ހައްސާސީ ދަނޑިވަޅުގައިވެސް ނަޒާހަތްތެރިކަމާއި ޖަވާބުދާރީވުމުގެ އުސޫލުތައް އޭގެ އެންމެ މަތީ ދަރަޖައިގައި ހިފަހައްޓައި ނެގެހެއްޓުމަކީ މި މަސައްކަތުގައި ޝާމިލުވާ ފަރާތްތަކުގެ މައްޗަށް އޮތް ޒިންމާއެއް ކަމަށާއި މި ހާލަތުގައި ދައުލަތުގެ މާލިއްޔާއިން ހޭދަކުރުމުގައްޔާއި ނިންމުންތައް ނިންމުމުގައި އެ އުސޫލަށް ތަބާވުމަށް އޭސީސީން އިލްތިމާސް ކޮށްފައިވެއެވެ.
އެގޮތުން އޭސީސީން ބުނީ ކޯވިޑް-19 އާ ގުޅޭގޮތުން ދައުލަތުގެ އެކި އިދާރާތަކުން، ކުރަމުންގެންދާ ކަންކަމުގައި، ކޮރަޕްޝަންގެ އަމަލުތައް ހިމެނޭ މިންވަރު ބަލައި އެފަދަ ޢަމަލުތައް ހުއްޓުވުމާ ގުޅޭގޮތުން ކަމާގުޅުންހުރި ފަރާތްތަކާއި މަޝްވަރާކުރަމުން އަންނަ ކަމަށެވެ. އަދި ކޮރަޕްޝަނަށް އޮތް ހިރާސްތައް ކުޑަކުރުމަށްޓަކައި، ދައުލަތުގެ އިދާރާތަކުން އަމަލުކުރަންޖެހޭ ގޮތްތަކާ މެދު އިރުޝާދު ދިނުމަށް ބޭނުންވާ މައުލޫމާތު ދިރާސާކުރަމުން އަންނަ ކަމަށް އޭސީސީން ބުނެއެވެ.
މިވަގުތު ދައުލަތުން ކުރާ އަގުހުރި މަސައްކަތްތަކުގެ ބޭނުން އެންމެ ފުރިހަމަގޮތުގައި ހިފޭނީ އެ މަސައްކަތުގެ ނަޒާހަތްތެރިކަން ރައްޔިތުންނަށް ކަށަވަރުކޮށްދެވިގެން ކަމަށް އޭސީސީން ބުނެފައިވެއެވެ. އެހެންކަމުން ކޯވިޑް-19 އާ ދެކޮޅަށް ކުރެވޭ މަސައްކަތާ މެދު އާންމު ރައްޔިތުން ފަރުވާތެރިވެ، ކޮރަޕްޝަނުގެ އަމަލުތަކާ މެދު ޝައްކުވާ ހާލަތުގައި ލިބެން ހުންނަ އެންމެ ގިނަ ހެކި ގަރީނާއާއެކު ހުށަހެޅުމަށް އޭސީސީން އިލްތިމާސް ކޮށްފައި ވެއެވެ.
އެންޓި ކޮރަޕްޝަން ކޮމިޝަންގެ ބަޔާނުގައި ވަނީ ކޮރަޕްޝަން ހުއްޓުވައި މަނާކުރުމާ ގުޅޭ އެންމެހައި ޒިންމާތައް ޖެހިލުމެއް ނެތި އަދާކުރާނެ ކަމަށާއި، އެކަމުގައި އެންމެހާ ފަރާތްތަކުގެ ފުރިހަމަ އެއްބާރުލުން ބޭނުންވާ ކަމުގައި ބުނެފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު