އެމެރިކާގެ ނިއުޔޯކް ސިޓީގެ މިޑްޓައުން މެންހެޓަންގައި ޝައްކުކުރެވޭ ފޮއްޓެއް (ސޫޓްކޭސެއް) ފެނުމާ ގުޅިގެން، ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން އެ ސަރަހައްދުގެ ބައެއް މަގުތައް ވަގުތީގޮތުން ބަންދުކޮށް ފުލުހުންގެ ހާއްސަ ހަރަކާތްތަކެއް ހިންގައިފިއެވެ.
މި ހާދިސާ ހިނގާފައިވަނީ އދ. ގެ އާންމު މަޖިލީހުގެ 81 ވަނަ ސެޝަން ފެށި، ދުނިޔޭގެ ވެރިން އެ ސަރަހައްދަށް އެއްވެވަޑައިގަންނަވަމުން ދިޔަ ވަގުތުގައެވެ.
ނިއުޔޯކް ސިޓީ ޕޮލިސް ޑިޕާޓްމަންޓް (އެންވައިޕީޑީ) ގެ ބޮން ނައްތާލާ ހާއްސަ ސްކޮޑުންނާއި ކަމާބެހޭ އިދާރާތަކުން ކުރި ތަހުގީގަށްފަހު، 43 ވަނަ މަގާއި ތާޑް އެވެނިއު ގުޅުނު ހިސާބުން ފެނުނު އެ ފޮއްޓަކީ އާންމުންނަށް އެއްވެސް ނުރައްކަލެއް އޮތް އެއްޗެއް ނޫންކަން ވަނީ ކަށަވަރުކޮށްދީފައެވެ.
އެންވައިޕީޑީން ހާމަކުރި ގޮތުގައި، އެ އެއްޗަކީ ޝައްކުކުރެވޭ ފަދަ ނުރައްކާތެރި އެއްޗެއް ނޫންކަން އެނގުމާއެކު، ސަރަހައްދު ވަނީ އަލުން އާންމުކޮށް ހުޅުވާލާފައެވެ.
މި ހާދިސާއާ ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން 42 ވަނަ މަގުން ފެށިގެން 44 ވަނަ މަގާ ދެމެދު، ސެކަންޑް އެވެނިއު އާއި ލެކްސިންގްޓަން އެވެނިއުއާ ދެމެދުގެ ސަރަހައްދުތައް ފުލުހުން ވަނީ ބަންދުކޮށްފައެވެ.
އަދި ކްރައިސްލާ ބިލްޑިންގް ކައިރިން މީހުން ވަގުތީގޮތުން ނެރެ، އުޅަނދުފަހަރާއި މަގުމަތިން ހިނގާބިނގާވެ އުޅޭ މީހުން އެ ސަރަހައްދަށް ނުދިއުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ.
ސަރަހައްދު ސާފުކުރުމަށްފަހުވެސް، ޓްރެފިކް ކޮންޓްރޯލް ކުރުމުގެ ގޮތުން 43 ވަނަ މަގުގެ ބައެއް ސަރަހައްދުތައް ކުޑަވަގުތުކޮޅަކަށް ބަންދުކޮށްފައި ބެހެއްޓިއެވެ.
މި ނުރައްކަލުގެ އިންޒާރު އައިސްފައިވަނީ އދ. ގެ އާންމު މަޖިލީހުގެ ޖަލްސާއަށް ދުނިޔޭގެ އެކި ގައުމުތަކުގެ ވެރިން ނިއުޔޯކަށް އެއްވެވަޑައިގެން އުޅުއްވާ ވަގުތެއްގައި، އދ. ގެ ހެޑްކުއާޓާސްއާ އެންމެ ދެ ބްލޮކް ދުރުގައި އޮތް ސަރަހައްދަކުންނެވެ. އެހެންކަމުން މުޅި މިޑްޓައުން މެންހެޓަންގައި ސެކިއުރިޓީ ވަނީ ވަރަށް ބޮޑަށް ވަރުގަދަކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު